25 ޖަނަވަރީ 2025
ދަ ޑިމޮކްރެޓްސްގެ ގެ މެނިފެސްޓޯ ލޯންޗުކުރުން

ޑިމޮކްރެޓުންގެ މެނިފެސްޓޯ: އިޤްތިސާދީ، މާލީ ބާޒާރު އިސްލާހުކުރުމަށް ހިމަނާފައިވޭ

ޑިމޮކްރެޓުންގެ އިޤްތިސާދީ ސިޔާސަތުގެ މައިގަނޑު ތަސައްވަރަކީ އާރޯ ވިޔަފާރިއަށް މަގުފަހިކޮށްދީ، އިގްތިސާދީ އަދި މާލީ ބާޒާރު އިސްލާހުކޮށް،މުއާމަލާތްތައް އިތުރުކޮށް، ކޮންމެ ދިވެއްސަ ކަށް އޭނާއާއި އޭނާގެ އާއިލާގެ ފުދުންތެރިކަން ކުރިއެރުވުމަށް މަސައްކަތްކުރުމުގައި ދެމިހުރެވޭނެ ރައްޔިތަކު ބިނާކުރުމަށް ޑިމޮކްރެޓުންގެ މެނިފެސްޓޯގައި ހިމަނައިފިއެވެ.

އެގޮތުން، މި ސިޔާސަތުގެ ދަށުން ސަރުކާރު އަދި ސަރުކާރުގެ ކުންފުނިތަކުން ވަޒީފާގެ ބާޒާރު ކޮންޓްރޯލް ކުރުން ނައްތާލާ އާ ވަޒީފާތައް އުފެއްދޭނެ ޕްރޮގްރާމްތައް ތައާރަފުކޮށް ތަންފީޒުކުވިގެންދާނެ ކަމަށާއި، އަދި، އެ މީހަކު މަސައްކަތް ކުރާ ދާއިރާއިން ކުރިއަރާ ދިއުމަށް ބޭނުންވާ ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައް ފަހިކޮށްދީ ހުރިހާ ދާއިރާއެއްގައިވެސް ހުރި ތަފާތުތައް ނައްތާލާ ހުރިހާ އެންމެނަށް މަސައްކަތުގައި އުޅެވޭނެ މާހައުލެއް ޑިމޮކްރެޓުން ގާއިމުކޮށްދޭނެ ކަމަށް އެ ޕާޓީގެ މެނިފެސްޓޯގައި ހިމަނާފައިވެއެވެ.

މީގެއިތުރުން، ޑިމޮކްރެޓުންގެ ވެރިކަމެއްގައި ދިރިއުޅުމުގެ އަގު ހެޔޮކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ޖީއެސްޓީ 6 އިންސައްތަ އަށް ދަށްކޮށް ގުދުރަތީ ވެށްޓާއި އިންސާނީ ސިއްހަތަށް ނުރައްކާ ބާވަތްތަކާއި ރާއްޖެއަށް އިތުރަށް އެތެރެ ނުކުރުމަށް ބާރުއަޅާ ތަކެތި ފިޔަވައި، ހުރިހާ ބާވަތަކުން އިންޕޯޓް ޑިއުޓީ ކަނޑާލެވިގެންދާނެ ކަމަށް ހާމަކުރެއެވެ.

ޑިމޮކްރެޓުންގެ މެނިފެސްޓޯގައި ބުނާގޮތުން، "އާމްދަނީއެއް ލިބޭ ކޮންމެ މީހަކީ ޕެންޝަނާއި އަދި މާލީ އިދާރާތަކުން ފޯރުކޮށްދޭ އެންމެހައި ހިދުމަތްތަކަށް ޝަރުތުހަމަވާ ބައެއްކަމުގައި ހެދުން" އެއީ ޑިމޮކްރެޓުންގެ ވައުދެކެވެ.

ވަކިވަކި ސިނާއްތަކަށް ބަލާއިރު، ޑިމޮކްރެޓުންގެ މެނިފެސްޓޯގައި ވަނީ މަސްވެރިކަމުގެ އެކި މަސައްކަތްތަކާއި އެކި ބާވަތްތަކުގެ ދަނޑުވެރިކަމާއި ފަތުރުވެރިކަމަށް ހާއްސަ އިސްކަމެއް ދީފައެވެ. ހާއްސަކޮށް ރާއްޖޭގެ ހުރިހާ ރަށަކީ ލޯކަލް ޓުއަރިޒަމަށް ފަހިވެފައިވާ ރަށަކަށް ހެދުމަށް ޑިމޮކްރެޓުން ވާނީ ވައުދު ވެފައެވެ.

އޭގެއިތުރުން މި ސިޔާސަތުގެ ދަށުން ޓްރާންސްޕޯޓް އަދި ލޮޖިސްޓިކްސްއަކީ ރާއްޖޭގައި ސިނާއަތެއްގެ ގޮތުގައި ކުރިއަރުވަން ކަނޑައަޅާ ޓްރާންސްޝި ޕްމަންޓްއާއި އަދި ރީޖަނަލް ވެއާހައުސިން ފެސި ލިޓީތައް ޕްރައިވެޓް ސެކްޓާގެ ބައިވެރިވުމާއިއެކު ތައާރަފުކުރުމަށް ވަނީ ނިންމާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު