މި ޤައުމަށް ޕާޓީތައް ތައާރަފްކޮށް ޑިމޮކްރަސީ ގެނައީ ރައްޔިތުން ބާރުވެރިކުރުވަންކަމަށާއި، ނަމަވެސް އަދިވެސް ފެނިގެން މިދަނީ ސިޔާސީ ޕާޓީތައް ވަކި ބަޔަކު ބޭނުންވާ ގޮތަށް ކަންކަން ކުރާ މަންޒަރުކަމަށް، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރައްވާ އަޙްމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.
ފާރިސް މިހެން ވިދާޅުވީ، އެމަނިކުފާނުގެ ރިޔާސީ ވަޢުދުތަކާއި ގުޅޭގޮތުން، ޓީވީއެމްއިން ގެނެސްދެއްވި ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"ނުރަނގަޅު ކަންކަން ބަދަލު ކުރެވޭނެ. މީގަޖެހޭނީ ހިކުމަތްތެރިކަމާއެކު މަސައްކަތް ކުރަން. ކެރުންތެރި ބައެއް ނިކުމެ އެ މަސައްކަތް ކުރަން އުޅުން. ދެން އެކަމުގައި ދިމާވާ ގޮންޖެހުންތަކުގެ ސަބަބުން މަސައްކަތް ހުއްޓާނުލާ ކުރިއައް ދާނެ ބަޔަކު ބޭނުން ވަނީ. ދިވެހި ގައުމުގައި އެބަތިބި މި ހުރިހާ ސިފަތަކެއް ތިބި ބަޔަކު. އަޅުގަނޑުމެން މި ގައުމަށް ޕާޓީތައް ތައާރަފްކޮށް ޑިމޮކްރަސީ މި ގެނައީ ރައްޔިތުން ބާރުވެރިކުރުވަން." ފާރިސް ވިދާޅުވިއެވެ.
ސިޔާސީ ޕާޓީތައް ހިނގަމުންދާ ގޮތަށް އިޝާރާތްކުރައްވައި ފާރިސް ވިދާޅުވީ، 18 އަހަރަވަރަކަށް އަހަރުގެ ތަޖުރިބާއަށް ބަލާއިރު، ޕާޓީތައް މަސައްކަތް ކުރަނީ "ގްރޫޕް ތަކެއް ގޮތަށް" ކަމަށާއި، ސިޔާސީ ކަންތައްތައް "ހައްދު ފަހަނައަޅާ ދިއުމުން، އާއިލީ ގުޅުންތައް ކެނޑިގޮސް ގޮސްފި" ކަމަށެވެ
ފާރިސް ވިދާޅުވީ ގައުމެއް އިސްލާހު ކުރަން ބޭނުންވާނަމަ އެންމެ ފުރަތަމަ ފުރިހަމަ ސިޔާސަތެއް ކަނޑައެޅުން މުހިންމު ކަމަށާއި، އެގޮތުން އެ ސިޔާސަތު ތަންފީޒު ކުރުމަށްޓަކައި ޤާނޫނީ ފްރޭމް ވޯކް ހަރުދަނާކުރުމަކީވެސް މުހިންމު ކަމެއްކަމަށެވެ.
ފާރިސް ވިދާޅުވީ، މެންބަރުންގެ އުފެއްދުންތެރިކަމާއި މަސައްކަތްތައް ރަނގަޅުކުރުމަށްޓަކައި، އެމަނިކުފާނުގެ ވެރިކަމެއްގައި ދައުރުގެ މެދުތެރެއިންވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އެ މެމްބަރެއްގެ ހިދުމަތް ރައްޔިތުން އެދޭ ފެންވަރެއްގައި ނުހިފެހެއްޓިޖެނަމަ އެ މެމްބަރެއްގެ އިތުބާރު ނެއްކަމުގެ ޕެޓިޝަނެއްހުށައަޅައި، އެ މެންބަރަކު ބަދަލު ކުރަން ހުށައެޅޭނެކަމަށެއެވެ. އަދި ވަކި އިންސައްތައެއް ލިބިއްޖެނަމަ އެ މެންބަރެއްގެ ގޮޑި ހުސްވެ ބައި އިލެކްޝަނަކަށް ހުޅުވާލެވޭނެގޮތަށް ކަނޑައަޅުއްވާނެކަމަށް ފާރިސް ވިދާޅުވިއެވެ.
ފާރިސް ވިދާޅުވީ، މިހާރު ފެނިގެން މި ދަނީ ސިޔާސީ ބޭނުމުގައި ކަންކަން ނިމިގެންދާ ތަންކަމަށާއި ރައްޔިތުންގެ ހެވާ ލާބައައްވުރެއް ބޮޑައް ސިޔާސީ މަގްސަދު އިސްކުރާ މަންޒަރު ކަމަށާއި، ގައުމެއްގެ ނުވަތަ ދައުލަތެއް ހިނގުމުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެނެވޭނީ ވެރިކަން ކުރާ ބަޔަކަށް ނުވަތަ އެ ބާރުވެރިކަން އޮތް ބަޔަކަށް ކަމަށެވެ.
ސިޔާސަތުތައް ކަނޑައެޅުމުގެ އިތުރުން މުއައްސަސާތައް އިސްލާހު ކުރުމަކީވެސް ކުރުން މުހިންމު ކަމެއްކަމަށާއި، މިހާރު ފެނިގެންދަނީ މުއައްސަސާތަތައް އެންމެ ރަނގަޅަށް ނުހިނގާ އަދި ބާރުވެރި ނުކުރެވޭ މަންޒަރުކަމަށާއި، ސިޔާސަތު ކަނޑައަޅާ ޤާނޫނުތައް އިސްލާހު ކުރަން ފެށުމުން މުއައްސަސާތައް އިސްލާހުކުރުމަށް ފަސޭހަވާނެކަމަށް ފާރިސް ވިދާޅުވިއެވެ. އެގޮތުން މިފަދަ ކަންކަން އިސްލާހުކޮށް ތަރުތީބު ކުރެވެން ފެށުމުން ދިވެހި ރައްޔިތުއްނަށް އެކަމުގެ ހެވާ ލަބާޔާ މަންފާ ލިބެނެކަމަށާއި، އެމަނިކުފާނުގެ ވެރިކަމެއްގައި އެކަންކަމަށް ޚައްސަ ސަމާލުކަމެއް ދެއްވާނެކަމަށްވެސް ފާރިސް މައުމޫން ވިދާޅުވިއެވެ.
ގުޅުންހުރި:
އަޅުގަނޑުމެން އަނެއްކާ އަނބުރާ ޤައުމު އަތުލަން އެބަޖެހޭ: ފާރިސް
ކިޔުންތެރިންގެ ޚިޔާލުތައް:
ފާރިސް އަށް ވެދުމާ ސަލާމް، ދެން ނެތް ތިކަން ވާކަށް. ތިކަމާ ދެން އުޅުއްވުމަކީ ފޫނެތްޖާޑިއަށް ފެންފުރުން.