އިދިކޮޅުން ހުޅުމާލޭގައި ސަރުކާރާ ދެކޮޅަށް އަޑުއުފުލަނީ

އިންޑިއާ އެކްސްޕްރެސް ސަބްމެރިން ކޭބަލް ރާއްޖެ ގުޅައިލުން ފާހަގަ ކުރަން މިއަދު ހަވީރު ހުޅުމާލޭގައި ބޭއްވި ޖަލްސާ ކުރިއަށް ދަނިކޮށް ޖަލްސާއަށް ވެސް އަޑުއިވޭ ވަރަށް އިދިކޮޅު ފަރާތްތަކުން ސަރުކާރާއި ދެކޮޅަށް އަޑުއުފުލައިފިއެވެ.

ހުޅުމާލޭ ފޭސް 2 ގައި  ކުރިއަށްދިޔަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް އާއި ސަރުކާރުގެ ވަޒީރުންނާއި، ވަރަށް ގިނަ އިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އިދިކޮޅު ފަރާތްތަކުން ވަނީ ޖަލްސާ ކުރިއަށްދާ ސަރަހައްދަށް އަޑުއިވޭ ހިސާބަށް އެއްވެ ސަރުކާރާއި ދެކޮޅަށް އަޑުއުފުލަން ފަށާފައެވެ. އެއާއިއެކު ފުލުހުން އައިސް އެމީހުން ދުރުކޮށް މަގުމަތީގައި ބެރިކޭޑް ޖެހިއެވެ. އެހެން ނަމަވެސް، ރައީސް ޞާލިޙަކީ ވަގެއް ކަމަށް ގޮވާ އަޑުއުފުލާފައިވެއެވެ.

ރިޔާސީ އިންތިހާބަށް ރައީސް ޞާލިހް ކެމްޕޭން ކުރައްވަމުން ގެންދަވާއިރު އެމަނިކުފާނު ވަޑައިގަންނަވާ ގާތްގަނޑަކަށް ހުރިހާ ރަށެއްގައި ވެސް ސަރުކާރާއި ދެކޮޅަށް އަންނަނީ މުޒާހަރާ ކުރަމުންނެވެ. މުޒާހަރާ ކުރާ މީހުންނާއި ދެކޮޅަށް ފުލުހުން އަންނަނީ ވަރަށް ބޮޑަށް ބާރުގެ ބޭނުން ކުރަމުން ކަން ފާހަގަކުރެވެއެވެ.

އިއްޔެ ރައީސް ޞާލިހް ގއ.ވިލިނގިއްޔަށް ކުރެއްވި ދަތުރުފުޅާއި ދިމާކޮށް ވެސް ގިނަ ބަޔަކު މުޒާހަރާއަށް ނިކުތެވެ. އެމުޒާހަރާ ރޫޅަލަން ފުލުހުން އެކަށީގެންވާ ވަރަށް ބޮޑަށް ބާރުގެ ބޭނުންކޮށް، އުމުރުން ދުވަސްވީ މީހުންނަށް ފުލުހުން ހަމަލާ ދިން މަންޒަރު ފެންނަ ވީޑިއޯތައްވެސް ވަނީ އާންމުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު