7 ފެބުރުވަރީ 2025
ރައީސް ނަޝީދު މަޖިލީހުގެ ރައީސް ކަމުގައި ރިޔާސަތު ބަލަހައްޓަވަނީ، ފައިލް ފޮޓ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

މިއަހަރުގެ ފަހު ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ ހޯމަ ދުވަހު

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް އަންނަ ހަފްތާގެ ހޯމަ ދުވަހު ފަށާނެ ކަމަށް މަޖިލީހުގެ އިދާރާއިން ހާމަކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ މަސައްކަތް ނިންމުމަށްފަހު ޖޫން މަހުގެ 22 ވަނަ ދުވަހު ޗުއްޓީއަށް ގޮސްފައިވާއިރު، މަޖިލީހުގެ ނިމިގެން ދިޔަ ދައުރަކީ މަޖިލީހުގެ ރިޔާސަތުގެ އިތުބާރުގެ ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައި އުފެދިފައިވާ ބޮޑެތި ޚިޔާލު ތަފާތުވުންތަކާ ހެދި ޖަލްސާތަކާއި ކޮމެޓީތައްވެސް ނުބޭއްވި އެތައް މައްސަލަތަކެއް ހިނގާދިޔަ ދައުރެކެވެ.

މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ މަސައްކަތް ފެށުމަށްޓަކައި، މަޖިލީހުގެ މެމްބަރުންނަށް ވަނީ އަންނަ ހޯމަ ދުވަހު ޖަލްސާތައް ފަށާނެކަމަށް މިހާރު އަންގަވާފައެވެ.

މިހާހިސާބަށް އައިއިރުވެސް މަޖިލީހުގެ ކޮމެޓީތައް އެކުލަވާނުލެވި ކޮމެޓީތަކުގެ މަސައްކަތްތައް އަދިވެސް އޮތީ ހުއްޓިފައެވެ. މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތް ހުއްޓުމަކަށް އައިސްފައި އޮތުމުން، ކޮމިޓީތަކުން ނިންމަންޖެހޭ ބައެއް ކަންކަމާއި މުހިއްމު އެހެން ބައެއް މަސައްކަތްތައްވެސް ވަނީ ހުއްޓިފައެވެ. ކޮމެޓީތައް އެކުލަވާލުމަށްޓަކައި މަޖިލީހުގެ ނިމިދިޔަ ދައުރުގެ ބޭރުން ބޭއްވި ޖަލްސާގައި ކޮމެޓީތަކަށް އެކުލަވާލުމަށް އެއްބަސްވުމަކަށް އައިސް، ހުށަހެޅި ރިޕޯޓް ވަނީ ފާސް ކުރައްވާފައެވެ. އެކަމަކު އޭގެ ފަހުން މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މިނިވަން މެމްބަރުންގެ ގޮތުގައި ތިއްބެވި ބައެއް މެމްބަރުން ދަ ޑިމޮކްރެޓްސްއާއި ގުޅިވަޑައިގަތުމުން އަނެއްކާވެސް ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތްތައް އަލުން ކުރަންޖެހިފައިވާކަމަށް މަޖިލީހުގެ ރިޔާސަތުން ވިދާޅުވެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅި، މަޖިލީހަށް ހަލަބޮލިކަމެއް އައިސްފައިވާއިރު، މަޖިލީހުގެ ގިނަ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާފައިވަނީ ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ކަން ފާހަގަކޮށްލެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު