އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑާއެކު މި ސީޒަނުގެ ސްޕެނިޝް ލީގުގައި ކުޅުނު ފުރަތަމަ މެޗުން ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ.
ރޭ ކުޅުނު މެޗުން ރެއާލް މޮޅުވީ އެތުލެޓިކް ބިލްބާއޯ އަތުން 2-0 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.
ބިލްބާއޯގެ ސެންމެމޭސްގައި ކުޅުނު މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ ރެއާލުން އުފައްދާފައިވާއިރު، މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 28 ވަނަ މިނެޓުގައި ރެއާލަށް ކާމިޔާބުކޮށްދިނީ ރޮޑްރިގޯއެވެ. އަދި އެ ޓީމުގެ ދެވަނަ ލަނޑު މެޗުގެ 36 ވަނަ މިނެޓުގައި ބެލިންހަމް ކާމިޔާބުކުރީ އަލްބާ ނަގައިދިން ކޯނަރަކުންނެވެ.
މިއީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމުންޑް ދޫކޮށް 88.5 މިލައަން ޕައުންޑުގެ އަގަކަށް ރެއާލާ ގުޅުނު ބެލިންހަމް، އެ ޓީމުގެ ޖާޒީގައި ކުޅުނު ވާދަވެރި ފުރަތަމަ މެޗުކަން ފާހަގަކުރެވެއެވެ.