Saturday, 13 April 2024

މުޢިއްޒުގެ މެނިފެސްޓޯ: ގެދޮރު އިމާރާތްކުރުމުގެ ޤައުމީ މަޝްރޫޢެއް

ވެރިކަން ލިބިވަޑައިގެންފިނަމަ، މިހާރުން މިހާރަށް ބޯހިޔާވަހިކަން އެންމެ ބޭނުންވެފައިވާ ރަށްތަކަށް ޚާއްޞަކޮށްގެން، ގެދޮރު އިމާރާތްކުރުމުގެ (ރޯހައުސް ނުވަތަ އެޕާޓްމަންޓް ވިޔަސް) ޤައުމީ މަޝްރޫޢެއް ހިންގަވާނެކަމަށް، އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގައި ރައީސްކަމަށް ވާދަކުރައްވާ މާލޭ ސިޓީގެ މޭޔަރު ޑރ. މުއިއްޒު އަދި ނައިބު ރައީސްކަމަށް ފަރެސްމާތޮޑާ ދާއިރާގެ މަޖިލިސް މެންބަރު ޙުސައިން މުޙައްމަދު ލަޠީފްގެ ބޯހިޔާވަހިކަމުގެ ގެދޮރުވެރިކަމާއި އާރބަނައިޒޭޝަން ސިޔާސަތު މިރޭ ވަނީ އިއުލާން ކުރައްވާފައެވެ.

"މިހާރުން މިހާރަށް ބޯހިޔާވަހިކަން އެންމެ ބޭނުންވެފައިވާ ރަށްތަކަށް ޚާއްޞަކޮށްގެން، ގެދޮރު އިމާރާތްކުރުމުގެ (ރޯހައުސް ނުވަތަ އެޕާޓްމަންޓް ވިޔަސް) ޤައުމީ މަޝްރޫޢެއް ހިންގާނަން."

މުޢިއްޒު ވިދާޅުވިއެވެ.

" ސިޔާސަތުގައި ކަނޑައަޅާފައިވަނީ ކުރިޔަށް އޮތް 20 އަހަރަށް އަމާޒުކޮށް ޤައުމީ ތަރައްޤީގެ މައި ތަނބުގެ ގޮތުގައި ގްރޭޓަރ މާލޭ ރީޖަން އިތުރަށް ތަރައްޤީކުރާއިރު 65 ހާސް ގެދޮރު ޔަޤީންވާނެގޮތަށް ކަންކަން ރާއްވަވާނެ ކަމަށެވެ. "އެކަމަށް (ގެދޮރުވެރިކަމަށް) އެދޭ އަދި ޝަރުތު ފުރިހަމަވާ 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ގޯއްޗެއް ނުވަތަ އެޕާޓްމަންޓެއް ކަށަވަރު ކޮށްދޭނަން."

މުއިއްޒު ވިދާޅުވިއެވެ.

މިރޭ ލޯންޗުކުރި، ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި، ގޯއްޗެއް ނުވަތަ އެޕާޓްމަންޓަކަށް އެދޭ އަދި ޝަރުތު ހަމަވާ 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ކަށަވަރު ކޮށްދިނުމާއި، ކުރިޔަށް އޮތް 20 އަހަރަށް އަމާޒުކޮށް، 65 ހާސް ގެދޮރު ޔަޤީންވާނެގޮތަށް، ޤައުމީ ތަރައްޤީގެ މައި ތަނބުގެ ގޮތުގައި ގްރޭޓަރ މާލޭ ރީޖަން އިތުރަށް ތަރައްޤީކުރުމާއި، އަލަށް ގެދޮރު އިމާރާތްކުރާ ހުރިހާ ފަރާތްތަކަށް، ފަސޭހައިން ދައްކާ ޚަލާސްކުރެވޭނެ ގޮތަށް، 5 އިންސައްތައިގެ އިންޓްރެސްޓް ރޭޓުގައި، ގެދޮރުވެރިކަމުގެ ބޭންކް ލޯނު ލިބޭނެ އިންތިޒާމު ފަހިކޮށްދިނުމާއި، ގެދޮރު އިމާރާތްކުރަން އަމިއްލަ ފަރުދުން ފަށާ، އެކި ސަބަބުތަކާހުރެ ކުރިއަށްނުގެންދެވި ހުއްޓިފައިހުރި މަސައްކަތްތައް ނިންމާލުމަށްޓަކައި ލުއި ބޭންކް ލޯނު ސްކީމެއް އަލަށް ތަޢާރަފުކުރުމާއި، މާލެއާއި، ހުޅުމާލެއާ، ވިލިމާލެއާއި އެއްގަމު މަގުން ގުޅިގެންދާގޮތަށް ގުޅީފަޅާއި، ގިރާވަރުފަޅު ހިއްކާ ތަރައްޤީކޮށް، ފުށިދިއްގަރުފަޅު ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމާއި، މާލެއާއި، ހުޅުމާލެއާ، ވިލިމާލެއާއި އެއްގަމު މަގުން ގުޅިގެންދާގޮތަށް ގުޅީފަޅާއި، ގިރާވަރުފަޅު ހިއްކާ ތަރައްޤީކޮށް، ފުށިދިއްގަރުފަޅު ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމާއި، ސޯޝަލް ހައުސިންގ ފޯރުކޮށްދޭ ޑިވެލޮޕަރުންނާއި އިންވެސްޓަރުންނަށް ބޭނުންވާ ފައިސާ، ކުޑަ އިންޓެރެސްޓް ރޭޓެއްގައި، ލިބޭނެ ގޮތް ހަމަޖެއްސުމަށް ޑިވެލޮޕްމަންޓް ބޭންކެއް ޤާއިމުކުރުމާއި، ގެދޮރުވެރިކަމަކީ ޤާނޫނު އަސާސީން ލިބިދޭ ޙައްޤެއްކަން ފުރިހަމައަށް ބަލައިގަނެ، އެކަން ކަށަވަރުކުރަން ޤާނޫނުތައް އެކުލަވާލުމާއި ސިޔާސަތުތައް ރާވާ، ތަންފީޒުކުރުމުގެ އިތުުރުން އެހެނިހެން މުހިއްމު ވަޢުދުތައްވެސް ހިމެނިފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *