އެއާޕޯޓުން ފެނުނު ޑޮލަރުތަކެއްގެ ވެރިފަރާތް ހޯދަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފެނިފައިވާ ޑޮލަރުތަކެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ކުރައްވަމުން އެބަ ގެންދަވައެވެ.

މި ޑޮލަރުތައް ފެނިފައިވަނީ 2023 ޖުލައި 20 ވަނަ ދުވަހުގެ 18:28 އެހާކަންހާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިންޓަނޭޝަނަލް ޓަރމިނަލް ކަފިހިހުރަސް ސަރަހައްދުން ކަމަށާއި، މި ފައިސާތަކުގެ ވެރިފަރާތް ހޯދުމަށްޓަކައި ފުލުހުން މިހާތަނަށްކުރި މަސައްކަތުން މި ފައިސާތަކުގެ ވެރިފަރާތް ހޯދިފައިނުވާ ކަަމަށް ފުލުހުން ވިދާޅުވެއެވެ.

ފައިސާތަކުގެ ވެރިފަރާތުން، އެއާޕޯޓު ޕޮލިސްގެ ނަންބަރު 9400056 އަށް ގުޅުއްވައި، ކާކުކަން އެނގޭނެ ލިޔުމަކާއެކު އެއާޕޯޓު ޕޮލިހަށް ހާޒިރުވެ ފައިސާއާ ހަވާލުވެލެއްވުމަށް ފުލުހުން އެދެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު