ގޯތީގެ ގުރުއަތުގައި ބައިވެރިވެވިފައިނުވާ މީހުންނަށް އިތުރު ފުރުޞަތެއް މާދަމާ!

ގޯތި ލިބޭ ތަން ކަނޑައެޅުމަށް ނެގި ގުރުއަތުގައި، މިއަދުގެ ނިޔަލަށް ބައިވެރި ވެވިފައިނުވާ މީހުންނަށް ދޭ އިތުރު ފުރުޞަތުގެ ގުރު ނެގުން މާދަމާ ކުރިއަށްދާނެ ކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވެއްޖެއެވެ.

ހައުސިން މިނިސްޓްރީން ވިދާޅުވީ މިހާތަނަށް ގުރުއަތުލުން ކުރިއަށްގެންދިޔަ 5 ދުވަހު، ގުރުއަތު ނެގުމަށް ނާދެވުނު މީހުންނަށް އިތުރު ފުރުޞަތެއްދެއްވުމުގެ ގޮތުން މާދަމާ ހެނދުނު 10:00ގައި ގަލޮޅު ދަނޑުގައި ގުރުއަތުލުން ކުރިއަށްގެންދަވާނެކަމަށާއި، ބިން ލިބުނު މީހާއަށް ނާދެވޭނަމަ، ބަދަލުގައި އެހެން މީހަކުވެސް ފޮނުވިދާނެ ކަމަށާއި، އެހެން މީހަކު ފޮނުވާނަމަ ގެދޮރުވެރިޔާ ޕޯޓަލްގައި ރަޖިސްޓްރީކުރަންވާނެ ކަމަށެވެ. ގޯތި ލިބޭ ތަން ކަނޑައަޅާ ގުރުއަތަށް، އެމީހަކު ހާޒިރުވާންޖެހޭ ތަނާއި ވަގުތު، ގެދޮރުވެރިޔާ ޕޯޓަލްއިން ބެލޭނެއެވެ.
މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ކުރިއަށްގެންދާ "ބިންވެރިޔާ" ސްކީމްގެދަށުން ގޯތި ލިބުނު މީހުންނަށް، ގޯތި ލިބޭ ތަން ކަނޑައެޅުމުގެ ގުރުއަތު ނެގުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.
ބިންލިބުނު މީހާ ނުވަތަ ބަދަލުގައި މީހަކު ނުފޮނުވާ މީހުންގެ ގުރުއަތު ނެގުމަށް ހަމަޖެހިފައިވަނީ، މީޑިއާގެ ކުރިމަތީގައި މިނިސްޓްރީގެ އޮފިޝަލުން ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ.

ބިންވެރިޔާ ސްކީމްގެދަށުން 19000 އަށް ވުރެ ގިނަ މީހުންނަށް ގޯތި ލިބޭއިރު، އެއީ 9000 އަށް ވުރެ ގިނަ ޕްލޮޓެވެ. އެއީ ވަކިވަކި ފަރުދުންނަށް ލިބޭ ގޯއްޗާއި، ޖޮއިންޓް އުސޫލުން ގިނަމީހުން ބައިވެގެން ލިބޭ ގޯތިތަކެވެ.

ގުރުއަތުނެގުމުގެ މަސައްކަތް 7-10 ދުވަހަށް ކުރިއަށްދާނެކަމަށް މިނިސްޓްރީން ވިދާޅުވެފައިވާއިރު، މިހާރު ވަނީ ގުރުއަތުނެގުމުގެ ބޮޑު ބައެއް ނިމިފައެވެ. އެގޮތުން 4000 އަކަފޫޓާ، 2450، 3250 އަދި 3650 އަކަފޫޓު ގޯތިލިބޭ ފަރާތްތަކުގެ ގުރުއަތުނެގުން މިހާރުވަނީ މުޅިން ނިމިފައެވެ. އެއީ ޖުމްލަ 847 ޕްލޮޓެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު