13 ޑިސެންބަރު 2025

ރޮޒޭނާއަށް ގޯތި ލިބުމަކީ "ހެޔޮ ވެރިކަމުގެ" ނަތީޖާކަމަށް އޭނާ ވިދާޅުވެއްޖެ

"ބިންވެރިޔާ" ސްކީމުގެ ދަށުން، ރޮޒޭނާއަށް ގޯތި ލިބުމަކީ "ހެޔޮ ވެރިކަމުގެ" ނަތީޖާކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

އެކަމަނާ މިމޭރުމުން ވިދާޅުވެފައިވަނީ، މާލޭން ހިލޭ ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި، ރޮޒެއިނާގެ ދެކަނބަލުންނަށްވެސް ހިމެނިފައިވާތީ، އާންމުންގެ މެދުގައި ފާޅުކުރަމުން ގެންދާ ޝުޢޫރުތަކަށް އިޝާރާތްކުރައްވައެވެ.

އެ ލިސްޓުގައި ވާގޮތުން، ރޮޒައިނާ އާދަމް އަދި އޭނާގެ ފިރިކަލުން، ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް (އެމްޑީޕީ) އަށްވެސް ވަނީ މާލެއިން ގޯތި ލިބިފައެވެ. އެ ދެބޭފުޅުންނަށް ގޯތި ލިބިފައިވަނީ ޖުމްލަ ތިން މީހަކު ހިމެނިގެން ފޯމު ލީ އެންމެންގެ ޝަރުތު ހަމަވެގެން 71.59 މާކްސް ލިބިގެންނެވެ.

މިކަމާއި ގުޅިގެން ރޭ މީހަކުު ކުރި ޓްވީޓަކަށް ޖަވާބުދެއްވަމުން ރޮޒެއިނާ ވިދާޅުވީ، އޭނާގެ ގޯއްޗެއް ނެތް ކަމަށާއި، އޭނާގެ ބައްޕަގެ އޮތީ 12 ބަޔަށް ބަހަން ޖެހޭ 2000 އަކަފޫޓުގެ ގޯއްޗެއް ކަމަށެވެ.

"އަޅުގަނޑަކީވެސް މާލެ ރައްޔިތެއް، އެކަމަކު މާލެ އިން 100 އަކަފޫޓުވެސް ނުލިބޭ، އެހެންވީމަ، މާލެ ރައްޔިތުންނަށް ގޯތި ދޭއިރު އަޅުގަނޑަށް ނުލިބެން ޖެހޭ ސަބަބެއް ބުނެދެއްވާ."

ރޮޒެއިނާ ވިދާޅުވިއެވެ.

އޭނާ ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކޮށްގެން ހުރި ނަމަ އޭނާއަށް ވުރެ ގޯތި ޙައްޤު މީހެއް މި އުޑުދަށުގައި ނުހުންނާނެ ކަމަށެވެ.

ރޮޒޭނާ މިހެން ވިދާޅުވާއިރު، ގޯތި ލިބުން ޙައްޤު އެތައް ބަޔަކަށް ގޯތި ނުލިބިގެން ޝަކުވާ ކުރަމުންދާ ކަމަށް އެނގިފައިވެއެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު