ރާއްޖޭގައި ދޭ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 20000 ރުފިޔާއާއި 25000 ރުފިޔާއާއި ދެމެދުގެ ޢަދަދެއް ދެއްވާނެކަމަށް، އަމިއްލަގޮތުން އިންތިޚާބުގައި ވާދަކުރައްވާ އަލްއުސްތާޛް ޙަސަން ޒަމީލް އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނުއްވައިފިއެވެ.
ޒަމީލް ވިދާޅުވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އޭނާ ނިކުމެވަޑައިގަތީ، މިހާރު ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ހާލަތުން ޕާޓީ ކޯލިޝަނަކުން އުފައްދާ ސަރުކާރަކުން ޤައުމުގެ ކަންކަން ރަނގަޅު ކުރެވޭނެކަމަށް އެމަނިކުފާނަށް ފެނިވަޑައި ނުގަންނަވާތީކަމަށާއި، އެގޮތުން ރާއްޖޭގައި ދެވޭ އެންމެ ކުޑަ އުޖޫރައަކީ 20000 އާއި 25000 ރުފިޔާ ދެމެދުގެ ޢަދަދެއް ހަމަޖައްސާނެކަމަށް ވަނީ ކަނޑައަޅާފައިވާނެ ކަމަށެވެ.
އަދި ބުރަ މަސައްކަތް ނުވަތަ ގެއްލުމެއް ލިބިދާނެފަދަ މާހައުލެއްގައި މަސައްކަތް ކުރާ މުއައްޒަފުންގެ މުސާރަ ނުވަތަ އިނާޔަތްތައް އިތުރު ކޮށްދެވޭނޭ ގޮތެއް ހޯއްދަވާނެކަމަށް އޭނާގެ މެނިފެސްޓޯގައިވެއެވެ.
ރިޔާސީ އިންތިޚާބުގައި ރަނިންމޭޓެއްގެ ގޮތުގައި އަންހެން ބޭފުޅެއް ކަނޑައަޅުއްވާފައިވާ ހަމައެކަނި ކެންޑިޑޭޓު، އަދި ޒަމީލްގެ ރަނިންމޭޓެއްގެ ގޮތުގައި އެމަނިކުފާނުގެ އަނބިކަނބަލުން މަރިޔަމް އަލީމް ހަމަޖައްސަވާފައިވާ ރިޔާސީ ކެންޑިޑޭޓް، ޒަމީލް ވަނީ މަރާލާފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މަރުގެ މައްސަލަތައް ބަލައި އެ މަރުތަކަށް އިންސާފް ހޯދައިދެއްވާނެކަމަށްވެސް ވަޢުދުވެވަޑައިގެންފައެވެ..
މަސްތުވާތަކެއްޗައް އޮންނަ ޑިމާންޑް ނައްތައިލެވޭނެ ގޮތެއް ހޯދުމާއި، އާސަންދަ ނިޒާމު އިސްލާހު ކުރުމާއި، ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ފަރާތްތަކުން ދައްކަން ޖެހޭ ޕޭމެންޓްތައް ދައުލަތުގެ ނިޒާމެއްގެ ތެރެއިން އެ ވިޔަފާރި ކުރާ ފަރާތްތަކަށް ހޯދާދިނުމަށްވެސް ޒަމީލް ވަނީ ވަޢުދުވެވަޑައިގެންފައެވެ.