މިދިޔަ ފަސް އަހަރުގެ ސީވީއަށް ބަލާއިރު ރައީސް އޮފީހުގެ ފޮޅާ ސާފުކުރާގެ މަގާމާށްވެސް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ޝަރުތު ހަމަ ނުވާ ކަމަށް ކުރީގެ ފޮރިން މިނިސްޓަރ އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބް ރައީސް ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ
ސަރުކާރާއި ދެކޮޅު ގިނަ އިސް ބޭބޭފުޅުން ގެންދަވަނީ ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ދޭން ނުޖެހޭ ސަބަބުތައް ހާމަ ކުރައްވަމުންނެވެ.
ދުންޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ސޯލިހްގެ މިދިޔަ ފަސް އަހަރުގެ ސީވީއަށް ބަލާއިރު، ރައީސްގެ މަގާމުގައި އިތުރުން، ރައީސް އޮފީހުގެ ފޮޅާ ސާފުކުރުމުގެ މަގާމަށްވެސް ޝަރުތު ހަމަ ނުވާ ކަމަށެވެ.
މި ޓްވީޓް ކުރައްވަމުން ދެން ދުންޔާ ފާހަގަކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެއްޓެވި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ މަސައްކަތުގެ ވާހަކައެވެ.
"އެއާޕޯޓުގެ ދެވަނަ ރަންވޭ ނިންމާފައި ދިނީމަވެ އޮޕަރޭޓު ކުރަން ނޭނގުނު، އެއާޕޯޓު ޓާމިނަލް ހަދަން ފައިސާއާ ތަކެއްޗާ ކުރެހުން ދިނީމަވެސް ނުނިމުނު". ދުންޔާ ވިދާޅުވިއެވެ.
https://x.com/dunyamaumoon/status/1692933438024937526?s=46&t=ySI7Fs7vBNecJDdNu41MBg
ދިގުމިނުގައި ގާތްގަނޑަކަށް 3،400 މީޓަރު އަދި ފުޅާ މިނުގައި 65 މީޓަރުގެ މި ރަންވޭއަށް ފުރަތަމަ ޓެސްޓް ފްލައިޓް ޖެއްސީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު 18 ވަނަ ދުވަހުއެވެ. އޭގެ ފަހުން 3 އަހަރު ވެގެން ދިޔައިރު ވެސް އާ ރަންވޭ ބޭނުން ކުރަން ފަށާފައެއް ނުވެއެވެ