7 ޑިސެންބަރު 2024

ސޯލާ ޕީވީގެ މަސައްކަތަށް ހުޅުމާލެ ލިންކް ރޯޑް ބަންދުކުރަނީ

ހުޅުމާލެ ލިންކް ރޯޑް އަދި ބޯށިމާ ހިނގުމުގައި ގާއިމުކުރަމުންދާ ސޯލާ ޕީވީގެ މަސައްކަތް ކުރުމަށްޓަކައި ލިންކް ރޯޑް ބައެއް ގަޑިތަކަށް ބަންދު ކުރަން ނިންމައިފިއެވެ.

ލިންކް ރޯޑް ބަންދު ކުރަނީ ސޯލާ ޕީވީގެ މަސައްކަތުގެ ތެރެއިން ސަބްސްޓޭޝަންގެ ފައުންޑޭޝަންގެ މަސައްކަތްތައް ކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވިއެވެ.

އެ މަސައްކަތަށް ލިންކް ރޯޑް ވަގުތީ ގޮތުން ބަންދުކުރަނީ އަންނަ އާދިއްތަ ދުވަހުގެ އިތުރުން 24 އޮގަސްޓް ވާ ބުރާސްފަތި ދުވަހުކަމަށާއި، އެ ދުވަސްތަކުގައި ލިންކް ރޯޑުގެ 4 ސަރަހައްދެއްގެ އިތުރުން ހުޅުމާލޭ ބޯޝިމާ ހިނގުމުގެ ބައެއް ބަންދުކޮށްގެން މަސައްކަތްކުރާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ އެ ދެދުވަހުގެ ހެނދުނު 9:00 އިން ހަވީރު 16:00 އަށް ކަމަށާއި، މިދެދުވަހު މަސައްކަތް ކުރަމުންދާ ގަޑީގައި މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް އެއްގަމުގެ ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެންވަޔަރަމަންޓް މިނިސްޓްރީން އިލްތިމާސްކުރައްވައެވެ.

ސޯލާ ޕީވީ ހަރުކުރުމުގެ މަސައްކަތަކީ ވޯލްޑް ބޭންކުގެ އެހީގައި އެންވަޔަރަމަންޓް މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދާ މަޝްރޫޢަކަށްވާއިރު، އެސްޕަޔަރ ޕްރޮޖެކްޓުގެ ދަށުން ހުޅުމާލޭގައި 5.6 މެގަވޮޓުގެ ސޯލާ ނިޒާމު އިތުރަށް ޤާއިމުކުރުމުގެ މަޝްރޫއުތަކެއް ދަނީ ހިންގަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު