ޝެއިޚް ޒައިދު، ޑރ ވަޙީދަށް: ތިޔަ ދައްކަވަނީ، ލަދުވެތި ވާހަކައެއް

ޕީޕީއެމްގެ ކެންޑިޑޭޓަކަށް ވާން ބޭނުންފުޅުވެގެން ޕީޕީއެމްގައި ހުންނެވި ވާހަކަ ދޭހަވާ ފަދަގޮތަކަށް، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ޕީޕީއެމްއިން ވަކިވެވަޑައިގެންނެވި ސަބަބު ހާމަ ކުރައްވައިފައި ވަނިކޮށް، ޝެއިޚް ޢަލީ ޒައިދު، ޑރ. ވަޙީދަށް ރައްދެއް ދެއްވައިފިއެވެ.

ޝެއިޚް ޒައިދު ވިދާޅުވީ، އަމިއްލަ މަސްލަޙަތު ޙިމާޔަތްކުރައްވަން ވާހަކަފުޅު ދެއްކެވުމަކީ ލަދުވެތި ކަމެއް ކަމަށެވެ.

"ޑރ.ވަހީދު! މަނިކްފާނު އަމިއްލަފުޅަށް ތިޔަ ހާމަކުރައްވަނީ އަމިއްލަފުޅު މަޞްލަޙަތު ޙިމާޔަތްކުރަން އުޅުނުވާހަކަ! އަދި އެކަން ނުވީމާ އެކަމުގެ ނުރުހުންތެރިކަން އޮތް ވާހަކަ! ޖޭޕީގެ ކެމްޕެއިން ޖަލްސާއެއްގައި ޖޭޕީއަށް ކެމްޕެއިން ކޮށްދެއްވުމުގެ ބަދަލުގައި ތިޔަ ދައްކަވަނީ އަޑުއަހަން ލަދުވެތި ވާހަކައެއް!"

ޝެއިޚް ޒައިދު ވިދާޅުވިއެވެ.

ޝެއިޚް މިހެން ވިދާޅުވެފައި މިވަނީ، ރޭ ކުޅުދުއްފުށި ސިޓީގައި ބޭއްވި ޖުމްހޫރީ ޕާޓީ ރިޔާސީ ކެމްޕޭންގައި ޖަލްސާގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ރިޔާސީ ޓިކެޓް ބޭނުންފުޅުވެގެން ހުންނެވި ކަމަށް އިޝާރާތްކުރައްވާ ޑރ. ވަޙީދު ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ.

ޕީޕީއެމްއިން ވަކިވެވަޑައިގަތުމަށް ފަހު ޑރ. ވަހީދު ވަނީ ޖުމްހޫރީ ޕާޓީއަށް ސޮއި ކުރެއްވުމަށް ފަހު އެ ޕާޓީއާއެކު މަސައްކަތް ކުރައްވަމުންނެވެ.

ރޭ ކުޅުދުއްފުށި ސިޓީގައި ބޭއްވި ޖުމްހޫރީ ޕާޓީ ރިޔާސީ ކެމްޕޭންގައި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. ވަހީދު ވިދާޅުވީ އެމަނިކުފާނު މިއޮތް ހުރިހާ ދުވަހުވެސް ހުންނެވީ ރައީސް އަބްދުﷲ ޔާމީންއާއެކު ޕީޕީއެމްގައި ކަމަށެވެ. އެހެން ނަމަވެސް ޕީޕީއެމްއިން ވަކިވެ ވަޑައިގަތީ މަޖުބޫރުވެގެން ކަމަށާއި، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ އެއްވެސް ބޭފުޅަކަށް ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ނުކުތުމުގެ ފުރުސަތު ނުދިނުމުން ކަމަށް ޑރ. ވަޙީދު ވިދާޅުވިއެވެ.

"އަޅުގަނޑު އުއްމީދުކޮށްގެން ހުރީ އެ ފުރުސަތު ލިބިދާނެ ކަމަށް. ރައީސް ޔާމީންއަށް ކުރިމަތިނުލެވޭ ހިނދެއްގައި. ޕާޓީ ތެރޭގައި އޮތީ ތިން އޮޕްޝަނެއް ކަނޑައަޅާފައި. ޕްލޭން އޭ އަކީ ރައީސް ޔާމީން މިނިވަންވެވަޑައިގެން ނުކުމެވަޑައިގަތުން [އިންތިހާބަށް]. ޕްލޭން ބީގައި އޮތީ [ރައީސް ޔާމީން] އަށް ނުކުމެވޭ ހިނދެއްގައި ޕީޕީއެމްގެ އެެހެން ކެނޑިޑޭޓެއް ނެރުން. ދެން އަޅުގަނޑު ހުރީ އެ އުއްމީދުގައި. ދެން އޮތީ ޕްލޭން ސީ. ޕްލޭން ސީގައި އޮތީ ޕްލޭން ބީ މަސައްކަތް ނުކޮށްފިއްޔާ ޕީއެންސީގެ ކެނޑިޑޭޓަކު ނެރެން. ވަގުތު ލިބުނު. ރައީސް ޔާމީން އެންގެވި ގޮތަކަށް ނޫން ކަން ހިނގާދިޔައީ. ރައީސް ޔާމިން އެންގެވީ ތިމަންނައަކަށް ދެން ނިކުމެވަޑައެއް ނުގެންނެވޭނެޔޭ. ދެން ބޮއިކަޓް ކުރާކަށް ވެސް ގަސްތެއް ނުކުރަމޭ. ދެން ޕީޕީއެމްއިން ކެނޑިޑޭޓެއް ނެރޭށޭ. ނުރެވިއްޖިއްޔާ ޕީއެންސީގެ ކެނޑިޑޭޓަށް ވެސް ތާއިދު ކުރާނަމޭ.". ރައީސް ވަހީދު ވިދާޅުވި އެވެ.

ޕީޕީއެމްގައި 10 އަހަރު ވަންދެން މަސައްކަތް ކުރިއިރު އެމަނިކުފާނަށް އެއްވެސް އިހުތިރާމެއް ނެތި އަދި އެއްވެސް ބަލާލުމެއް ނެތި ކަންކަން ކުރުމުން އެ ޕާޓީގެ ހުންނަން ބޭނުންފުޅުނުވީ ކަމަށް ޑރ. ވަހީދު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ޕީޕީއެމް ކުދިން އަނެއް ފަހަރު މަނިކުފާނު ލަދުގަން ނަވަރު ކަމެއް ކުރަން ބޭނުން ނުވީ .

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު