މަގޫދޫ އެމްޑީޕީ ފަހުލަވާނުންތަކެއް، ޕީޕީއެމަށް

އެމްޑީޕީ އުފެދުނީއްސުރެ އެ ޕާޓީގައި، ފ. މަގޫދޫން އިސްސަފުގައި ޙަރަކާތްތެރިވި އެމްޑީޕީގެ ފަހުލަވާނުންތަކެއް އިދިކޮޅު ޕީޕީއެމްއަށް ސޮއިކޮށްފިއެވެ.

މިރޭ ފ. ނިލަންދޫގައި، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަށް ތާޢީދު ހޯދުމަށް ބޭއްވި ޖަލްސާގައި ސޮއިކޮށްފައިވަނީ، އެމްޑީޕީގެ މެންބަރެއްގެ ޙައިސިއްޔަތުން، ފ. މަގޫދޫ ކައުންސިލުގެ މެންބަރުކަން ކުރައްވާފައިވާ މޫސާ ޖަލީލާއި، އެރަށު އިސްމާޢީލް މުއާޒުއާއި، ރާއިފް އަދި ޙަސަން މުއާޒެވެ.

އެ ބޭފުޅުން އިދިކޮޅު ޕީޕީއެމަށް ސޮއިކުރެއްވުމާ ގުޅިގެން، އެކަމާ އުފާފާޅުކުރައްވައި، ބިލެތްދޫ ދާއިރާއިގެ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަޙްމަދު މުބީން ވިދާޅުވީ، މޫސާ ޖަލީލް ވެގެންދާނީ ފ. މަގޫދޫ ޕީޕީއެމް ލީޑަރެއްކަމުގައެވެ.

"މޫސާ ޖަލީލް ވެގެންދާނީ ފ. މަގޫދޫ ޕީޕީއެމް ލީޑަރަށް."

މުބީން ވިދާޅުވިއެވެ.

މުއިއްޒު ދ. އަތޮޅަށާއި ފ. އަތޮޅަށާއި މ. އަދި ވ. އަތޮޅަށް ފެއްޓެވި ކެމްޕެއިން ދަތުރުގައި ވަޑައިގެންނެވި ރަށްތަކުގެ ތެރެއިން އެންމެ ބޮޑު ފޯރިއެއް ނެގި ރަށަކީ ނިލަންދޫއެވެ. އެމީހުން ތިބީ މިފަހަރުގެ ރިޔާސީ އިންތިހާބު މުއިއްޒަށް ކާމިޔާބުކޮށް ދިނުމަށް އެކަތިގަނޑެއްގެ ގޮތުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ބަލަން ތިބޭބަޔަކަށް ފެންނަނީ ޕީޕީއެމްގެ ލަޝްކަރުބޮޑުވެ ރިޔާސީކެޑިޑޭޓަށް ކުރާއިތުބާރު ބޮޑުވާތަން . ބިނާކުރަނިވި ވައުދު ތަކާއެކު . އަބަދު އިންޑިޔާސިފައިންގެ ވާހަކަ ދައްކައިގެން ހަމަ ޖައްސައެއް ނުލިވޭނެ ކޮންމެ ޕޯޓިއަމެއްގަ ރައްޔިތުންނާސީދާ ގުޅުންހުރި ވެވޭވައުދެއް ގެ ވާހަކަ ރިޔާސީ ކެޑީިޑޭޓުން ދައްކަވަން ޖެހެނީ . ލަވާހަލޭކަކުން އެރުވޭ ފޯރިއަކުން ވެސް ވޯޓެއް ވަކި އިތުރެއް ނުވާނެ . މުއިއްޒުގެ ވާހަކަ ތަކުގަ ޝައުޤުވެރި ކަމާ ރައްޔިތުންނަށް ހަމަޖެހުމާ އުފވެރިކަން ލިބޭނެ އެތައް ވާހަކަ އެއް ހިމެނޭ . އުއްމީދު ކުރަނީ ރައިސް ޔާމީން މިނިވަން ވުމަށް . އެއްމެން ވެސް ޓީވީ ތަކުން ބަލާއިރު މުއިއްޒު އަކީ އިލްމީ ތައުލީމީ ތަޖްރިބާ ލިބި ހުރި ބިނާ ކުރަނި ފިކުރުން އަރާހުންނެވި ކެޑީޑޭޓެއް.

  2. ބަލަން ތިބޭބަޔަކަށް ފެންނަނީ ޕީޕީއެމްގެ ލަޝްކަރުބޮޑުވެ ރިޔާސީކެޑިޑޭޓަށް ކުރާއިތުބާރު ބޮޑުވާތަން . ބިނާކުރަނިވި ވައުދު ތަކާއެކު . އަބަދު އިންޑިޔާސިފައިންގެ ވާހަކަ ދައްކައިގެން ހަމަ ޖައްސައެއް ނުލިވޭނެ ކެޑިޑޭޓަރ އަބަދު ދައްކަވަން ޖެހެނީ އިންޑިޔާސިފައިންގެ ވާހަކަ އެއް ނޫން . ރައްޔިތުން ނާ ކޮންމެ ޕޯޓިއަމެއްގައިންޑިޔާސިފައިންގެ ވާހަކަ ދައްކާކަށް ވަގުތެއް . ވައުދު ތަކުގެ ވާހަކަ ދައްކަން ނުޖެހޭމީހުން އިންޑިޔާސިފައިންގެ ވާހަކަ ދެއްކީމަ އެބައި ފޫބެއްދޭނެ . ރައްޔިތުންނާސީދާ ގުޅުންހުރި ވެވޭވައުދެއް ގެ ވާހަކަ ރިޔާސީ ކެޑީިޑޭޓުން ދައްކަވަން ޖެހެނީ . ލަވާހަލޭކަކުން އެރުވޭ ފޯރިއަކުން ވެސް ވޯޓެއް ވަކި އިތުރެއް ނުވާނެ . މުއިއްޒުގެ ވާހަކަ ތަކުގަ ޝައުޤުވެރި ކަމާ ރައްޔިތުންނަށް ހަމަޖެހުމާ އުފާވެރިކަން ލިބޭނެ އެތައް ވާހަކަ އެއް ހިމެނޭ . އުއްމީދު ކުރަނީ ރައިސް ޔާމީން މިނިވަން ވުމަށް . އެއްމެން ވެސް ޓީވީ ތަކުން ބަލާއިރު މުއިއްޒު އަކީ އިލްމީ ތައުލީމީ ތަޖްރިބާ ލިބި ހުރި ބިނާ ކުރަނި ފިކުރުން އަރާހުންނެވި ކެޑީޑޭޓެއް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު