12 ފެބުރުވަރީ 2025

ޑިމޮކްރެޓްސްގެ މެނިފެސްޓޯ ލޯންޗުކުރުން މާދަމާ ރޭ

މި އަހަރު ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ދި ޑިމޮކްރެޓްސްގެ މެނިފެސްޓޯ ލޯންޗް ކުރުން މާދަމާ ރޭ ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އެޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިލްޔާސް ލަބީބް އާއި ރަނިންގމޭޓް ހުސައިން އަމްރުގެ މެނިފެސްޓޯ ލޯންޗް ކުރުމުގެ ރަަސްމިއްޔާތު މާދަމާ ރޭ 20:30 ގައި ސަލްޓަންޕާކުގައި ބާއްވާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

މެނިފެސްޓޯ އެކުލަވައިލީ ރާއްޖޭގެ ރަށްތަކަށް ގޮސް ރައްޔިތުންގެ ޚިޔާލާއި ޝުއޫރުތައް އޮޅުންފިލުވުމަށްފަހު އެ ކަންކަމުގެ މައްޗަށް ބިނާކޮށްގެން ކަމަށާއި، މެނިފެސްޓޯގައި ހިމެނޭ ބައެއް ސިޔާސަތުތައް މީގެ ކުރިން ކެމްޕެއިން ޖަލްސާތަކުގައި ވަނީ ހާމަކޮށްފައެވެ.

ޑިމޮކްރެޓްސްގެ މެނިފެސްޓޯ ލޯންޗު ކުރުމަށް ދަތުރު ކުރަނީ ޓީމުތަކަށް ބަހާލައިގެންނެވެ. މިދަތުރު ތަކުގައި އިސްކޮށް އުޅުއްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް އަދި ރަނިންމޭޓް އަމްރު އަންނަނީ ކުރީގެ ރައީސް ނަޝީދާއެކު ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންވަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކުރައްވާ ކެމްޕޭން ޖަލްސާތައް ވަނީ ބާއްވަވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު