ސައުދީޢަރަބިއްޔާގައި ދިރިހުއްޓައި، އެކުވެރިޔާ އަންދާލައި މަރާލި ޙާދިސާއާ ގުޅިން ދާދިފަހުން ވަނީ އެ އަންދާލި މީހާގެ މައްޗަށް ޙުކުމް އިއްވާފައެވެ.
ބަންޑާރަ ބިން ޠާހާ ދިރިހުއްޓައި، އަންދާލައިގެން މަރާލާފައިވަނީ، އޭނާގެ އެކުވެރިޔާ ބަރަކް ބިން ޖިބްރީލްއެވެ.
ބަންޑަރައަކީ ސައުދީ އެއާލައިންގެ ފްލައިޓް އެޓެންޑެންޓެކެވެ. 40 އަހަރުގެ ބަންޑާރައަކީ މައުސޫމް ދެކުދިންގެ ބައްޕައެވެ. އަދި އޭނާއަކީ ބުރަކޮށް މަސައްކަތް ކުރާ، ހިތްހެޔޮ މިޒާޖެއްގެ މީހެކެވެ.
އޭނާގެ އެކުވެރިޔާ ބަރަކް އޭނާ މަރާލާފައިވަނީ، އޭނާ ދުއްވަމުން ދިޔަ ކާރުގައި ޗޭނުގަނޑަކުން ކާރުގެ ފުރޮޅުގައި ބަނދެ، އަލިފާން ރޯކޮށްލައިގެންނެވެ. އަލިފާން ރޯކޮށްލުމަށްޓަކައި ވަނީ ބަންޑާރަގެ ގަޔަށް، އޭނާ ފެޓްރޯލް އަޅާފައެވެ. ބަންޑާރަ އަނދަމުން މަރަށް ތެޅެމުން ދިޔަ ވަގުތު، އޭނާ ސަލާމަތްކުރުމަށް އާދޭސް ކުރަމުން ދިޔައެވެ. ނަމަވެސް ހިލަ ހިތުގެ ވެރިޔާ، ބަރަކުގެ ހިތަށް އެއްވެސް އަސަރެއް ކުުރުމެއް ނެތި އޭނާ ހުރީ އޭނާގެ އެކުވެރިޔާ އަނދަމުން ދިޔަ މަންޒަރު ބަލާށެވެ.
މި ޙާދިސާއަށްފަހު، ބަންޑާރަ ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް އޭނާ އޮތީ މަރުވެފައެވެ.
މި އަނިޔާވެރި ޢަމަލުގައި މަރުވި ބަންޑާރަގެ ބައްފަ ބުނެފައިވަނީ ބަންޑާރަ ގައިގައި އަލިފާން ރޯކޮށްލައި މަރާލާފައިވަނީ ޖިއްދާގެ ދެކުނުގައި ހިންގަމުންދާ ހައުސިން ޕްރޮޖެކްޓަށް ކަނޑައަޅާފައިވާ ސަރަހައްދުގައެވެ.
އަނިޔާވެރިޔާ ބަރަކަކީ، ބަންޑާރަގެ ބައްޕަ ބުނާ ގޮތުން، އެގެއަށް އައިސް ނިދާ ހެދި، އަވައްޓެރިއެކެވެ. އޭނާއަކީ މަސްތުވާ ތަކެތީގެ ވަބާގައި ޖެހިފައިވާ މީހެެކެވެ. އަދި އެ ޙާދިސާއަށްފަހު ޓެސްޓް ކުރިއިރު ނުރައްކާތެރި ނާކޮޓިކް ބޭނުންކޮށްފައިވާ ކަމަށް ޓެސްޓުން ދައްކައެވެ.
އޭނާގެ މި އަނިޔާވެރި ޢަމަލު ހިންގުމުން، ވަގުތުން ވަނީ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ވަގުތުން ތަޙްޤީޤުތައް ފަށައި، ބާރަށް ކުރިއަށް ގެންދިޔައެވެ. އޭނާގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ދަޢުވާއާއި ޕާކް ކޮށްފައިވާ 4 ކާރު އަންދާލުމުގެ ކުށުގެ ދަޢުވާ އުފުލިއެވެ. އަދި އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަންޑައަޅައި، އޭނާ މެރުމަށް ކޯޓުން ޙުކުމް ކުރިއެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
މަރަށް މަރު.