Saturday, 13 April 2024

ފާރިސްގެ ކެމްޕެއިން ޖަގަހަ މާލޭގައި ހުޅުވައިފި

އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓް އަޙްމަދު ފާރިސް މައުމޫންގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ޖަގަހަ، ރޭ މ.ވިކްޓްރީ ހައުސްގައި ފާރިޝްގެ ހުޅުވައިފިއެވެ.

މި ޙަރަކާތުގައި އެމްއާރްއެމްގެ ލިޑަރޝިޕްގެ އިތުރުން، ފާރިސްއަށް ތާޢީދުކުރައްވާ ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މިރޭ މ.ވިކްޓްރީ ހައުސްގައި ފާރިޝްގެ ކެމްޕެއިން ޖަގަހައެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފާރިޝް ވިދާޅުވީ، އެ މަނިކުފާނުގެ ސަރުކާރެއްގައި އެންމެ އާދައިގެން ދިރިއުޅެމެއް އުޅެމުން އަންނަ ރައްޔިތުންނަންވެސް ޚާއްސަ ސަމާލުކަމެއް ދީގެން އެފަރާތްތަކަށް އަޅާލައްވާނެ ކަމުގައެެވެ.

 

ނުރަސްމީ ނުވަތަ އަމިއްލައަށް އާމްދަނީ ހޯދުމަށް މަސައްކަތް ކުރާ ފަރާތްތަކުން ވެސް އެ ލިބޭ އާމްދަނީން ޕެންޝަން ސްކީމުގައި ބައިވެރިކުރާނެ ކަމަށާއި، މިވަގުތު އިޤްތިސާދީ ޤާނޫނީ ހަމަތައް އެކުލަވާލެވިފައި އޮންނަ ގޮތުން އަމިއްލަ މަސައްކަތުން ގޭގައި ތިބެގެން އާމްދަނީ ހޯދަމުން އަންނަ ފަރާތްތަކަށް ބޭންކްތަކާއި ހަމައިން މާލީ އެހީތެރިކަން ލިބުމުގެ ފުރުސަތު ފަހިވެފައި ނެތްކަމުގައެވެ.

މި ޙަރަކާތުގައި އެމްއާރްއެމްގެ ނައިބު ރައީސާ އާމިނާތު ނާދިރާ ވިދާޅުވީ، ބިންވެރިޔާ ސްކީމްގެ ދަށުން މިހާރު ސަރުކާރުން ދޫކުރަމުންދާ ގޯތިތައް ދޫކުރުމުގައި އިންސާފުވެރިކަމެއް ނެތްކަމަށާއި، ނިކަމެތީން އަދި ތިބެންޖެހިފައިވަނީ ނިކަމެތީންގެ ގޮތުގައި ކަމަށެވެ.

" ގޯތި ދިނުމުގެ ކަންތައް ނިމިގެންދިޔައިރު، 98 ޕޮއިންޓް ލިބުނު މީހާއަށް ގިރާވަރު ފަޅު. އަށް ކުދިން ނުވަ ކުދިންގެ ޢާއިލާއަށް ގިރާވަރު ފަޅު. ކޮން ދުވަހަކުންތޯ މި ކުދިންނަށް ގެއަށް ވަދެވޭނީ. ކޮބާތޯ އިންސާފަކީ؟"

ނާދިރާ ވިދާޅުވިއެވެ.

މީގެ އިތުރުން ފާރިޝް ވަނީ ފްރީލާންސް މަސައްކަތް ކުރާ ފަރާތްތަކަށްވެސް ބޭންކް ތަކާއި ސަރުކާރު މެދުވެރިވެރިކޮށް މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.

"އިޞްލާޙީ ބަދަލުތަކުގެ ސަބަބުން ގެންނަ އިޤްތިޞާދީ އިންގިލާބު" މިއީ އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނޭ ވަޢުދެކެވެ.

  • ސަރުކާރުތަކުގެ މެނިފެސްޓޯއާއި ސިޔާސަތުތަކާއި، ތަރައްޤީގެ މަޝްރޫޢުތަކަކީ ޤައުމީ ތަރައްޤީގެ ޕްލޭންގެ ލަނޑުދަނޑިތަކާ އެއްގޮތަށް އެކުލަވާލާ ޑޮކިޔުމަންޓްތަކެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ދިގުރާސްތާގެ ޤައުމީ ތަރައްޤީގެ ޕްލޭނެއް އެކުލަވާލައި, ރައްޔިތުންގެ ރިފަރެންޑަމްއަކުން ފާސް ކުރުން.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *