Thursday, 18 April 2024

މުއިއްޒުގެ ތަރުޖަމާނަކަށް ޠަލާލް

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒުގެ ތަރުޖަމާނަކަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ޠަލާލް ހަމަޖައްސަވައިފިއެވެ.

ޕީޕީއެމުން ވިދާޅުވީ، އެކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި ރަނިންމޭޓް ޙަސައިން މުޙަައްމަދު ލަތީފްގެ ތަރުޖަމާނަކަށް ޠަލާލް ހަމަޖައްސަވާފައިވާ ކަމަށެވެ. ޕީޕީއެމްގެ ރިޔާސީ ޓިކެޓް ކުރީގެ ރައީސް ޔާމީންއަށް ދޭން އެޕާޓީން ނިންމުމާއި ގުޅިގެން އެމަނިކުފާނުގެ އިންތިޚާބީ އެޖެންޓަކަށްވެސް އޭރު ހަމަޖައްސާފައި ވަނީ ޠަލާލްއެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް ކަން ކުރައްވަމުން ގެންދަވާ ޠަލާލަކީ އިދާރީ ހިންގުމުގެ ތަޖުރިބާކާރެއްގެ އިތުރުން، އިންތިޚާބާބެހޭ ކަންކަމުގައި ހުށިޔާރު ބޭފުޅެކެވެ. އެެހެނީ އޭނާއަކީ އިލެކްޝަންސް ކޮމިޝަންގައި ގިނަ ދުވަސްތަކެއް ވަންދެއް މަަސައްކަތްކުރެއްވި ބޭފުޅެކެވެ. އަދި ޠަލާލް ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަންވެސް އަދާ ކުރައްވާފައެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކޮންމެ ކެންޑިޑޭޓަކު ވެސް އިންތިޚާބީ އެޖެންޓެއް ކަނޑައަޅަން ޤާނޫނު ލާޒިމުކޮށްފައިވާއިރު، އެޖެންޓުގެ މަސްއޫލިއްޔަތުގެ ތެރޭގައި، އިލެކްޝަންސް ކޮމިޝަނަށް ޖަވާބުދާރީވުމާއި ޤާނޫނީ ކަންކަން ބެލެހެއްޓުން ހިމެނެއެވެ.

މި ސަބަބުތަކާހެދި އެކޯލިޝަނުގެ ރިޔާސީ ޓިކެޓް ލިބިވަޑައިގަތީ ޑރ. މުއިއްޒުއަށެވެ. ރައީސް ޔާމީންގެ ތާއީދާ ލިބިވަޑައިގަތުމުން، ޕީޕީއެމާއި ޕީއެންސީ ގުޅިގެން މިހާރު ވަނީ ކެމްޕެއިން ހަރަކާތްތައް ވަރުގަދަކޮށްފައެވެ.

ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމަކާއި ބޮޑު ޖޫރިމަނާއެއް އޮތުމާއި ގުޅިގެން ރިޔާސީ އިންތިހާބުގައި ބައިވެރިވުމުގެ ފުރުސަތު ދެވެން ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައި، އެކަމަށް ސުޕްރީމް ކޯޓުން ތާޢީދު ކުރެއްވުމުން، ރައީސް ޔާމީން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުޞަތު މިވަނީ ގެއްލިފައެވެ. މުއިއްޒު ވިދާޅުވަމުން ގެންދަވަނީ، ރިޔާސީ އިންތިހާބު ކާމިޔާބުވެއްޖެނަމަ އެމަނިކުފާނު ޖަލުން ސަލާމަތް ކުރައްވާނެ ކަމަށެވެ. އަދި ރައީސް ޔާމީންގެ ލެގަސީއާއި އެއްގޮތަށް ޤައުމު ހިންގަވާނެ ކަމުގެ އިތުބާރާއި ޔަޤީންކަން ދެއްވާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *