7 ފެބުރުވަރީ 2025

ޕަންކާޖްގެ ބައްޕަ ޕަންޑިތް މަރުވެއްޖެ

ޕަންކާޖް ޓްރިޕަތީގެ ބައްޕަ ޕަންޑިތް ބަނަރަސް ތިވާރީ ނިޔާވެއްޖެއެވެ.

ޕަންކާޖްގެ ބައްޕަ މަރުވި ޚަބަރުލިބުމާއެކު އޭނާ އުޅޭ ސަހަރު، ގޮޕަލްގަންޖް ބިހަރަށް ދިޔައެވެ.

އޭނަގެ ބައްޕަ ޕަންޑިތް ބަނަރަސް ތިވާރީއަކީ ޕްރިއެސްޓެއްގެ ގޮތުގައި މަސައްކަތްކުރަމުންދިޔަ އަދި ޕަންކާޖްގެ މަންމަ ގާތު ގައި ދަނޑުވެރިކަމުގެ މަސައްކަތް ކުރަމުން ދިޔަމީހެކެވެ. ޕަންޑިތް މި ދުނިޔެއާ އަލްވަދާއުކިޔާފައި ވަނީ އުމުރުން 99 އަހަރުގައެވެ.
ދާދިފަހުން މައްޝޫރު ޚަބަރު ފަތުރާ ވަސީލަތަކުން ނެގި އިންޓރަވިޔުއަކުން ކުރި ސުވާލަކަށް ޖަވާބުދެމުން ޕަންކާޖް ބުނެފައިވަނީ،

"އަހަރެންގެ ބައްޕަ ބޭނުންވަނީ އަހަރެން ޑޮކްޓަރަކަށް ވާން. އަހަރެން މި ދިރިއުޅޭ އަވަށް، ބިހާރުގައިހުންނަ ގޮޕަލްގަނީގައި ދިރިއުޅޭ މީހުންނަން ހަމައެކަނި އެނގެނީ އެންމެ ދެ ވަޒީފާ. އެއީ އިންޖިނިއަރިންނާއި، ޑޮކްޓަރީކަން. އަހަންނަކީ ދަނޑުވެރިކަން ކުރާމީހެއްގެ ދަރިއެއް. އަހަރެން މިއުޅޭ ހިސާބަކީ ވަރަށް ފަގީރު ހިސާބެއް، މިތަނުގަ ރަނގަޅަށް މަގެއްވެސް އަދިހެދިފައެއް ނުވޭ."

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު