Wednesday, 22 May 2024

މިސަރުކާރުން ދިން ގޯތިތަކާއި ފްލެޓްތައް އަތެއްނުލާނަން: މުޢިއްޒު

މިސަރުކާރުން ދިން ގޯތިތަކާއި ފްލެޓްތައް އަތުނުލާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވަޢުދުވެވަޑައިގެންފިއެވެ.

ރިޔާސީ އިންތިޚާބުގައި ރައީސްކަމަށް ވާދަކުރައްވާ މާލޭ ސިޓީގެ މޭޔަރު ޑރ. މުއިއްޒު އަދި ނައިބު ރައީސްކަމަށް ފަރެސްމާތޮޑާ ދާއިރާގެ މަޖިލިސް މެންބަރު ޙުސައިން މުޙައްމަދު ލަޠީފްގެ ބޯހިޔާވަހިކަމުގެ ގެދޮރުވެރިކަމާއި އާރބަނައިޒޭޝަން ސިޔާސަތު މިރޭ ވަނީ އިއުލާން ކުރައްވާފައެވެ.

"މިސަރުކާރުން ދިން ގޯތިތަކާއި ފްލެޓްތައް އަތެއް ނުލާނަން، މީގެ އިތުރަށް ފުލެޓާއި ގޯތި ނުލިބި ތިބި މީހުންނަށް ހޯދައިދޭނީ."

މުޢިއްޒު ވިދާޅުވިއެވެ.

އެ ސިޔާސަތުގައި ކަނޑައަޅާފައިވަނީ ކުރިޔަށް އޮތް 20 އަހަރަށް އަމާޒުކޮށް ޤައުމީ ތަރައްޤީގެ މައި ތަނބުގެ ގޮތުގައި ގްރޭޓަރ މާލޭ ރީޖަން އިތުރަށް ތަރައްޤީކުރާއިރު 65 ހާސް ގެދޮރު ޔަޤީންވާނެގޮތަށް ކަންކަން ރާއްވަވާނެ ކަމަށެވެ. "އެކަމަށް (ގެދޮރުވެރިކަމަށް) އެދޭ އަދި ޝަރުތު ފުރިހަމަވާ 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ގޯއްޗެއް ނުވަތަ އެޕާޓްމަންޓެއް ކަށަވަރު ކޮށްދޭނަން." މުއިއްޒު ވިދާޅުވިއެވެ.

" ބިންވެރިޔާ ޕްރޮގްރާމުގެ ތެރެއިން ގޯތި ލިބޭނެކަމަށްބުނެ ލިބުނު ފަރާތްތަކުގެ ތެރެއިން އެކަމަށް އެދޭ ފަރާތްތަކަށް، ސަރުކާރުގެ ޚާއްޞަ ސްކީމެއްގެ ދަށުން، އެގޯތިތަކުގައި ގެދޮރު އިމާރާތްކޮށްދީ އެފަރާތަކަށް ލިބުނު ގޯތި، ނިމިފައިވާ އާ ގެއަކާއެކު، ޙަވާލުކުރެވޭނެ މަގުފަހިކޮށްދިނުމާއެކު، ދެވުނު ގޯއްޗަކީ ހުސްބިމެއް ނުވަތަ އަދި ނުހިއްކާއޮތް ފަޅެއްގެ ބައެއްގެ ގޮތުގައި އޮތުން ބަދަލުކޮށް، ގޯތި ލިބުނު ރައްޔިތުންނަށް ޤެދޮރުވެރިކަމުގެ ހަޤީޤީ އުފާވެރިކަން ކަށަވަރުކޮށްދިނުން." މެނިފެސްޓޯގައިވެއެވެ.

ރޭ ލޯންޗުކުރި، ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި، ގޯއްޗެއް ނުވަތަ އެޕާޓްމަންޓަކަށް އެދޭ އަދި ޝަރުތު ހަމަވާ 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ކަށަވަރު ކޮށްދިނުމާއި، ކުރިޔަށް އޮތް 20 އަހަރަށް އަމާޒުކޮށް، 65 ހާސް ގެދޮރު ޔަޤީންވާނެގޮތަށް، ޤައުމީ ތަރައްޤީގެ މައި ތަނބުގެ ގޮތުގައި ގްރޭޓަރ މާލޭ ރީޖަން އިތުރަށް ތަރައްޤީކުރުމާއި، އަލަށް ގެދޮރު އިމާރާތްކުރާ ހުރިހާ ފަރާތްތަކަށް، ފަސޭހައިން ދައްކާ ޚަލާސްކުރެވޭނެ ގޮތަށް، 5 އިންސައްތައިގެ އިންޓްރެސްޓް ރޭޓުގައި، ގެދޮރުވެރިކަމުގެ ބޭންކް ލޯނު ލިބޭނެ އިންތިޒާމު ފަހިކޮށްދިނުމާއި، ގެދޮރު އިމާރާތްކުރަން އަމިއްލަ ފަރުދުން ފަށާ، އެކި ސަބަބުތަކާހުރެ ކުރިއަށްނުގެންދެވި ހުއްޓިފައިހުރި މަސައްކަތްތައް ނިންމާލުމަށްޓަކައި ލުއި ބޭންކް ލޯނު ސްކީމެއް އަލަށް ތަޢާރަފުކުރުމާއި، މާލެއާއި، ހުޅުމާލެއާ، ވިލިމާލެއާއި އެއްގަމު މަގުން ގުޅިގެންދާގޮތަށް ގުޅީފަޅާއި، ގިރާވަރުފަޅު ހިއްކާ ތަރައްޤީކޮށް، ފުށިދިއްގަރުފަޅު ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމާއި، މާލެއާއި، ހުޅުމާލެއާ، ވިލިމާލެއާއި އެއްގަމު މަގުން ގުޅިގެންދާގޮތަށް ގުޅީފަޅާއި، ގިރާވަރުފަޅު ހިއްކާ ތަރައްޤީކޮށް، ފުށިދިއްގަރުފަޅު ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމާއި، ސޯޝަލް ހައުސިންގ ފޯރުކޮށްދޭ ޑިވެލޮޕަރުންނާއި އިންވެސްޓަރުންނަށް ބޭނުންވާ ފައިސާ، ކުޑަ އިންޓެރެސްޓް ރޭޓެއްގައި، ލިބޭނެ ގޮތް ހަމަޖެއްސުމަށް ޑިވެލޮޕްމަންޓް ބޭންކެއް ޤާއިމުކުރުމާއި، ގެދޮރުވެރިކަމަކީ ޤާނޫނު އަސާސީން ލިބިދޭ ޙައްޤެއްކަން ފުރިހަމައަށް ބަލައިގަނެ، އެކަން ކަށަވަރުކުރަން ޤާނޫނުތައް އެކުލަވާލުމާއި ސިޔާސަތުތައް ރާވާ، ތަންފީޒުކުރުމުގެ އިތުުރުން އެހެނިހެން މުހިއްމު ވަޢުދުތައްވެސް ހިމެނިފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *