ސަރުކާރުގެ ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތިތަކުގެ ގުރުލުން މިއަދު ގަލޮޅު ދަނޑުގައި ފަށާނެ ކަމަށް ހައުސިންގ މިނިސްޓްރީން ހާމަކޮށްފިއެވެ.
ގޯއްޗަށް ހުޅުވާލުމުން 15،164 ފޯމު ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި ސިންގަލް އެޕްލިކަންޓް އަދި ޖޮއިންޓް އެޕްލިކަންޓުގެ ގޮތުގައި ޖުމްލަ 23،088 މީހުން ހިމެނެއެވެ.
ރޭ ދާއިމީ ލިސްޓް އާއްމު ކޮށްފައިވަނީ ޖޮއިންޓް ވުމަށް ފުރުސަތު ހުޅުވާލުމަށް ފަހުގައެވެ. އޭގެ ތެރޭގައި ސިންގަލް އެޕްލިކަންޓް އަދި ޖޮއިންޓް އެޕްލިކަންޓުގެ ގޮތުގައި ޖުމްލަ 23،088 މީހުން ހިމެނެއެވެ. މީގެ ތެރެއިން 19،639 މީހުންނަށް ގޯތި ލިބުމުގެ ޝަރުތު ފުރިހަމަވެއެވެ.
ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ވިދާޅުވީ ރައީސް ސާލިހު ނިންމަވާފައިވަނީ މިދައުރު ނިމުމުގެ ކުރިން ގޯތި ލިބޭ ހުރިހާ ފަރާތްތަކަށް ބިން ހަވާލުކުރަން ކަމަށާއި، އެގޮތަށް އެމަސައްކަތް ކުރިއަށްދާނެ ކަމަށެވެ. އެހެންކަމުން ދައުރު ނިމުމުގެ ކުރިން ގޯތި ލިބޭ 18955 މީހުންނަށް ރަޖިސްޓްރީއާއެކު ބިން ކަނޑާ ހަވާލުކުރައްވާނެ ކަމަށެވެ.
ހައުސިން މިނިސްޓްރީ ހާމަކުރައްވާފައިވަނީ، ހެނދުނު 11:00 ޖަހާއިރު ގުރުލުން ފެށޭނެ ކަމަށެވެ.
ގުރުލުން ހަމަޖެހިފައި ވަނީ އިއުލާނު ކުރި އުސޫލާއި އެއްގޮތަށް، ގޯތިތަކުގެ ކޮންމެ ސައިޒަކަށް ގުރުލުން ބަކެޓެއް ބަހައްޓާ ގޮތަށް ކަމަށެވެ.
މިގޮތުން ގުރުއަތުން ނެގޭ ގޯތީގެ ޕްލޮޓް ނަމްބަރު އެެޑްމިނިސްޓްރޭޓިވް މުވައްޒަފަށް ދައްކާ ސިސްޓަމަށް އެންޓާކޮށްލުމުން އެ ފަރާތަށް ލިބޭ ގޯތީގެ ލޮކޭޝަނާއި ޕްލޮޓް ނަމްބަރު އެނގިގެން ދާނެ ކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވިއެވެ.
ގުރުލަމުންދާ ވަރަށް ހުޅުމާލެ އިން ގޯތި ކަނޑަން ފަށާނީ ހަވީރު ކަމަށްވެސް ހައުސިންގ މިނިސްޓްރީން ހާމަކުރައްވައެވެ. ހުޅުމާލެ އިން ގޯތި ދޭން ނިންމާފައި ވަނީ ފޭސް ދޭއް އިންނެވެ.
ބަންޑާރަގޯތި ދޫކުރުމަށްޓަކައި ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓް އާންމުކޮށްފައިވަނީ އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މި ސްކީމްގެ ދަށުން ޖުމްލަ 18955 މީހުން ގޯތި ލިބެއެވެ. އަދި 684 މީހުންނަށް ގޯތި ނުލިބެއެވެ. ގޯތި ނުލިބެނީ 18 އަހަރާއި 25 އަހަރު ކައިވެނި ނުކުރާ މީހުންނަށެވެ.