Thursday, 20 June 2024

ގޯތި ދޭން ސަރުކާރުން ހިންގަނީ، ނުބައި ސްކޭމެއް: ނަޝީދު

ބިންވެރިޔާގެ ސްކީމުގެ ދަށުން ގުޅީފަޅު ހިއްކައިގެން ގޯތި ދޭން މި ސަރުކާރުން ކުރަން އުޅޭ ކަމަކީ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ހިންގަވާ ޕޮންޒީ ސްކޭމަށް ވުރެ ނުބައި ސްކޭމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން މިރޭ ޑިމޮކްރެޓްސްއިން ބޭއްވި ރިޔާސީ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
"އެކަނޑުން ބޮސްކާލިސް ބިން ހިއްކުމުގެ މަސައްކަތް ކުރާ ކުންފުންޏަށް ނެގޭނެ ކަމަށް ވަނީ އެ މީހުން 80 މީޓަރު އަޑިންވެސް ފަސް ނަގާ.، އެހެން ނަމަވެސް ފަސް ނަގާފައި މި އަޅަންވެސް ޖެހެނީ އަނެއްކާ 20 މީޓަރު ހިކެންދެން، މިއީ އެއްވެސް އިރެއްގައި ދެކޮޅު ޖެހޭ ވާހަކައެއް ނޫން. އަޅުގަނޑު ދަންނަވާނީ މިއީ އަލްހާން ފަހުމީގެ ޕޮންޒީ ސްކޭމަށް ވުރެ ނުލަފާ ކަމެކޭ ރާވައިގެން" ރައީސް ނަޝީދު ވިދާޅުވިއެވެ.
ހަމަ އެހެންމެ ގޯތި ދޭން ގުޅީފަޅު ހިއްކިދާނެކަމާމެދު ވެސް ރައީސް ނަޝީދު ވަނީ ސުވާލު އުފައްދަވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ މާލޭގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ކަމަކީ ބޯހިޔާވާވަހިކަން ކަން ރިޔާސީ އިންތިހާބަށް ކުރިމަތިލާ ކޮންމެ ކެނޑިޑޭޓަކަށް ވެސް އެނގޭ ކަމަށެވެ.

"ގުޅީ ފަޅުގައި 25 މީޓަރު އެބަހުރި. އެ ފަޅުގެ ފުންމިން. 2010 ވަނަ އަހަރު ގުޅީފަޅު ހިއްކި. އޭގެ އެއް ބައި. ހިއްކުމަަށް ފަހުގައި ފާހަގަވީ އަދި ހިއްކަމުން ދިޔައިރުވެސް ފާހަގީވީ ހަގީގަތަކީ އޭގެ ފުންމިނަށް ހިއްކުމުގައި ހުރި އަގު. އާންމު ގޮތެއްގައި އެއް އަކަމީޓަރު ހިއްކުމަށް އެއީ ކޮޑި މީޓަރެއް ހިއްކުމަށް 20 ޑޮލަރު ހަރަދުވޭ. ގުޅިފަޅުގައި އެބަހުރި 20 މީޓަރު. އެހެންވީމާ 20 މީޓަރުން އަޑިއަށް 20 ގުނަ ގުޅީ ފަޅުގެ ކޮންމެ އަކަ މީޓަރެއްގެ ބިން އަގު ބޮޑުވެގެން އެބަދޭ އާދައިގެ ހާލަތުގައި ހިއްކާ ތަންތަނަށް ވުރެ.".

ނަޝީދު ވިދާޅުވިއެވެ.

ގުޅީ ފަޅުން ބިން ހިއްކާފައި ދޭނެ ގޯތީގެ އަދަދު މިހާތަނަށް އާންމުކޮށްފައިވާ ހިސާބުގައި ފެންނާކަށް ވެސް ނެތް ކަމަށާއި، އެހެން ނަމަވެސް ގޯތި ތަކެއް ދޭނެ ކަމަށް ބުނެ ޗާޓުތަކަށް ނެރެފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ގޯތި ދޭން އެތަން ހިއްކަންވެސް ގިނަ އަދަދެއްގެ ވެލިވެސް ބޭނުންވާ ކަމަށާއި އަދި އެ ވެލި ހުރީ  އަލި ހުރަސް ކަނޑުގައި އެކަނި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު