ކުރީ ސަރުކާރުން ދީފައިވަނިކޮށް، މިސަރުކާރުން އަތުލި ފްލެޓް އަލުން ދޭނަން: ޑރ. މުޢިއްޒު

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ފްލެޓް ދީފައި ވަނިކޮށް މިސަރުކާރުން ފްލެޓް އަތުލި މީހުންނަށް ފްލެޓް އަނބުރާ ދޭން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވައުދު ވެއްޖެއެވެ.

މުއިއްޒުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު އިޢުލާންކޮށްފައިވާއިރު، މެނިފެސްޓޯގައި އޮތް އެއްވައުދަކީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ފްލެޓް ދީފައި ވަނިކޮށް، މިސަރުކާރުން ފްލެޓް އަތުލި މީހުންނަށް ފްލެޓް އަނބުރާ ދިނުމެވެ.

"2018 ގައި ޝާއިޢުކުރެވުނު ހިޔާ ފްލެޓުން އެޕާޓްމަންޓް ޙައްޤުވާ ފަރާތްތަކުގެ އަސްލު ލިސްޓުގައި ހިމެނި، އެހެންނަމަވެސް ނިމެމުން މިދާ ސަރުކާރުން ފްލެޓް ނުދީ އެލިސްޓުން އުނިކުރި ހުރިހާ ފަރާތްތަކަށް، އެންމެ އަވަހަށް ޤާއިމުކުރެވޭ ސޯޝަލް ހައުސިންގ މަޝްރޫޢުގެ ތެރެއިން ފްލެޓް ދިނުން."

މެނިފެސްޓޯގައިވެއެވެ.

މުއިއްޒުގެ ސަރުކާރުން ފުރަތަމަ ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުން އެފަރާތްތަކަށް ފްލެޓް ދޭނެ ކަމަށް މެނިފެސްޓޯގައި ވަނީ ހިމަނާފައެވެ.

މުއިއްޒު ވިދާޅުވީ އަލުން ފްލެޓް ދޭނެ ފަރާތްތަކުގެ ތެރޭގައި އަލަތު ކައިވެނި ފްލެޓާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ފްލެޓާއި އަދިވެސް މިސަރުކާރުން އަތުލި ހުރިހާ ފްލެޓެއް ހިމެނޭނެ ކަމަށެވެ.

މިރޭ ލޯންޗުކުރި، ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި، ގޯއްޗެއް ނުވަތަ އެޕާޓްމަންޓަކަށް އެދޭ އަދި ޝަރުތު ހަމަވާ 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ކަށަވަރު ކޮށްދިނުމާއި، ކުރިޔަށް އޮތް 20 އަހަރަށް އަމާޒުކޮށް، 65 ހާސް ގެދޮރު ޔަޤީންވާނެގޮތަށް، ޤައުމީ ތަރައްޤީގެ މައި ތަނބުގެ ގޮތުގައި ގްރޭޓަރ މާލޭ ރީޖަން އިތުރަށް ތަރައްޤީކުރުމާއި، އަލަށް ގެދޮރު އިމާރާތްކުރާ ހުރިހާ ފަރާތްތަކަށް، ފަސޭހައިން ދައްކާ ޚަލާސްކުރެވޭނެ ގޮތަށް، 5 އިންސައްތައިގެ އިންޓްރެސްޓް ރޭޓުގައި، ގެދޮރުވެރިކަމުގެ ބޭންކް ލޯނު ލިބޭނެ އިންތިޒާމު ފަހިކޮށްދިނުމާއި، ގެދޮރު އިމާރާތްކުރަން އަމިއްލަ ފަރުދުން ފަށާ، އެކި ސަބަބުތަކާހުރެ ކުރިއަށްނުގެންދެވި ހުއްޓިފައިހުރި މަސައްކަތްތައް ނިންމާލުމަށްޓަކައި ލުއި ބޭންކް ލޯނު ސްކީމެއް އަލަށް ތަޢާރަފުކުރުމާއި، މާލެއާއި، ހުޅުމާލެއާ، ވިލިމާލެއާއި އެއްގަމު މަގުން ގުޅިގެންދާގޮތަށް ގުޅީފަޅާއި، ގިރާވަރުފަޅު ހިއްކާ ތަރައްޤީކޮށް، ފުށިދިއްގަރުފަޅު ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމާއި، މާލެއާއި، ހުޅުމާލެއާ، ވިލިމާލެއާއި އެއްގަމު މަގުން ގުޅިގެންދާގޮތަށް ގުޅީފަޅާއި، ގިރާވަރުފަޅު ހިއްކާ ތަރައްޤީކޮށް، ފުށިދިއްގަރުފަޅު ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމާއި، ސޯޝަލް ހައުސިންގ ފޯރުކޮށްދޭ ޑިވެލޮޕަރުންނާއި އިންވެސްޓަރުންނަށް ބޭނުންވާ ފައިސާ، ކުޑަ އިންޓެރެސްޓް ރޭޓެއްގައި، ލިބޭނެ ގޮތް ހަމަޖެއްސުމަށް ޑިވެލޮޕްމަންޓް ބޭންކެއް ޤާއިމުކުރުމާއި، ގެދޮރުވެރިކަމަކީ ޤާނޫނު އަސާސީން ލިބިދޭ ޙައްޤެއްކަން ފުރިހަމައަށް ބަލައިގަނެ، އެކަން ކަށަވަރުކުރަން ޤާނޫނުތައް އެކުލަވާލުމާއި ސިޔާސަތުތައް ރާވާ، ތަންފީޒުކުރުމުގެ އިތުުރުން އެހެނިހެން މުހިއްމު ވަޢުދުތައްވެސް ހިމެނިފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު