ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީ ރައީސް މުޙައްމަދު ނަޝީދާއި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު، މިއަދު ނ. އަތޮޅަށް ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.
ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާފައިވާ އިލްޔާސް ލަބީބަށް ތާޢީދު ހޯއްދެވުމަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާ އިރު، މިދަތުރު ކުުރުމަށް ހަމަޖެހިފައިވަނީ މި ހިނގާ އޯގަސްޓް މަހުގެ 20 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށެެވެ.
ޑިމޮކްރެޓިކް ކެންޑިޑޭޓް @ilyas_labeeb ނ. އަތޮޅަށް ރައީސް @MohamedNasheed
އާއި އެކު ވަޑައިގަންނަވަނީ.
20-23 August.#WeTheDemocrats #IlliAmr2023 pic.twitter.com/KLoe8JO1Jf— Ahmed Shareef (@shareef710) August 20, 2023
ދަ ޑިމޮކްރެޓްސް ކެމްޕެއިންގައި، އެ ޕާޓީގެ ރަނިން މޭޓްވެސް ދަނީ އަތޮޅު ތެރޭގެ ރަށްތަކަސް ވަޑައިގަންނަވަމުންނެވެ. އެގޮތުން، ބ. އަތޮޅުގެ ރަށްތަކަށް ޢަމްރު ޒިޔާރަތްކުރައްވަމުން ދާއިރު އެދަތުރު ފެއްޓެވީ ބ ކިހާދޫއިންނެވެ. އެދަތުރުގައި ޢަމްރު އާއެކު ޑިމޮކްރެޓްސްގެ އިސް ލީޑަރ އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުالله ވެސް ދަނީ ބައިވެރިވެވަޑައި ގަންނަވަމުންނެވެ.
ޑިމޮކްރެޓްސްގެ މެނިފެސްޓޯގައި ހިމެނޭނެ އެންމެ މުހިންމު ސިޔާސަތެއް ކަމުގައި ވަނީ އެ ޕާޓީ އުފެދުމުގެ ކުރިންވެސް ޕާޓީގެ އިސް ބޭފުޅުން އެންމެ ބޮޑަށް ވަކާލާތު ކުރުމުންއައި ލާމަރުކަޒު ކުރުމުގެ ސިޔާސަތަށެވެ. އެ ޕާޓީގެ ސިޔާސަތުގައިވާ ގޮތުން މާލެގައި އޮތް ތޮއްޖެހުން ކުޑަކޮށް އަމިއްލަ ރަށުގައި އާއިލާއާއެކު ހިތްހަމަޖެހިގެން ދިރިއުޅުމަށް ބޭނުންވާ އެންމެ މައިގަނޑު އެއް ތަނބަކީ، މަރުކަޒީ ސަރުކާރުގެ އަތްދަށުގައި އޮތް ބާރުތައް ލާމަރުކަޒުކޮށް، އެ އަތޮޅެއްގެ ބަޔަކަށް ނުވަތަ ރަށުގެ ބަޔަކަށް ދިނުމެވެ.
އެގޮތުން، މި ސިޔާސަތުގެ ދަށުން ޑިމޮކްރެޓުންގެ ސަރުކާރެއް ތަރުތީބުވެގެން އަންނާނީ ރަށްތަކުގެ އިހުތިސާސު ކޮންމެ ރަށަކަށް ކަށަވަރުކޮށްދީ، އަތޮޅުތަކުގައި ހިމެނޭ އެންމެހާ ގުދުރަތީ ވަސީލަތްތަކުގެ މިލް އެ އަތޮޅަށް ލިބޭނެގޮތަށް ގެނެވޭ ގާނޫނީ އިސްލާހަކާއެކު އެވެ. އެ އިސްލާހާއެކު މަސައްކަތްތަކާއި، އާބާދީއާއި، ވަޒީފާތަކާއި، މުވައްޒަފުންނާއި، އިމާރާތްތަކާއި ހިންގުމުގެ ބާރުވެސް ގާނޫނުގެ ދަށުން ލާމަޒުކުރެވޭނެއެވެ.