Saturday, 25 May 2024

ޔޫތު މިނިސްޓްރީ ދެބައިކޮށް ދެ މިނިސްޓްރީއެއް އުފައްދަނީ

މިހާރު ހިންގަމުންދާ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީ ދެބައި ކޮށް ދެ މިނިސްޓްރީއެއް އުފައްދަން އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނައި، އެކަން ހާމަކޮށްފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ، "އާ ޒުވާނުންގެ ޖީލު" ގެ ނަމުގައި ހިމެނޭ އެ ސިޔާސަތު ލޯންޗުކުރުމަށް ނ.ވެލިދޫގައި ރޭ ބޭއްވި ޖަލްސާގައެވެ. 
މެނިފެސްޓޯގައި ހިމެނޭ އެމްޕަވާޑް ޒުވާނުންގެ ބައިގައި ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ދައުރެއްގައި ކުރަން ނިންމާފައިވާާ ކަންކަން ހިމެނެ އެވެ. އެގޮތުން ޒުވާނުންނާއި ކުޅިވަރު ވުޒާރާއަކީ ދެ ވުޒާރާއަކަށް ހަދާނެ ކަމަށް ބުނެފައި ވެއެވެ.

ޒުވާނުންނާ ގުޅޭ އެ ސިޔާސަތުގައި ޖުމްލަ އަށް ކަމަކަށް އިސްކަން ދީފައި ވެއެެވެ. އޭގެ ތެރޭގައި އެމްޕަވާޑް ޒުވާނުން، ޒުވާނުންގެ ބޯހިޔާވަހިކަން، ޒުވާނުންނަށް ހެލްތު އެންޑް ވެލް ބީން، ޒުވާނުންނާއި ޓެކްނޮލޮޖީ، ސްކިލްޑް ޒުވާނުން، ޒުވާން އެންޓަޕްރޮނާ، ޒުވާނުންގެ ބޭނުންތެރި ހުސްވަގުތު އަދި އެއްވެސް ޒުވާނަކު ބާކީ ނުކުރުން ހިމެނެއެވެ.

އޭގެ އިތުރުން ޔޫތު-ކޯ އެއް ގާއިމުކޮށް ޔޫތު ލީޑަރުން އުފައްދައި މަދަނީ ޖަމިއްޔާތަކުގެ އިދާރީ ހިންގުމަށް ހާއްސަ ކޯ-ވޯކިންގް ސްޕޭސް ގާއިމުކުރާއިރު، ޒުވާނުންގެ ހައްގުގައި މަސައްކަތްކުރާ މަދަނީ ޖަމިއްޔާތަކަށް ފުރުސަތުދޭނެ ކަމަށް ވެސް ބުނެފައި ވެެެއެވެ.

"އާ ޒުވާނުންގެ ޖީލު"ގެ ތެރޭގައި ހިމެނޭ ޒުވާނުންގެ ބޯހިޔާވަހިކަމުގެ ބައިގައި ބުނެފައިވާ ގޮތުގައި ބޮޑެތި އެޑްވާންސްތަކާ ބޮޑެތި ކުލި ދެއްކުމުގެ ބުރަ ކުޑަކުރުމަށްޓަކައި އެފޯޑަބަލް ކޯ-ލިވިންގް ސްޕޭސް އަދި ސްޓޫޑިއޯ ސްޕޭސަސް ހަދާ، ފަސޭހައިން ކުއްޔަށް ހިފޭނެ/ އަމިއްލަކުރެވޭނެ ގޮތްތައް ޒުވާނުންނަށް މަގު ފަހިކޮށްދޭނެއެވެ.

ހަމަ އެހެންމެ ފަސްޓް ޓައިމް ހޯމް އޯނަރުން ނަށް ހާއްސަކޮށްގެން ރެޒިޑެންޝަލް ބޭނުމަށް ނެގޭ ލޯނުގެ އިންޓަރަސްޓް ހަ ޕަސަންޓަށްވުރެ ގިނަ ނުވާނެހެން، 10 ޕަސަންޓް އިކުއިޓީގައި ދީ ސޯޝިއޮ-އިކޮނޮމިކަލީ ވަލްނަރަބަލް ފަރާތްތަކަށް ހާއްސަކޮށްގެން ކައުންސިލް ހައުސިންގ ތައާރަފުކުރުމަށްވެސް ހިމަނާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *