މަނަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރަން ރައީސް ވަޢުދުވެވަޑައިގަންނަވައިފި

ނ. މަނަދޫގެ އިތުރު މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރަން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިހް ވަޢުދުވެވަޑައިގަންނަވައިފިއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މަނަދޫގައި ބޭއްވި އެމްޑީޕީގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނ. މަނަދޫގެ އިތުރު މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރަައްވާނެ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވީ ކޮންމެ އިންތިހާބަކަށް ވެސް ނިކުންނަވަނީ، ސިޔާސަތުތަކަކާ އެކު މެނިފެސްޓޯއެއް ހިފައިގެން ކަމަށާއި، އެ މަނިކުފާނު މި ދައުރަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވަމުން ގެންދަވާ ކަމަށެވެ.

މި ޖަލްސާގައި ރައީސް ވަނީ 2 ވަނަ ދައުރެއްގައި މަނަދުއަށް ކޮށްދެއްވާނެކަންތައްތައް ރައްޔިތުންނާ ހިއްސާކުރައްވާފައެވެ. މިގޮތުން މަަނަދޫގެ ރައްޔިތުން އެދޭގޮތަށް އިތުރު މަގުތައް ޒަމާނީ ފެންވަރަށް ތާރުއަޅައިގެން ތަރައްޤީކޮށްދެއްވާނެކަމަށް ރައީސް ވަޢުދުވެވަޑައިގެންނެވިއެވެ. އަދި އެރަށުގައި މިހާރު އޮތް މައްސަލަ ބޮޑުވެފައިވާ ނަރުދަމާއަށް ހައްލެއް ގެނެސްދެއްވާނެކަމަށާއި، މަސްވެރިންނަށް ޚާއްސަކޮށްގެން ފަސޭހައިން އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި މަނަދޫގައި އައިސްޕްލާންޓެއް އަޅުއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ދެވަނަ ދައުރުގައި މަނަދޫގައި ލޯކަލް މާރުކޭޓަކާއި ސްކޭޓެއްގެ އިތުރަށް ރައްޔިތުން ދަތުރުދާނެ ރަށެއްވެސް ތަރައްޤީކޮށްދެއްވާނެކަމަށެވެ. އަދި ރަށްގިރުމުގެ މައްސަލަ ހައްލުކޮށް ރައްޔިތުން ބޭނުންވާގޮތަސް ބަނދަރުގައި ޖެޓީއެއް ތަރައްޤީކޮށްދެއްވުމަށްވެސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ވަޢުދުވެވަޑައިގެންނެވިއެވެ.

މި ޖަލްސާގައި ރައީސް ވަނީ އިދިކޮޅު ކެންޑިޑޭޓުންގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެފައެވެ. މިގޮތުން ރައީސް ވިދާޅުވީ އެއްބަޔަކު އާބާދީ ބޮޑެތި ރަށްތައް ތަރައްޤީ ކުރުމަށް މަސައްކަތްކުރިނަމަވެސް އެމްޑީޕީގެ ސިޔާސަތަކީ ދިވެހި ކޮންމެ ރައްޔިތަކަށް ހައްޤުވާ ކަންތަތައްތައް ކޮށްދިނުމަށްކަމަށެވެ.

"ތިމަންނަގެ އަމާޒަކީ އާބާދީ ބޮޑެތި ރަށްތަކަށް ،މީހުން ގިނަ ރަށްރަށަށް ކަންތައްތައް ކޮށްދިނުމޭ. އެއީ ތަފާތަކީ. އަޅުގަނޑުމެން އެންމެ އިސްކަންދޭނީ ދިވެހި ފަރުދުންނަށް. ކޮންމެތާކު ކޮންމެ ރަށެއްގައި ހުރިނަމަވެސް ދިވެހިންނަށް ޙައްޤުވާ ކަންތައްތަކެއް ހުރޭ" އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވަކި ބަޔަކަށް ކަންކަން ކޮށްދިނުމުން ހިނގާނީ އަނިޔާވެރިކަންކަމަށާއި، މީގެ ކުރިން އެފަދަ ވެރިކަމެއް ފެނިފައިވާކަމަށެވެ. އަދި ދެން އެފަދަ ހާލަތަކަށް ރާއްޖެ ދިއުމަށް ދޫކޮށްނުލައްވާނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު