ޤައުމީ ޔުނިވަރސިޓީން ބާއްވާ ތެވެލި ބައިނަލް އަޤްވާމީ ކޮންފަރެންސް މިއަދު ނިމޭނެއެވެ. މިއީ މި ކޮންފަރެންސް ބާއްވާ ހަ ވަނަ ފަހަރެވެ. މި އަހަރުގެ ޝިޔާރަކީ "ރިސަރޗް ފޯރ އިންފޯމް ޕޮލިސީ ޑިސިޝަންސް" އެވެ.
މި ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒުނާ އަޙްމަދެވެ.
2023 އޮގަސްޓު މަހުގެ 21 އިން 22 އަށް ބާއްވާ ތެވެލި ބައިނަލްއަޤްވާމީ ކޮންފަރެންސަކީ މިފަދަ 6 ވަނަ ކޮންފަރެންސެވެ. މި ކޮންފަރެންސްގެ ތީމަކީ "ރިސާޗް ފޮރ އިންފޯމްޑް ޕޮލިސީ ޑިޒިސަން" އެވެ.
މި ކޮންފަރެންސްގެ ޒަރީއާއިން އެކި ދާއިރާތަކުގެ ތަޖުރިބާކާރުންނާއި ލީޑަރުންނަށް މުހިންމު މައުޟޫޢުތަކަށް މަޝްވަރާކޮށް މަޢުލޫމާތު ޙިއްޞާކުރުމުގެ މަގުފަހިވެގެންދާނެއެވެ.މި ކޮންފަރެންސްގެ ބޭނުމަކީ ކޮންފަރެންސްގައި ގުޅިގެން ކުރެވޭ މަޝްވަރާތަކުގެ އަލީގައި ހެކީގެ މައްޗަށް ބިނާވެފައިވާ ނިންމުންތައް ނިންމުމަށް ބާރުއެޅުމާއި އަދި އެންމެ އެކަށޭނަ ސިޔާސަތުތައް ކަނޑައެޅުމަށް މަގު ފަހިކުރުމެވެ.
ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ރަނގަޅު ސިޔާސަތުތައް އެކުލަވާލުމުގައި ދިރާސާކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެކަމަނާ ވަނީ ދިރާސާކުރުމަކީ ނިންމުންތައް ނިންމުމުގެ މަރުހަލާގެ އެންމެ މުހިންމު އަސާސްކަން ފާހަގަކުރައްވައި ދިރާސާއާއެކު އެކަމެއްގައި ހިމެނޭ އެންމެ އެކަށޭނަ މަޢުލޫމާތު ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކަށް ލިބިގެންދާނެކަން ފާހަގަކުރައްވާފައެވެ.
އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ތެވެލި 2023ގެ "އާރލީ ކެރިއަރ ރިސާރޗަރސް އެވޯޑްސް އަދި އައުޓްސްޓޭންޑިންގް ޕޭޕަރސް އޮފް ދަ ކޮންފަރެންސް" އެވޯޑް ހަވާލުކޮށްދެއްވާފައެވެ. މި އެވޯޑްތައް ދެވެނީ އެ ދިރާސާތައް ކުރި ފަރާތްތަކާއި އަދި އެދިރާސާއެއް ނިސްބަތްވާ ދާއިރާއަށް ލިބިގެންދާ ކުރިއެރުމާއި އެހީތެރިކަމުގެ އަގުވަޒަންކުރުމާއި އަދި ރަނގަޅު ސިޔާސަތުތައް ކަނޑައެޅުމަށް އެކަށޭނެ މައުލޫމާތު ހޯދުމަށް ދިރާސާގެ މުހިންމުކަން ފާހަގަކުރުމުގެ ގޮތުންނެވެ.
މި ކޮންފަރެންސްގައި 161 ދިރާސާ ކަރުދާސް ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި 18 ޤައުމެއްގެ 60 ބޭފުޅުން ހުށަހެޅި ކަރުދާސް ހިމެނެއެވެ. މިއީ ރާއްޖޭގައި ބާއްވާ ކޮންފަރެންސަކަށް އެންމެ ގިނަ ދިރާސާ ކަރުދާސް ހުށަހެޅި ފަހަރެވެ. މިއަދުގެ ރަސްމިއްޔާތުގައި އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް ފާހަގަ ކުރެއްވި ގޮތުގައި ރެކޯޑް އަދަދަކަށް ކަރުދާސް ހުށަހެޅުމަކީ އެއީ އެ ކޮންފަރެންސާމެދު އޮތް އިތުބާރު އެއް އަހަރުން އަނެއް އަހަރަށް ބޮޑު ވަމުންދާކަމުގެ ހެއްކެކެވެ.
ތެވެލި ކޮންފަރެންސަކީ ދިރާސާ ކުރުމާއި އެ ފަންނު ދިރުވައި އާލާކުރުމުގެ ގޮތުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކޮންފަރެންސެވެ.
މި ކޮންފަރެންސްގެ ތެރެއިން އިތުރު ސިންޕޯޒިއަމެއް ޔޫއެން 4ޑީއާރުއާރު އާއެކު ކުރިއަށް ގެންދާ ޑިޒާސްޓަރ ރިސްކް މެނޭޖްމަންޓް ޕްރޮޖެކްޓާ ގުޅޭ ގޮތުން ބާއްވާފައިވެއެވެ.
2050 ވަނަ އަހަރު މަސައްކަތުގެ މާޙައުލަށް އަންނާނެ ބަދަލާއި ގުޅޭގޮތުން "އިން ދަ އިޔަރ 2050: ހޫ ވަރކްސް ވެއަރ؟"ގެ ނަމުގައި ޕެނަލް ޑިސްކަޝަންއެއް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ޔޫއެންއެފްޕީއޭއާއި އެމްބީއެސްއާ އެމްއެންޔޫއާ ގުޅިގެން ރާއްޖޭގެ އާބާދީ ދަށްވަމުންދާ މައްސަލައަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަން ޕެނަލް ޑިސްކަޝަންއެއް ވެސް ބާއްވާފައިވެއެވެ.
ރިސާރޗް ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ދެ އެވޯޑެއް ވެސް މި ކޮންފަރެންސްގެ ތެއިން ވަނީ ދީފައެވެ. އެއީ " އަރލީ ކެރިއަރ ރިސަރޗް އެވަރޑް"ގެ ނަމުގައި އަލަށް ރިސާރޗް ހަދާ ދަރިވަރުންނަށް ދޭ އެވޯޑަކާއި ކޮންފަރެންސަށް ހުށަހަޅާ ދިރާސާ ކަރުދާސްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކަރުދާސްތައް ހުށަހެޅި ފަރާތްތަކަށް ދޭ "އައުޓް ސްޓޭންޑިން ޕެޕަރ އޮފް ދަ ކޮންފަރެންސް އެވަރޑް" އެވެ.