ޞައްޙަ ނޫން އިންޓަނެޓް ބޭންކިން ސްލިޕްތަކެއް ފޮނުވައިގެން ފިހާރައަކުން ރާސްޓަސް ކުރި ބިދޭސިއަކު ހޯދަން ފުލުހުން މިއަދު އިޢުލާންކޮށްފިއެވެ.
މިމައްސަލައިގައި ހޯދަނީ އުމުރުން 35 އަހަރުގެ އަރްޝަދު މިއާ، ނަމަކަށް ކިޔާ ބަންގްލަދޭޝް ގެ ރައްޔިތެކެވެ.
އޭނާ ހޯދަން ފުލުހުން އިއުލާންކުރީ ސައްހަ ނޫން އިންޓަނެޓް ބޭންކިން ސްލިޕްތަކެއް ފޮނުވައި މަކަރާއި ހީލަތުން އޮޅުވާލައިގެން ފިހާރައަކުން ރާސްޓަސް ކޮށްފައިވާ މައްސަލައެއްގައެވެ.
އޮޅުވާލައިގެން ފިހާރައަކުން 17،471 ރުފިއާގެ ރާސްޓަސް ކުރި ކަމަށް އޭނާގެ މައްޗަށް ތުހުމަތު ކުރެވޭކަމަށް ފުލުހުން ހާމަކުރައްވައެވެ.
އަރްޝަދު މިއާ ހާޒިރުވާން އަންގާފައިވަނީ މިމަހު 25 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ބ.އޭދަފުށީ ޕޮލިސްޓޭޝަނަށެވެ.