އެއް ޖިންސުން ގުޅުންހިންގުން ޕްރޮމޯޓްކުރާ "ބާބީ" ފިލްމު ރާއްޖޭގައި ދައްކަނީ، އިދާރާތައް ނިދާފައި!

އެއް ޖިންސުން ގުޅުންހިންގުން ޕްރޮމޯޓްކުރާ "ބާބީ" ފިލްމު ރާއްޖޭގައި ދައްކަމުން އެބަދެއެވެ. މިކަމުގައި، ކަމާބެހޭ އިދާރާތަކުން އެއްވެސް ސަމާލުކަމެއް ނުދީ، ހުއްޓުވަން އެއްވެސް ކަމެއް ނުކުރާތީ، އާންމުންގެ ކަންބޮޑުވުން އިންތިހާއަށް ގޮސްފިއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި، "ބާބީ" ފިލްމުގެ ޝޯވތަކެއް ޝެޑިއުލްކޮށްގެން ރާއްޖޭގެ ބައެއް ސިނަމާތަކުގައި ދައްކާފައިވާއިރު، އަދިވެސް އިތުރު ޝޯވތައް ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

އެއްޖިންސުން ގުޅުންހިންގުން ޕްރޮމޯޓްކުރާތީ، އިސްލާމީ ޤައުމުތަކުން ދަނީ މި ފިލްމު ދެއްކުން މަނާކުރަމުންނެވެ.

އެގޮތުން "ބާބީ" ފިލްމު، ކުވައިތުގައި ދެއްކުން ކުވައިތު ސަރުކާރުން ވަނީ މަނާކޮށްފައެވެ. އެޤައުމުގައި ދެއްކުން މަނާކުރީ ކުވައިތުގެ އާންމު އަޚުލާޤާއި، އިޖުތިމާޢީ ހަމަތައް ރައްކާތެރިކުރުމުގެ ގޮތުން ކަމަށް ހާމަކޮށްފައިވެއެވެ.

ކުވައިތު ސަރުކާރުގެ މިނިސްޓްރީ އޮފް އިންފޮމޭޝަންގެ ތަރުޖަމާނު ބުނެފައިވަނީ، "ބާބީ" ފިލްމަކީ، ކުވައިތުގެ މުޖުތަމައުގެ ހަމަތަކާއި، އާންމު އުސޫލުތަކާ ޚިލާފް ވިސްނުންތައް ޕްރޮމޯޓްކުރާ ފިލްމެއް ކަމަށެވެ.

ހަމަ މިގޮތަށް ކުވައިތުންވަނީ އޮސްޓްރޭލިއާގައި އުފައްދާފައިވާ ސުޕަރނެޗުރަލް ބިރުވެރި ފިލްމެއް ކަމަށްވާ "ޓޯކް ޓު މީ" ވެސް ކުވައިތުގައި ދެއްކުން މަނާކޮށްފައެވެ.

ވޯރނަރ ބްރަދަރސްއިން އުފައްދައި އެންމެފަހުން ނެރުނު "ބާބީ" ފިލްމު މިހާރުއޮތީ ބޮކްސް އޮފީހުގެ އެއްވަނައިގައި ކަމަށްވާއިރު، ފިލްމު ރިލީޒްކުރި ފަހުން މިހާތަނަށް އެއްބިލިއަނަށްވުރެ ގިނަ ޑޮލަރުގެ އާމްދަނީ ލިބިފައިވާ ކަމަށް ޚަބަރު ލިބެއެވެ.

"ބާބީ" ފިލްމު ލުބުނާނުގައި ވެސް ދެއްކުން މާނާކޮށްފައިވާއިރު، ދައްކަން ފަށަން ހަމަޖެހިފައިވަނީ އޮގަސްޓްމަހުގެ 31 ވަނަ ދުވަހުއެވެ. އެކަމަކު، އެގައުމުގައި ފިލްމު ދެން އަޅުވާނީ ސެންސަރު ބޯޑުން ނިންމާ ގޮތަކުންނެވެ.

"ބާބީ" ފިލްމު ކުވައިތުގައި ދެއްކުން މަނާކޮށް، ލުބުނާނުގައި ކަންބޮޑުވުން އުފެދިގެންދިޔައިރު، މިފިލްމު ވިއެޓްނާމުގައި ދެއްކުން ވިއެޓްނާމް ސަރުކާރުންވެސް ވަނީ މަނާކޮށްފައެވެ. ވިއެޓްނާމުން މިފިލްމު ދެއްކުން މަނާކުރީ، މިލްކުވެރިކަމުގެ މައްސަލަ ޖެހިފައިވާ ދެކުނު ޗައިނާ ކަނޑުގެ ޗާޓާ ގުޅޭގޮތުން ފިލްމުގައި ދައްކާ މަންޒަރަކާ މެދު ހިތްހަމަނުޖެހިގެންނެވެ.

"ބާބީ" ފިލްމު ޕާކިސްތާނުގެ ޕަބްޖާބްގައި ރިލީޒްކުރަން ހަމަޖެހިފައިވަނިކޮށް، ފިލްމުގައި ހިމެނޭ ކޮންޓެންޓެއްގެ މައްސަލައެއް ފެންމަތިވެ، އެ ފިލްމު ރިލީޒްކުރުންވަނީ ފަސްކޮށްފައެ

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. މިވެރިކަމުގަ އަތް ނުލާ އައްދޮ ކިޔުއްވައޭ ބުނާހެން ކަންތައް ކުރަނީ. އަލަމްގިރިއަށް އުރުނު މީހުނަށްވެސް ތިންމަހުގެ ހުކުމެއް. އިޔާޒުމެން ބުނާނެ އަދިވެސް ހަމައެކަނި ލާދީނީ މީހަކީ ކެނެރީގޭ ނަޝީދުއޭ. މިފަދަ ކަންތަކެއް ނުފެންނާނެ. ބަލަ އެމްޑީޕީއަކީ ލާދީނީ ބައިގަނޑެއް އަންނި އެކަންޏެއް ނޫން އިބޫއާ އިބޫގެ އަބިމީހާއާ އާއިލާވެސް އެއީ ހަމަ އަންނި ފަދަ މީހުން
    ޢެހެން ނޫންނަމަ އެއްޖިންސުން ގުޅުން ހިންގުމަށްދޭ އަދަބު ބޮޑުކުރަން މަޖްލިސްއަށް ހުށައެޅީމަ އެމްޑީޕީ ބައިގަނޑު އެކަމާ ދެކޮޅު ނުހެދީސް

  2. Muslimuverikan otheenameggai baeh meehunah imaamucoas onlainkoh dhee faasnuveemai eh hafuthaafahun testdhineegeygaibaindhaafai hurihaifoh thah balanindhjavaabudhineeh

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު