ޤާނޫނަށް ބެލުމެއް ނެތި ވަޢުދުވާތީ ރައީސް މައުމޫން ކަންބޮޑުވުން ފާޅުކުރައްވައިފި

އަންނަ ސެޕްޓެންބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ބައެއް ކެންޑިޑޭޓުންގެ ވާހަކަތައް ހުރީ ޚުދުމުހުތާރުވެރިކަމެއް ކުރަން ބޭނުންވާ ގޮތަށް ކަމަށް ވިދާޅުވެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި އަށް ކެންޑިޑޭޓުން ވާދަކުރައްވާއިރު، އެ ބޭފުޅުން ގެންދަވަނީ ސިޔާސަތުތައް ހާމަކުރައްވައި، މެނިފެސްޓޯގައިވާ ވަޢުދުތަކުގެ އިތުރުން، ވަގުތުން ވަގުތަށް ވަޢުދުތައް ވަމުންނެވެ. އެރަށަކަށް ވަޑައިގަންނަވާ ތަނުން އެރަށެއްގައި ތިބި އެ ބައެއްގެ ސަޕޯޓަރުން ވިދާޅުވާ ކަންކަމާ ގުޅޭ ގޮތުންވެސް ދަނީ ވަޢުދުތައް ވެވަޑައިގަންނަވަމުންނެވެ.

މިކަންކަމާ ގުޅޭގޮތުން ރައީސް މައުމޫން ވަނީ، ކެންޑިޑޭޓުންގެ ސަމާލުކަމަށް ގެންނަވައި، ވެރިކަމަށް އާދެވުމުން ވަކި ކަމެއް ކުރަން ނުވަތަ ހުއްޓުވާން ވިދާޅުވާ އިރު ޤާނޫނު ކޮބައިތޯ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ.

"ބައެއް ކޭންޑިޑޭޓުން ވާހަކަ ފުޅު ދައްކަވާއިރު ހީވަނީ ޚުދު މުޚުތާރު ވެރިކަމެއް ކުރައްވަން ބޭނުންފުޅު ވާހެން. ވަގުތުން މިވެނި ކަމެއް ކުރައްވާނަމޭ ވަގުތުން މިވެނި ކަމެއް ހުއްޓުވާނަމޭ. ކޮބައިތޯ ޤާނޫނު؟ ކޮބައިތޯ ޑިއު ޕްރޮސެސް؟"

ރައީސް މައުމޫން ވިދާޅުވިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވިއިރު، އެމަނިކުފާނުގެ ދަރިކަލުން، އަޙްމަދު ފާރިސް މައުމޫން، މިއަހަރު ބޭއްވޭ ރިޔާސީ އިންތިޚާބުގައި އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވައެވެ

އަމިއްލަ ގޮތުން ވާދަކުރައްވަނީ ރައީސް މައުމޫންގެ ދަރިކަލުން، އެމްއާރްއެމްގެ ރައީސް އަޙްމަދު ފާރިސް މައުމޫނާއި، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ޑިފެންސް މިނިސްޓްރީގެ ނައިބަކަށް ކުރިން ހުންނެވި ޙަސަން ޒަމީލެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ގާނޫނައްބެލުމެއްނެތި މައުމޫނު ކުރިވެރިކަން ހަމަރަގަޅުވީތޯ އެއްވެސްމީހަކައް އަނެކާޔައް ބަސްބުނެވޭހާލަތުގައި ހުރި އެކަކުވެސް ނެއް މިހާރުވާ އަނގައިން ބުނުމުގެ މިނިވަންކަން އޮއްމިންވަރަކައް އެބައޮއް މައުމޫނުގެ ވެރިކަމުގައި ގާނޫނަކީވެސް މައުމޫނު ޝަރުއީދާއިރާޔަކީވެސް މައުމޫނުމުޅިގައުމު ވެސް މައުމޫނު ދެރަދޯ މިހާރު ނުބައިވިޔަސް އެވަރެއްނޫން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު