ޑޮކްޓަރުންގެ ބަސް: ކޮފީ ބުއިމުން ލިބެނީ ކޮންކޮން ފައިދާއެއް؟

ކޮފީ ބުއިމުން އެތަކެއް ބައިވަރު ސިއްހީ ފައިދާތަކެއް ލިއްބައިދޭ ކަމަށް ދިރާސާތަކުން ދައްކައެވެ. ހަކުރާއި ކިރާއި އެއްކޮށްގެން ކޮފީގެ ރަހަ ރަނގަޅުވާ ކަމަށް ގިނަ ބަޔަކު ބުނެއެވެ. ނަމަވެސް ކުރިން މިބުނި ފައިދާތައް ލިއްބައިދެނީ ތާޒާ ކަޅުކޮފީ ބުއިމުން ކަމަށް ދިރާސާތަކުން ދައްކައެވެ. އެހެންކަމުން މަސްނޫޢީ ރަހަތައް އެކުލެވިފައިނުވާ ޤުދުރަތީ ތާޒާކަން އެކުލެވޭ ކޮފީ ބުއިމަކީ އެންމެ ރަނގަޅު ގޮތެވެ. އެއިން ލިއްބައިދޭ ގިނަގުނަ ފައިދާތެއް ލިބޭނީ އޭރުންނެވެ.

ކޮންމެދުވަހަކު ކޮފީ ބޯނަމަ އަހަރެމެންގެ ހަށިގަނޑަށް ގިނަގުނަ ފައިދާތައް ލިބޭނެއެވެ.

ޑައިބެޓިކްސް ދާއިރާގައި 31 އަހަރު މަސައްކަތްކޮށްފައިވާ، ހެލްތު ޕްރޮފެޝަނަލެއް ކަމަށްވާ ޖެނިފާ ކާޒް ބުނާގޮތުންނަމަ، ކޮފީގައި އެކުލެވިގެންވާ ކެފެއިންގެ ސަބަބުން ހަށިގަނޑަށް ހަކަތަ ލިއްބައިދޭ މިންވަރު އިތުރުކޮށްދެއެވެ. އެކަމުގެ ސަބަބުން ސިކުނޑިއަށް ހަމަޖެހުން ލިބި ސިކުނޑީގެ މަސައްކަތްތައް ރަނގަޅަށް ހިނގުމަށް ބާރު އަޅައެވެ. ކެފެއިންގެ ސަބަބުން ހަށިގަނޑުގައި ހުންނަ ސަރުބީ ވިރުވާލައި، ހަށިގަނޑުގައި މެޓަބޮލިކް ރޭޓް މަތިކޮށްދެއެވެ. އަދި ފެޓީ އެސިޓް އިތުރުކޮށްދީ ހެލިފެލިވުމަށް ފަސޭހަވެގެން ދެއެވެ.

ނިއުޓްރިޝަންގެ ދާއިރާގައި 15 އަހަރު މަސައްކަތްކޮށްފައިވާ މައިކަލް ކޮލެންގެލޯ ބުނެފައިވަނީ، ކޮފީ ބީންސް ބޭނުންކޮށްގެން ތައްޔާރުކުރާ ކޮފީގެ ސަބަބުން، ޑައިބެޓްސް – 2 ގެ އަސަރު ކުޑަކޮށްދެއެވެ. އެހެނީ ކޮފީގައި ހުންނަ ކްލޮރެގެނިކް އެސިޑަކީ ޑައިބެޓްސްގެ ރިސްކް ކުޑަކޮށްދޭ މާއްދާއެކެވެ. ގަވާއިދުން ކޮފީ ބުއިމަކީ ލިވަރ ކެންސަރާއި، ޕްރޮސްޓޭޓް ކެންސަރާއި، ކޯލޯން ކެންސަރުން ދުރުކޮށްދޭނެ ކަމެކެވެ.

ނިއުޓްރިޝަންގެ ދާއިރާގައި 7 އަހަރު މަސައްކަތްކޮށްފައިވާ ނެލްސަން އޮޒޯކްވް ބުނެފައިވަނީ، ކެފެއިން އަކީ އިންސިއުލިން ސެންސިޓިވިޓީގެ އަސަރު ކުޑަކޮށްދޭ އެއްޗެކެވެ. އެކަމުގެ ސަބަބުން ގުލްކޯޒުގެ މިންވަރު ހިފަހައްޓައިދީ ޑައިބެޓްސް-2 އިން ދުރުކޮށްދެއެވެ. ކޮފީއަކީ ޕްރޮސްޓޭޓް ކެންސަރުން ދުރުކޮށްދިނުމުގެ އިތުރުން އެންޑޯމެޓްރިއަލް ކެންސަރ ޖެހުމުން ދުރުކޮށްދޭ އެއްޗެކެވެ.

އެހެންކަމުން، ގުދުރަތީގެ ކޮފީގެ ފައިދާތައް ލިބެން ހުރުމާއެކު، ގަވާއިދުން ކޮފީ ބޭނުންކުރުމަކީ ޞިއްޙަތަށް ފައިދާ ހުރި ކަމެކެވެ. ކޮފީއަކީ ޖިސްމާނީ ބާރު އިތުރަށް ވަރުގަދަކޮށްދީ،  ބޭނުންތެރި އެތައް ނިއުޓްރިއެންޓެއް ލިއްބައިދީ،  ޓައިޕް 2 ޑައިބެޓީސް އިން ރައްކާތެރިކޮށްދީ،  ޑިޕްރެޝަން އިން ދުރުކޮށްދޭ އެއްޗެއްކަން ދިރާސާތަކުން ދައްކައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު