މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ދަ ޑިމޮކްރެޓްސް މެނިފެސްޓޯ ލޯންޗުކޮށްފިއެވެ. ރޭ ސަލްޓަންޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައި އެޕާޓީގެ މެނިފެސްޓޯ ލޯންޗުކޮށްދެއްވީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބާއި ރަނިންމޭޓް ޙުސެއިން ޢަމްރުއެވެ.
މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި، އެ ޕާޓީގެ ލީޑަރޝިޕްގެ އިސްބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވިދާޅުވީ، ފަރުދީ ތަނަވަސްކަން، ދިރިއުޅުމުގެ ފުރުސަތު، އަބުރުވެރި ޙަޔާތެއް ބިނާކުރުމަށް އުންމީދުތައް ޙަޤީޤަތަކަށް ހެދުމަށް ހުރި ހުރަސްތައް ނައްތާލާނެ ކަމަށާއި، ބޭންކެއް ވިޔަސް، އެމްއެމްއޭ އެއް ވިޔަސް، ކައުންސިލެއް ވިޔަސް، ސަރުކާރު އިދާރާއެއް ވިޔަސް އެ ހުރަސްތައް ނައްތާލާނެ ކަމަށެވެ.
"ތަކެތީގެ އަގު، ދިރިއުޅުމަށް ހިންގާ ޚަރަދު، ވިޔަފާރި ހިންގާ ކުރާ ޚަރަދު ކިހާ ވަރަކަށް ބޮޑުވެއްޖެތޯ؟ ޖީއެސްޓީ %6 އަށް ތިރިކުރާނަން! ކަންމަތީ ފިހާރައިން ޖީއެސްޓީ ދައްކަން ނުޖެހޭގޮތަށް؛ 8219 ރުފިޔާއަށް ޖީއެސްޓީ ތްރެޝްހޯލްޑް މަތިކުރާނަން!"
އިލްޔާސް ލަބީބު ވިދާޅުވިއެވެ.
މިނޫނަސް ގިނަ ވަޢުދުތަކެއްގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
މި މެނިފެސްޓޯ ބެހިގެން ވަނީ މައިގަނޑު ފަސް ބަޔަށް ކަމަށްވާއިރު، ދަ ޑިމޮކްރެޓްސް ޕާޓީ ގެ މެނިފެސްޓޯ ގެ އަމާޒަކީ ފަރުދީ ތަނަވަސް ކަމައި އަބުރުވެރި ހަޔާތެކެވެ.
މެނިފެސްޓޯ ބެހިގެންވަނީ 5 ބަޔަކީ:
– އާރޯ ވިޔަފާރި، އިގްތިސާދު އަދި މާލީ އިސްލާހު
– ލާމަރުކަޒީ ބަދަލާއި ދައުލަތް ހިންގުން
– ބޯހިޔާވަހިކަމުގެ ކަށަވަރުކަން، މަސްތުވާތަކެތީގެ ފަރުވާ، ތައުލީމާއި ސިއްހަތުގެ ބަދަލު
– މުނިފޫހިފިލުވުނ،ް ފަންނު ވެރި ކަނ،ް ސަގާފަތް އަދި ކުޅިވަރު
– އަދުލުގެ ނިޒާމު އަދި ގައުމީ ސަލާމަތާއި ހާރިޖީ ސިޔާސަތު
ދަ ޑިމޮކްރެޓްސްގެ މެނިފެސްޓޯގައި މޫސުމީ ބަދަލުތަކަށް ހާއްސަ ސިޔާސަތެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން އިމާރާތްކުރުމުގައި ކަރަންޓު ހަރުދުކުޑަ، މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންވެރި މިންގަނޑުތައް ހިފެހެއްޓުމަށް ބޭނުންވާ ޤަވައިދުތައް ފަރުމާކުރުމަށް ވަނީ ހިމަނާފައެވެ. އަދި އެ ފަދަ ފަރާތްތަކަށް ޕެކޭޖްތައް ލިބޭނެ ޕްރޮގްރާމްތައް ތައާރަފުކުރުމަށްވެސް ވަނީ ހިމަނާފައެވެ.
ޑިކްރެޓުންގެ އިގުތިސާދީ ސިޔާސަތުގެ މައިގަނޑު ތަސައްވަރަކީ އާރޯ ވިޔަފާރިއަށް މަގުފަހިކޮށްދީ، އިގްތިސާދީ އަދި މާލީ ބާޒާރު އިސްލާހުކޮށް، މުއާމަލާތްތައް އިތުރުކޮށް، ކޮންމެ ދިވެއްސަ ކަށް އޭނާއާއި އޭނާގެ އާއިލާގެ ފުދުންތެރިކަން ކުރިއެރުވުމަށް މަސަ އްކަތްކުރުމުގައި ދެމިހުރެވޭނެ ރައްޔިތަކު ބިނާކުރުމެވެ.