ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމުން އިސްތިއުފާދެއްވައި، އަދި އެ ޕާޓީންވެސް ވަކިވެވަޑައިގަތް ރާއްޖޭގެ ކުރީގެ ރައީސް، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު، ޖުމްހޫރީ ޕާޓިގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު އޮނަރަބަލް ޤާސިމް އިބްރާޙީމްއާ ބައްދަލުކުރައްވައިފިއެވެ.
މާމިގިލީ އިންޓަރނޭޟަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ، ޖެޕީގެ ލީޑަރ އަދި ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމެވެ.
ރާއްޖޭގެ ކުރީގެ ރައީސުލް ޖުމްހޫރިއްްޔާ ޑރ މުހައްމަދު ވަހީދު ހަސަންމަނިކު މިރޭގެ ވަގުތެއްގައި އދ. މާމިގިއްޔަށް ވަޑައިގެންފިއެވެ. މާމިގިލީ އިންޓަރނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ގާަސިމް އިބްރާހީމެވެ. pic.twitter.com/dMqJQ8TQg4
— JP Secretariat (@JPSecretariat) August 11, 2023
މައުލޫމާތު ލިބޭ ގޮތުގައި، މާމިގިއްޔަށް ވަޑައިގަތުމަށްފަހު ޤާސިމް އިބްރާހީމްގެ އަރިހުގައި ޑރ. ވަހީދު ދެން ވަޑައިގެންނެވީ، ސަން އައިލެންޑަށެވެ. އެ ރިސޯޓުގައި ސިޔާސީ މަޝްވަރާ ބައްދަލުވުމެއް ކުރިއަށްގެންދެވި ކަމަށް މަޢުލޫމާތު ލިބެއެވެ.
އެހެންނަމަވެސް، މި ބައްދަލުކުރެއްވުމާ ބެހޭ އިތުރު ތަފްސީލެއް މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ،
އެކަމަކު ލިބިފައިވާ ގޮތުގައި ވަރަށް އަވަސް މުސްތަގުބަލެއްގައި ޖޭޕީއިން ޑރ. ވަހީދު ފެނިގެންދާނެއެވެ. އެ ޖަލްސާގައި އެމަނިކުފާނު ޖޭޕީއާ ގުޅިވަޑައިގަންނަވާނެ ކަމަށްވެސް ބެލެވެއެވެ.
ރައީސް ޑރ. ވަހީދު ޕީޕީއެމުން ވަކިވެވަޑައިގެންނެވީ، އެމަނިކުފާނުގެ ތަޖުރިބާއާއި، ތައުލީމާއި ޤާބިލްކަމުގެ ބޭނުން، އޭގެ އެންމެ ރަނގަޅަށް ހިފޭނެ ތަނެއްގައި މަސައްކަތްކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށް، އަމިއްލަ ނަފްސަށް ޤާބޫލުފުޅުކުރެއްވޭތީކަމަށް ވިދާޅުވެއެވެ. އެހެންކަމުން، އެފަދަ މާހައުލެއް ޕީޕީއެމުގައި މިހާރު ނެތްކަމަށް ޑރ. ވަހީދު ގަބޫލުފުޅުކުރައްވާ ކަމަށް ބެލެވެއެވެ. އަޑުތައް ފެތުރިފައިވާ ގޮތުގައި، ވޭތުވެދިޔަ 5 އަހަރު ޕީޕީއެމްގެ ހަރަކާތްތަކަށް ޑރ. ވަޙީދު ވަރަށް ބޮޑެތި ޚަރަދުތަކެއް ވެސް ކުރައްވާފައިވެއެވެ.
ބެލެވޭ ގޮތުގައި ޑރ، ވަހީދު ޕީޕީއެމް އިން ވަކިވެވަޑައިގެންނެވީ، ރައީސް ޔާމީނަށް ކޮށްފައިވާ 11 އަހަރުގެ ޖަލުހުކުމާ ގުޅިގެން، އެމަނިކުފާނަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވޭތީ، ޕްރޮގްރެސިވް ކޯލިޝަނުގެ މެދުގައި އުފެދުނު ޚިޔާލުތަފާތުވުންތަކުގެ ސަބަބުންނެވެ. އެ ޚިޔާލުތަފާތުވުންތަކުގެ ތެރެއިން، އެ ކޯލިޝަންގެ އައު ރިޔާސީ ކެންޑިޑޭޓު، ޑރ. މުހައްމަދު މުއިއްޒުއަށް، ޕީޕީއެމުން ތާޢީދު ނުކުރައްވައި، އިންތިޚާބު ބޮއިކޮޓްކުރައްވަންވެސް ރައީސް ޔާމީން ނިންމެވިއެވެ. އެކަމަކު، ރައީސް ޔާމީންގެ ނިންމެވުމަށް ދެކޮޅު ހައްދަވައި، ޕީޕީއެމްގެ ސެނެޓުން ފަހުން ވަނީ ޑރ. މުއިއްޒުއަށް ޕީޕީއެމުން ތާއީދުކުރަން ނިންމާފައެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ޑޮކުޓަރުކަންކިޔެވިައަސްކުކުޅުހާލުގެއުޅުންދަސްވީމައިވާނީއެހެންއަމިއްލައެދުމަށްމީހަކުމޮޔަވީމައިވާނީއެހެންރައްޔިތުންގެސަޕޯޓެއްނެތިވެރިކަމަށްއެކަނިފެންބޮވީމައިވާނީއެހެން