Saturday, 15 June 2024

ގޯތި ބަހަން ގުރު ނެގުމުގައި މަކަރެއް ނުހަދާނެ: މިނިސްޓްރީ

މާލޭ ސަރަހައްދުން ގޯތި ބެހުމަށް ސަރުކާރުން ކުރިއަށް ގެންދާ ބިންވެރިޔާ ސްކީމްގެ ގުރު ނެގުމުގެ އިންތިޒާމް ހަމަޖައްސާފައި ވަނީ އެންމެ ދެފުށް ފެންނަގޮތަށް ރައްޔިތުންނަށް ކަންކަން ސާފުވާ ގޮތަށް ކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ވަކި ބަޔަކަށް ހުޅުމާލެ އިން ގޯތި ލިބޭ ގޮތައް ގުރުއަތު ނެގުން ސަރުކާރުން ކުރިއަށް ގެންދާ ކަމުގެ ތުހުމަތުތައް ކުރެވި، އެކަމުގެ ޝަކުވާ ކުރަމުންދާ މިދަނޑިވަޅުގައި، ހައުސިންގ މިނިސްޓްރީގެ ޑިރެކްޓަރު މުހައްމަދު އާރިފް މީޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވީ ގުރުއަތު ނެގުމަށް ފޮށިތަކުގައި ބޭނުން ކުރަމުން އަންނަ ކަރުދާހަކީ އާދައިގެ އޭފޯ ކަރުދާސްކަމަށާއި އަދި ފޮށިތަކުގައި ބޭނުން ކުރަމުން އަންނަ ގަނޑުކޮޅުތަކަކީ ފުރަތަމަ ދުވަހުން ފެށިގެން ފޮށްޓަށް އެޅުނު ކަރުދާސްކަމަށާއި، އެއްވެސް ބަދަލެއް ފޮށްޓަށް އައިސްފައި ނުވާނެކަމަށެވެ.

ކޮންމެ ރެޔަކުވެސް ފޮށި ބަންދުކޮށް ސީލްކުރަނީ އެރެޔެއްގައި އެންމެ ފަހުން ގުރުއަތު ނެގުމަށް ހާޒިރުވެ ތިބި މީހުންގެ ކުރިމަތީގައި ކަމަށާއި އެޔަށްފަހު ރޭގަނޑުގެ ވަގުތުގައި ފުލުހުން އަންނާނީ މި ފޮށިތަކުގެ ސެކިޔުރިޓީ ބަލަހައްޓަމުންކަމަށްވެސް އާރިފް ވިދާޅުވިއެވެ.

"ބަންދު ކުރަނީ އެވަގުތު ތިބި ބައެއްގެ ހާޒިރުގައި އަދި ސީލްވެސް ކުރާނެ. އަދި އަނެއް ދުވަހު ފޮށި ކެނޑުމާ ހަމައަށް ފުލުހުންނާއި މުވައްޒަފުން ފޮށި ބަލަހައްޓާނެ،"

އޭނާ ވިދާޅުވި އެވެ.

އާރިފް ވިދާޅުވީ، ގުރުއަތުލުމުގައި ވަކި ބަޔަކަށް ވަކި ތަނަކުން ލިބުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެކަމަށާއި، ވަކި ތަނަކުން، ވަކި މީހަކަށް ނުދެވޭނެ. އެފަދަ އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށެވެ.

ގުރުއަތުލުމުގެ ޕްރޮސެސް ރަގަޅަށް ބައްލަވާލެއްވުމުން އެއްވެސް ކަހަލަ އޮޅުވާލުމެއް ނެތްކަން ފާހަގަވެގެންދާނެ ކަމަށާއި، ފޮށި ބަންދުކުރުމަށްފަހުވެސް މިކަހަލަ ކަމެއް ހިނގުމުގެ ފުރުސަތު ނޯންނާނީ ފުލުހުން ފުރިހަމަ ސެކިޔުރިޓީއެއް ތަން ބަލަހައްޓަމުން ގެންދާތީ ކަމަށްވެސް ވިދާޅުވިއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ކުރިއަށް މިދާ ގުރުނެގުން ފެށުނު އިރުވެސް ރައްޔިތުންގެ އޮތް އިތުބާރާއި އެކީ އެކަންތަށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، މިކަމާ ގުޅޭ އިތުރު މައުލޫމާތުތަށް ގުރުނަގާ ނިމުމުން މީޑިޔާތަކަށް ދޭނެކަމަށާއި، އަދި ބިންތަކުގެ ރަޖިސްޓްރީއާއި ބެހޭ މައުލޫމާތުވެސް ގުރުނެގުމަށްފަހު ދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު