7 ފެބުރުވަރީ 2025

ރާއްޖޭގައި ބޭރު ގައުމެއްގެ ސިފައިން އެބަތިބި، އެއީ މައްސަލައެއް: ޤާސިމް

ރާއްޖޭގެ ގިނަ ސަރަހައްދުތަކުގައި ބޭރު ގައުމެއްގެ ސިފައިން ތިބިކަން އެއީ އޮޅިފައި އޮތް ކަމަށް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އަތޮޅުތެރޭގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި، ށ. ކަނޑިތީމަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަދައްކަވަމުން ވިދާޅުވީ، އެމަނިކުފާނު ހުންނެވީ ކޮންމެހެން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ގޮތަކަށް ނޫންކަމަށާއި، ގިނަ އަދަދެއްގެ އާންމު ރައްޔިތުން ފޯނުން ގުޅައި ކުރި އާދޭހުގެ ސަބަބުން ވެރިކަމާ ކުރިމަތިލައްވަން މަޖުބޫރުވެވަޑައިގަތީކަަމަށާއި، ފޯނުން ގުޅި ރައްޔިތުންވަނީ އެމަނިކުފާނުގެ އަރިހުގައި ގައުމަށް ދިމާވެފައި ހުރި ގިނަ މައްސަލަތަކެއް ހައްލުކޮށްދެއްވުމަށް އެދިފައެވެ.

އޭގެތޭރޭގައި، ޗާގޯސް ރަށްތަކުގެ ސިޔާދަތީ ބާރުވެރިކަން މޮރިޝަސްއަށް އޮތް ކަމަށް ރާއްޖެއިން އެއްބަސްވެ ބަންޑާރަނައިބު މެދުވެރިކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އެ ގައުމުގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީގެ މައްސަލައަކީ އެއް މައްސަލަ ކަމަށް ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ، ރާއްޖޭގެ ގިނަ ސަރަހައްދުތަކުގައި ބޭރު ގައުމެއްގެ ސިފައިން ތިބިކަން އެއީ އޮޅިފައި އޮތް ކަމަށް ނޫން ކަމަށް ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ، އެމަނިކުފާނު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަނީ ރައްޔިތުންނާ ގުޅުން ހުރި މިފަދަ ކަންކަމަށް ހައްލު ހޯއްދަވައިދެއްވައި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކުރުމަށް ކަމަށެވެ.

ޖޭޕީގެ މެނިފެސްޓީގައި، ރާއްޖޭގެ ކަނޑުގެ ސަރުޙައްދު ރައްކާތެރިކޮށް ބެލެހެއްޓުމަށާއި، ކަނޑުގެ ސަރަޙައްދު ބަލަހައްޓަން ނޭވީއެއް އުފައްދައި، ސިފައިންނާ ފުލުހުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމަށާއި، ސިފައިންނާ ފުލުހުން އަބުރުވެރިކަމާއެކު އުޅެވޭނެ ގޮތް ހެދުމަށާއި، ބޭރުގެ އަސްކަރީ ބޭސްއެއް ރާއްޖޭގައި ޤާއިމުކުރުމުގެ ފުރުޞަތެއް ނުދިނުމަށާއި، ރާއްޖެއިން ގެއްލިފައިވާ ކަނޑުގެ ސަރަޙައްދު އަނބުރާ ހޯދަން މަސައްކަތް ކުރުން ހިމެނެއެވެ.

އަތޮޅުތެރެއަަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ޤާސިމްގެ އަރިހުގައި، އެމަނިކުފާނުގެ ތަރުޖަމާން ޢަބްދުﷲ އަމީނާއި، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ޖޭޕީ ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރ އަހުމަދު ނިހާނާއި ސްޕެޝަލް އެޑްވައިޒަރ އަޒްލީން އަހުމަދާއި ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދާއި، އެނޫންވެސް ޖޭޕީގެ އިސް ސަފުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު