Thursday, 18 April 2024

ރައީސް ދަނީ ވަރަށް ލަދުވެތި ގޮތަކަށް ބަލިވާން: ނަޝީދު

ރައީސް ޞާލިހް ދަނީ ރިޔާސީ އިންތިހާބުން ވަރަށް ލަދުވެތި ގޮތަކަށް ބަލިވާންކަމަށާއި، އެމްޑީޕީ ދެވަނަ ބުރަށް ނުދާނެކަމީ ސާފުކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ދަ ޑިމޮކްރެޓްސްގެ ފަރާތުން ގއ. ދެއްވަދޫގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ފުލުހުން ރަށަށް އަރުވައި އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލައި ހަމައެކަނި ރައީސަށް ތާއީދުކުރާ ދެތިން މީހުން ދެއްކިޔަސް ރައްޔިތުން ބަލައެއް ނުގަންނާނެކަމަށެވެ. އަދި ރައީސް ޞާލިހް ދަނީ ރިޔާސީ އިންތިޚާބުން ވަރަށް ލަދުވެތި ގޮތަކަށް ބަލިވާންކަމަށާއި، އެމްޑީޕީ ދެވަނަ ބުރަށް ނުދާނެކަމީ ސާފުކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ދައުލަތުގެ ވެރިޔާގެ ސަލާމަތާއި ރައްކާތެރިކަން ފުލުހުންނާއި ސިފައިން ރައްކާތެރިކުރަންޖެހޭނެކަން އެމަނިކުފާނު ވެސް ގަބޫލުފުޅު ކުރައްވާކަމަށެވެ. އެހެންނަމަވެސް ޓެރަރިސްޓް ހަމަލާއަކަށް އެންމެ ބޮޑު ރިސްކެއް އޮތް މީހަކަށް ޚުދު އެމަނިކުފާނު ވެވަޑައިގެންފައިވާއިރު ވެސް، ރައްޔިތުން ބަންދުނުކޮށް އެސްއޯ ފުލުހުން ވެސް ނުގެނެސް ރައްޔިތުންނަށް އަނިޔާ ނުކޮށް ކެމްޕެއިން އެބަ ކުރެވޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންނަށް އަނިޔާނުކޮށް ވެސް ކެމްޕެއިން ކުރެވޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރާއި ދެކޮޅަށް އިހްތިޖާޖު ކުރަމުންދިޔަ ރައްޔިތުންތަކަކަށް ފުލުހުން އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި މިފަހުން ވަނީ އާއްމުވެފައެވެ. ރައީސް ވަޑައިގަންނަވާ ކޮންމެ ރަށަކަށްހެން ފުލުހުންގެ ފައުޖުތައް ފޮނުވާ، އިދިކޮޅު ޕާޓީތަކުގެ އަޑު ކަނޑުވާލަން މަސައްކަތްކުރަމުން ދެއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ތިއުޅެނީ ތިހެން ކިޔާފަ ރައީސްގެ ފައިބުޑަށް ވެއްޓެން ވެގެން..ފަހު ވަގުތު އާދޭސް ކޮށްގެން މެމްބަރުން އެދޭ ގޮތޭ ކިޔާފަ އަންނާނެ.

  2. މުޅިންވެސް މިކިޔަނީ ތިމާއާއި ތިމާގެ ޕާރޓީއަށް ވާނެ ގޮތްތަކެވެ. މިފަހަރު މީހަކު ބަލިޥާނެ އެންމެ ލަދުވެތިކޮށް ހުތުރުކޮށް ޑިމޮކްރެޓިކްސް ބަލިވާނެއެވެ. ހަސަންޒަމީލާއި ފާރިޝްވެސް މިވެރިންނަށްވުރެން ގިނަ ވޯޓް ހޯދާނެއެވެ.

  3. އިބޫއައްވެރިންް ހޯދާދިންމީހަވެސްް ފާޅުގަަ އެބުނަނީީ މިފަހަރުގެެ އިންތިހާބުންް ލަދުވެތިގޮތަކައްް އިބޫބަލިވާނެޔޭޭ ދެންއެހެންނޫނަސްް ރައްޔިތުންް މިހާރުު އިބޫދެކެެ ވަރައްބޮޑައްް ފޫހިވެއްޖެެ އިބޫފެންނަހާތާކުންް އެވަރައްް އެއްޗެހިގޮވަންޏާާ ރައްޔިތުންް އެވީފޫހިި

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *