ވިނަރެސް މަޝްރޫޢުން ފްލެޓް ލިބުނު މީހުންނާއި މިއަދު ތަޅުދަނޑި ހަވާލުކުރާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ބުނެފިއެވެ.
ތަޅުދަނޑި ހަވާލުކުރާނީ މިއަދު ހަވީރު، ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެކަމަށްޓަކާ ބާއްވާ ޚާއްސަ ރަސްމިއްޔާތެއްގެ ތެރެއިންނެވެ.
ވިނަރެސް މަޝްރޫޢުން ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓް މިއަހަރުގެ ފެބްރުއަރީމަހު، އެޗްޑީސީން އިޢުލާންކޮށްފައިވާއިރު، ވިނަރެސްއިން ފްލެޓް ލިބުނު މީހުންގެ އެގްރިމެންޓްގައި ސޮއިކުރުން ކުރިއަށްގެންދިޔައީ މިދިޔަ މަހުއެވެ.
ވިނަރެސް ހައުސިން މަޝްރޫޢަކީ ސަރުކާރުން އެޗް.ޑީ.ސީއާ ގުޅިގެން ކުރިއަށްގެންދާ މެދުފަންތީގެ ބޯހިޔާވަހިކަމުގެ މަޝްރޫޢެކެވެ. 13 ބުރީގެ 10 ޓަވަރު ހިމެނޭހެން ތަރައްޤީކޮށްފައިވާ ވިނަރެސް މަޝްރޫޢުގައި 1344 ފްލެޓު ހިމެނެއެވެ.
ވިނަރެސް ފްލެޓްގެ އަގު އުޅެނީ 2.52 މިލިއަނާއި 2.59 މިލިއަން ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. މި ފްލެޓްތަކަށް ދެ ގޮތަކަށް ފައިސާ ދެއްކުމުގެ ފުރުޞަތު ދީފައިވެއެވެ. އެއީ އެއްފަހަރާ ފައިސާ ދައްކައިގެން ފްލެޓް ގަތުން ނުވަތަ 20-25އަހަރަށް ބަހާލައިގެން މަހުން މަހަށް ފައިސާ ދައްކާ ނިންމާގޮތަށެވެ.
ވިނަރެސްގެ ޔުނިޓްތައް ހަވާލުކުރަނީ ފިނިޝިން ހުރިހާ މަސައްކަތްތައް ނިންމުމަށްފަހުގައި ކަމަށް މަޢުލޫމާތު ލިބެއެވެ.
މިމަޝްރޫޢުގައި މުޅިންވެސް ހިމެނެނީ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. މިމަޝްރޫޢުގެ ދަށުން ފްލެޓްތައް ޑިޒައިންކޮށްފައިވަނީ 4 ކޮންސެޕްޓަކަށެވެ. އެއީ އިނާ ވިއު، އައުޓާ ވިއު، މެރީނާ ވިއު އަދި ސްޓޭންޑާޑް ވިއު އެޕާޓްމަންޓްތަކެވެ. މެރީނާ ވިއު ފްލެޓްތަކުގައި ހިމެނެނީ 172 އެޕާޓްމަންޓެވެ. އައުޓާ ވިއުގައި 372 އެޕާޓްމަންޓް ހިމެނެއެވެ. އިނާ ވިއުގައި ހިމެނެނީ 352 އެޕާޓްމަންޓެވެ. އަދި ސްޓޭންޑާޑް ވިއުގައި 448 އެޕާޓްމެންޓް ހިމެނެއެވެ.
ހިޔާއިން ފްލެޓް ދޫކޮށްލި މީހުންނާއި، ސީލައިފްއާއި ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް ވިނަރެސް ފުލެޓުން ފުރުޞަތު ލިބިފައިވެއެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ތިފުލެޓް ތައް ލިބޭމީހުން ގެ ލިސްޓް ތައް ފެނިފަ ތިވަރުގެ އަގުބޮޑު ފުލެޓް ތަކަށް ޝަރުތު ހަމަ ކޮއް ފަ ހުރި ގޮތް ފެނިފަވެސް ތިއީ އިއުލާނު ކުރި ގޮތަކަށް ސަރުތު ކަޑައެޅި ގޮތަކަށް ދާކަމެއް ނޫން ކަން އެގޭ . ތިވަރަށް މަހުކުލި ނުވަތަ ސަރުކާރުގެ ވުޒާރާއެއްގަ މަސައްކަތް ކޮއް ތިވަރުގެ އާއްމުދަނީ އެއްލިބޭމީހުނެއް ނޫން ތިބީ ރައީސާ އެކު ފޮޓޯ ނަގާއެފްބީ ގަ ފޮޓޮ ޕްރޮފައިލްގަ ރައީސް ގެ ފޮޓޮ . ތިވެސް އިންސާފު ން ކުރާކަމެއް ކަމަކަށް ގަބޫލެއް ނުކުރެވޭ އެވަރުގެ ބޮޑެތި އަދަދު ތަކެއް ދައްކަން ނުޖެހޭނަމަ ކުރިމަތި ލާނެ އެތައް ބަޔަކު ތިބޭނެ މަހުކުލި ބޮޑު އަދަދަކުން ނުނަގާނެ ނަމަ . ތިވެސް އޮޅުވާލުމެއް . ދެން އޮތީ އަޅަމުން ދާކަމަށް ބުނާ ފުލެޓް ތަކުގެ ލިސްޓް އޭގަ ގެސް ގިނައީ ރައިސްގެ އަރިސް މީހުނާ އާއިލާގާތް މީހުން ނިކަމެތި އންތިހާއަށް މިމާލޭގަ ވަޒީފާ އަދާކުރަތީ ފުލެޓް ކަށަވަރު ވާން ޖެހޭއެތައް ބަޔަކު ކަޓް ވާލާފަ . ލިސްޓެއް ގަ ސަރުތު ހަމަވާނެ ކަމަށް ލިޔެފަވާތީ އެކަމަކަށް އުއްމީދު ކޮއްވޯޓް ލިބޭނެ ކަމަށް ލިސްޓް ނެރެލީ ދެން ލިބޭވޯޓަށް ބަލާ ކަށަވަރު ވާވޯޓް ތަކަށް ފުލެޓް ހަވާލު ކުރާނެ . އެހެން ވީމަ ގުޅާހަދާނީ . ދޭނަމޭ ބުނާބައެއްގެ ނަން އޮންނާނީ ލިސްޓްކުރެވިފަ . ކުރިން ވެސް ވިދާޅުވެއްޖެ 70 ހާސް މީހުން ތިބި ކަމަށް . ވޯޓަކީ ސިއްރުން ލެވޭއެއްޗަކަށް ވާއިރު މީހުން ގެ ވޯޓް ކައުންޓް ކުރުން . އެބަޔަކަށް އެއްމެންނަށް ހަމަހަމަކަން ގެނެސް ދެއްވާނެ ތަފާތު ކަމެއް ނެތި ހައްޤު ކަށަވަރު ކޮއްދޭނެ ވެރިއަކަށް ނަފްސަށް ދޮގު ނަަދާ ވޯޓް ދޭން ޖެހެނީ . ކުރިން ގުޅާހާ މީހަކަށް ދޭނަމޭ ބުނެ ނަފްސަށް އޮޅުވާލާ ހީލަތުން އެއްޗެހި ހޯދުން ވާނީ މަކަރުވެރި ކަމުގެ އިންތިހާ . އެހެން ވެ ބުނަނީ ނުގުޅާށެ . މިހާވަރަށް ގުޅާފަހަރެއް އަދި ނާދޭ . އަހަރުމެން ނުގުޅާއިރު ވޯޓް ހޯދަން ނުގުޅަބަލަ