Monday, 07 October 2024

ރިޔާސީ އިންތިޚާބު: ވޯޓުލުމުގެ ޙައްޤު އޮތް 282،395 މީހުން ފައިނަލް ލިސްޓްގައި

އަންނަ މަހު އޮންނަ ރިޔާސީ އިންތިހާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ދިން މުއްދަތަށް ފަހު، ފައިނަލް ލިސްޓު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ގެޒެޓްކޮށްފިއެވެ.

ފައިނަލް ލިސްޓުގައިވާ ގޮތުން، އަންނަ މަހު ނުވަ ވަނަ ދުވަހު އޮންނަ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 282،395 މީހަކަށް ލިބޭއިރު، މީގެ ތެރެއިން 27،000 އަށް ވުރެ ގިނަ މީހުންނަކީ 18 އަހަރު ފުރުމާއެކު އަލަށް ވޯޓު ލެވޭ ޒުވާނުންނެވެ.

ފައިނަލް ލިސްޓު ނެރުމުގެ ކުރިން އީސީގެ ނައިބު އިސްމާޢީލް ހަބީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި ލިސްޓަށް ދެން ކޯޓު އަމުރަކުން ނޫނީ ބަދަލެއް ނުގެނެވޭނެކަމަށެވެ

"މި ފައިނަލް ލިސްޓަކީ، އިސީގެ ވެބްސައިޓުގައި ދުވަހުން ދުވަހަށް އާންމުކުރަމުން، ސިޔާސީ ޕާޓީތަކާ ލިސްޓު ހިއްސާކުރުމުގެ އިތުރުން، ޝަކުވާއަށް ހުޅުވައި، ޝަކުވާގެ މުއްދަތުގައި ލިބުނު ޝަކުވާތަކަށް ވެސް ރިއާޔަތްކޮށްގެން، ފައިނަލް ކުރެވިފައިވާ އެންމެފަހުގެ ލިސްޓު،"

ހަބީބު ވިދާޅުވިއެވެ.

މި އިންތިހާބުގައި 574 ވޯޓު ފޮށި ބަހައްޓާނެ އެވެ. އެއީ މާލެ ސަރަހައްދުގައި އެކަނި ވެސް 176 ފޮށި ބަހައްޓަން ނިންމާފައި ވާއިރު ރާއްޖޭން ބޭރުގެ ފަސް ގައުމެއްގައި އަށް ފޮށި ބަހައްޓާނެ އެވެ.

އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ އިންތިހާބުގައި އެއްވެސް ކެންޑިޑޭޓަކަށް، ސައްހަ ވޯޓުގެ 50 ޕަސެންޓަށް ވުރެ ގިނައިން ނުލިބިއްޖެ ނަމަ ދެ ވަނަ ބުރެއްގެ ވޯޓުލުން 30 ވަނަ ދުވަހު ބާއްވާނެ އެވެ. އެ ބުރުގައި ވާދަކުރާނީ ފުރަތަމަ ބުރުން އެންމެ ގިނައިން ވޯޓު ލިބިފައިވާ ދެ ކެންޑިޑޭޓުންނެވެ.

އިންތިހާބުގައި އަށް ކެންޑިޑޭޓަކު ވާދަކުރައްވާއިރު މިއީ މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ރިޔާސީ އިންތިހާބެއްގައި ވާދަކުރާ ފަހަރެވެ. 8 ކެންޑިޑޭޓުން ވާދަކުރައްވާ މި އިންތިޚާބުގައި އަމިއްލަ ގޮތުން 3 ކެންޑިޑޭޓުން ވާދަކުރައްވާއިރުއިރު، 5 ކެންޑިޑޭޓުން ވާދަކުރައްވަނީ ޕާޓީތަކުގެ ޙައިސިއްޔަތުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު