ދިއްދޫ ސިޓީއަކަށް ހަދާނަން: އިލްޔާސްގެ ވައުދު

ހއ. ދިއްދޫ ސިޓީ އަކަށް ބަދަލު ކޮށްދިނުމަށް، ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވައުދުވެވަޑައިގެންފިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، 2023 ގެ ރިޔާސީ އިންތިހާބަށް ކުރައްވާ ކެމްޕެއިން ދަތުރުގައި ހއ. ދިއްދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
އިލްޔާސް ވިދާޅުވީ ބޮޑު އާބާދީއެއް އޮތް ރަށެއް ކަމަށާއި ދިއްދޫގެ ބިމުގެ ޖާގަ އިތުރުކޮށް، މީހުން އިތުރުކޮށް “އެޓްރެކްޓް” ކުރުމަށް އާބަން ސެންޓަރެއް އަޅައި ދެއްވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ޑިމޮކްރެޓްސްގެ ވެރިކަމެއްގައި ދިއްދޫ ސިޓީއަކަށް ހެދުމަށް ކުރަންޖެހޭ ކަންކަން ކުރައްވާނެކަމަށެވެ.

މީގެ އިތުރުން މާލޭގައި ދިރިއުޅޭ މީހުން އެހެން ރަށް ރަށަށް ބަދަލު ކުރުމަކީ އެނާގެ ސިޔާސަތެއް ކަމަށާއި، ބޮޑުތިލަދުންމަތީގައި އާބަން ސެންޓަރުތަކެއް ހެދުމަށް ކުރަންޖެހޭ މަސައްކަތްތަށް ފަށައިފާ ވާކަމަށާއި ދިއްދޫގައި ވެސް މި މަސައްކަތުގެ ޕްރޮގްރާމުތައް ހިންގާނެކަމަށް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ ދިއްދޫގައި ވަޒީފާތައް އިތުރުކުރުމަށްތަކައި ގެންނަން ޖެހޭ ބަދަލުތައް ގެނެސްދެއްވާނެ ކަމަށެވެ. އަދި އެނާ ވިދާޅުވީ މާލޭގެ މިނިސްޓްރީ ތަކުގައި ހުރި ވަޒީފާތައް އެ ސަރަހައްދަށް ވަދަލުވާން ޖެހޭ ކަމަށެވެ.

ދެން މި ސިޔާސަތުގެ ދަށުން އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތްކަތަކަށް ވެގެންދާނީ އާމްދަނީ ލިބޭ ހުރިހާ ފަރާތްތަކެއް ގައުމީ ޕެންޝަން ސްކީމުގައި ހިމެނުމެވެ. މީގެ ކުރިން ހުވަދޫއަށް ކުރެއްވި ދަތުރުފުޅުގައި ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު ވަނީ މި ސްކީމުގައި މަސްވެރިން ހިމަނުއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަމަށް ހިނގާ ހަރަދު ސަރުކާރުން ހަމަޖައްސާނެ ކަމަށް ވައުދުވެވަޑައިގެންނެވި އެވެ.

މެނިފެސްޓޯގައި ބުނާގޮތުން، "އާމްދަނީއެއް ލިބޭ ކޮންމެ މީހަކީ ޕެންޝަނާއި އަދި މާލީ އިދާރާތަކުން ފޯރުކޮށްދޭ އެންމެހައި ހިދުމަތްތަކަށް ޝަރުތުހަމަވާ ބައެއްކަމުގައި ހެދުން" އެއީ ޑިމޮކްރެޓުންގެ ވައުދެކެވެ.

ވަކިވަކި ސިނާއްތަކަށް ބަލާއިރު، ޑިމޮކްރެޓުންގެ މެނިފެސްޓޯގައި ވަނީ މަސްވެރިކަމުގެ އެކި މަސައްކަތްތަކާއި އެކި ބާވަތްތަކުގެ ދަނޑުވެރިކަމާއި ފަތުރުވެރިކަމަށް ހާއްސަ އިސްކަމެއް ދީފަ އެވެ. ހާއްސަކޮށް ރާއްޖޭގެ ހުރިހާ ރަށަކީ ލޯކަލް ޓުއަރިޒަމަށް ފަހިވެފައިވާ ރަށަކަށް ހެދުމަށް ޑިމޮކްރެޓުން ވާނީ ވައުދު ވެފަ އެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު