ނޭމާ މިއަދު ސައުދީއަށް، އެ ޤައުމުން ހޫނު މަރުޙަބާއެއް!

ބުރެޒިލްގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ނޭމާ، އަލްހިލާލްއާ ގުޅުމަށްޓަކައި، މިއަދު ސައުދީޢަރަބިއްޔާއަށް ގޮސްފިއެވެ.

ނޭމާ އަލްހިލާލްއާ ގުޅުމަށް ނިންމުމުން މީޑިއާތަކުގެ ސަމާލުކަމަށް ވަރަށް ބޮޑަށް އައެވެ. އަދި އޭނާގެ ގިނަ ސަޕޯޓަރުންނަށް، ކުއްލި ސިހުމެއް ލިބުނު ކަމުގައިވިޔަސް އޭނާގެ އެ ނިންމުމަށް މަރުޙަބާ ކިޔާފައިވެއެވެ.

ކިިންގ ޚާލިދު އިންޓަރނޭޝަނަލް އެއާޕޯޓަށް ނޭމާ ފޭބިއިރު، އޭނާ ވަނީ އަލްހިލާލްގެ ސްކާފެއް އަޅާފައެވެ. އޭނާގެ އެއާޕޯޓަށް ފޭބި މަންޒަރު ބެލުމަށްޓަކައި، ދިހަހާސްއަށްވުރެ ގިނަ ސަޕޯޓަރުން ދިޔައީ، އޭނާ ދަތުރު ކުރަމުން ދިޔަ މަތިންދާބޯޓުގެ "ރިއަލްޓައިމް ޓްރެކިން" ބަލަމުންނެވެ.

ނޭމާ އަލްހިލާލްއަށް ސޮއިކުރާކަން އިއުލާންކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އޭނާ އެކަން އިޢުލާން ކުރި ވީޑިއޯ ހަތަަރު ސަތޭކަ ސައްވީސް މިލިއަނަށް ވުރެ ގިނަ ސަޕޯޓަރުން ސޯޝަލް މީޑިއާގައި ބަލަމުން ދިޔައެވެ.

އޭނާ އަލްހިލާލްއަށް ގުޅުމަކީ އަލް ހިލާލްގެ ސަޕޯޓަރުންނަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. އަދި ނޭމާގެ 10 ނަންބަރު ޖެހި ޖާރޒީ ގަތުމަށްޓަކައި އެތައް ހާސް ބަޔަކު ފިހާރަތަކަށް ޖަމާވިއެވެ. އަދި އެމީހުންދަނީ، ސައުދީ ޕްރޯގައި ރަނގަޅުކުޅުމެއް ދައްކާނެ ކަމަށް ވަރަށް ބޮޑަށް އުއްމީދުކޮށް އެކަމުގެ ޝުޢޫރުތައް ފާޅުކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު