25 ޖަނަވަރީ 2025

ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ދީފިނަމަ ރައްޔިތުން ފެލާލާނެ، ނޫނީ ޤައުމު ވިއްކާލާނެ: ގާސިމް

ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ދެވަނަ ދައުރެއް ދީފި ނަމަ، ރައްޔިތުން އިތުރަށް ފެލާލާނެ ކަމަށާއި، ނުވަަތަ ޖެހޭނީ ރާއްޖެ ބޭރު ގައުމަކަށް ވިއްކާލަން ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު އަދި އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އަންނަ މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ށ. ފޭދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ޤާސިމް ވިދާޅުވީ މި ސަރުކާރުން ޓެކްސް އިތުރު ކުރަމުން ގޮސް، ދުނިޔޭގައި އެންމެ ބޮޑެތި ޤައުމުތަކުގައި ނަގަމުން އަންނަ އަދަދާ އެއްވަރު ވާން ދާއިރު އަދިވެސް ސަލާމަތެއް ނެތް ކަމަށެވެ.

"މި ހަމަ ވޯޓު ނިމުނީމަ، ރައްޔިތުންގެ މަޖިލިސް ނިމެންދެން ހުންނާނެ ކަން ނޭނގެ. އެ ހިސާބުން ދެން އަންނަ ޓެކްސްގެ ބިލް ބައްލަވަން ހުންނަވާ. ފެލާލާނެ، ބައްލަވަން ހުންނަވާ. ނޫނީ ގައުމު ވިއްކާލަން ޖެހޭ،" ރައްޔިތުންގެ މަޖިލިހުގެ މާމިގިލީ ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ ގާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވި ގޮތުގައި ރައީސް ޞާލިހް ވެރިކަމަށް ގެނައުމަށްޓަކައި ވަކި ގައުމެއްގެ ބަޔަކު ތިބީ ފެންބޮވައިގެންފައި ކަމަށެވެ. އެމަނިކުފާނު މިހެން ވިދާޅުވިއިރު، އިންޑިއާ ސިފައިން ހަނިމާދޫގައި ތިބި ކަމަށް އެމަނިކުފާނު ކުރިން ވަނީ އިޝާރާތްކުރައްވާފައެެވެ.

ޤާސިމް ވިދާޅުވީ މާދަމާ ވެސް ރާއްޖެ ދޫކުރައްވައި އޭނާ އެހެން ގައުމަކަށް ވަޑައިގަތުމުގެ ތަނަވަސްކަން އޮތް ކަމުގައި ވިޔަސް، ދިވެހިން ތިބެން ޖެހޭނީ ބައެއްގެ އަޅުންނަށް ވެގެން ކަމަށެވެ. އެހެންވެ، އެކަމުން ސަލާމަތްވުމަށް ރައްޔިތުން މަސައްކަތް ކުރެއްވުމަށް ވެސް ޤާސިމް އިލްތިމާސް ކުރެއްވިއެވެ.

ޤާސިމް ވިދާޅުވީ، އެހެން މީހަކު މި ގައުމަށް ކުރިއެރުމެއް ގެންނަން މަސައްކަތްކޮށްފިނަމަ، އެކަމާ ހަސަދަވެރިވެ، ތިމާ ނޫން މީހަކު އެކަން ކުރުވިޔަ ނުދޭން މަސައްކަތްކުރާ ވެރިންތަކެއް މި ގައުމުގައި އެބަތިބި ކަމަށެވެ.

ދައުލަތުގެ ދަރަނީގެ ހާލަތާމެދު ކަންބޮޑުވުން ފާޅު ކުރައްވައި ޤާސިމް ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބު ކޮންމެ ބޭފުޅަކު ކާމިޔާބު ކުރެއްވި ނަމަވެސް، ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެ އެންމެ ބޮޑު ކަމަކަށް އޮންނާނީ 2026 ވަނަ އަހަރުގެ ނިޔަލަށް އެއް ބިލިއަން ޑޮލަރުގެ ދަރަންޏެއް ދައްކަން ޖެހުމެވެ.

އެހެންވެ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި  ވޯޓު ދިނުމުގައި ކުޑަ ޕާޓީއެއް ނުވަތަ ބޮޑު ޕާޓީއެއް ބަލަން ނުޖެހޭނެ ކަމަށާއި، ދިވެހިން ބޭނުން ވަނީ އަމާނާތްތެރިކަމާ އެކު ކަންތައްތައް ކޮށްދެއްވާނެ ވެރިއެއް ކަމަށް ވެސް ޤާސިމް ވިދާޅުވިއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ޢިތުރަށް ވިއްކާނެ ތަނެއް ނެތެއް ނޫންބާ މިރާއްޖޭގެ އެކިތަންތަނުގައި ތިބި އިންޑިއާ ސިފައިން މިގައުމުގެ އަންހެންދަރިން ރޭޕްކުރިޔަސް މީހުން މެރިޔަސް ދިވަހި ސަރުކާރަށް ކުރެވޭނެ ކަމެއް ނެތް އަންނިގެ ވެރިކަމުގަ ހަދާފަ އޮތް އެގްރީމަންޓްގަ ބުނަނީ ރާއްޖޭގަ ތިބޭ އިންދިއާ ސިފައިން އެފަދަ ޢަމަލެއް ހިންގައިފިނަމަ އެމީހުންގެ މައްސަލަ ރިޕޯރޓްކުރަން ޖެހޭނީ މިރާއްޖޭގަ ހުންނަ އިންޑިއަން ހައިކޮމިޝަންއަށް ކަމަށް. މައްސަލަ ބަލާ ފިޔަވަޅު އަޅާނީ އެތަނުން ކަމަށް. ޥަރުގަދަ ބާރެއް ދީފަ އޮތީމަތާ ޔާމީނުގެ ވެރިކަމުގަ ވިސާ އިތުރުކޮށް ނުދިނީ މަވެސް އާލާތްގަނޑު ފައިބައިގެންް ނުދިޔައީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު