އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަކީ ސަލަފު ޖަމިއްޔާއާ ގުޅިފައިވާ ކެންޑިޑޭޓެއް ކަމަށް ރައީސް ޞާލިހުގެ ކެމްޕޭން ތަރުޖަމާނު މާރިޔާ އަޙްމަދު ދީދީ ވިދާޅުވުމުން، އެކަމާ އުފާކުރައްވާ ކަމަށް ޝެއިޚް ޝަފީޢު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޑިފެންސް މިނިސްޓަރު މާރިޔާ، ޑރ މުޢިއްޒަކީ "ސަލަފުގެ ކެންޑިޑޭޓޭ ބުނީމާ ހަމަ ގައިމު ވެސް އަހަރެން ވަރަށް އުފާވެއްޖެ" ކަމަށް ވިދާޅުވެ ޝެއިޚް ޝަފީޢު ކުރެއްވި ޓްވީޓްގައި އިތުރަށް ވިދާޅުވީ، "އަހަރެންނަށް ހީވަނީ އަހަރެން ފަދައިން ވަރަށް ގިނަ މީހުންނަށް ވެސް މިއީ ވަރަށް އުފާވެރި ޚަބަރެއް ހެން… ޝުކުރިއްޔާ މިނިސްޓަރު މާރިޔާ!"
ޑިފެންސް މިނިސްޓަރު މާރިޔާ @MariyaDidi ، ޑރ މުޢިއްޒަކީ @MMuizzu ސަލަފުގެ @JAMIYYATHSALAF ކެންޑިޑޭޓޭ ބުނީމާ ހަމަ ގައިމު ވެސް އަހަރެން ވަރަށް އުފާވެއްޖެ… އަހަރެންނަށް ހީވަނީ އަހަރެން ފަދައިން ވަރަށް ގިނަ މީހުންނަށް ވެސް މިއީ ވަރަށް އުފާވެރި ޚަބަރެއް ހެން… ޝުކުރިއްޔާ…
— Shafeeu Abdullah (@shafeeu26) August 15, 2023
ޝެއިޚް ޝަފީޢު ވަނީ މުއިއްޒުއަށް ތާޢީދުކުރައްވާ ކަންވެސް މީގެ ކުރިން ހާމަކުރައްވާފައެވެ.
بسم الله الرحمن الرحيم
ޑރ. މުޢިއްޒަށް @MMuizzu ތާއީދުކުރާން ނިންމައިފީމެވެ.
ރިޔާސީ އިންތިޚާބު (2023)ގައި ކުރިމަތިލައްވައިފައިވާ ބޭފުޅުންނާ މެދު ނަޒަރު ހިންގައި ވިސްނައިލި އިރު، ޑރ. މުޢިއްޒަށް ވުރެ ތަޢުލީމީ ގޮތުންނާއި، ތަޖުރިބާގެ ގޮތުންނާއި، ހިންގުމުގެ ގޮތުންނާއި، އަޚްލާޤީ… pic.twitter.com/cPkF2viYRx
— Shafeeu Abdullah (@shafeeu26) August 13, 2023
ނަމަވެސް ރައީސް ޞާލިހުގެ ކެމްޕޭން ތަރުޖަމާނު މާރިޔާ އަޙްމަދު ދީދީ ވިދާޅުވުމުން، ސަލަފް ޖަމިއްޔާގެ އިސް މެންބަރެއް ކަމަށްވާ އަލީ ރަމީޒް ނުރުހުން ފާޅުކުރެއްވިއެވެ.