Saturday, 13 April 2024
ފާރިސް ނޫސްވެރިންނާ ބައްދަލުކުރައްވަނީ

ފައިސާ ދަބަސް ހިފައިގެން ވޯޓް ހޯދަން ނުދިއުމަށް ފާރިސް ގޮވާލައްވައިފި

ފައިސާ ދަބަސް ހިފައިގެން ވޯޓް ހޯދަން ރައްޔިތުން ކައިރިއަށް ނުދިއުމަށް މި އަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ފާރިސް މައުމޫން ގޮވާލައްވައިފިއެވެ.

ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫން ބޭއްވެވި ޕްރެސް ކޮންފަރެންސެއްގައި މިއަދު ވިދާޅުވީ ފައިސާ އާއި ވަޒީފާ ދީގެން އިންތިޚާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރާ ކެންޑިޑޭޓުން ހުއްޓުވުމަށް އެދޭ ކަމަށާއި، ފައިސާ އާއި ވަޒީފާ ދީގެން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާ ބޭފުޅަކަށް ޒިންމާ އަދާނުކުރެވޭނެ ކަމަށެވެ.

ފާރިސް ވިދާޅުވި ގޮތުގައި ވަކި ގޮތަކަށް ރައްޔިތުންގެ ވޯޓް ބައްޓަން ކުރުމުގެ ބޭނުމުގައި، ރައްޔިތުން ސިޔާސީ ފިކުރަކަށް ގެނައުމުގެ ބޭނުމުގައި ވަޒީފާގެ ފުރުސަތުތައް ބޭނުން ކޮށްގެން ވަޒީފާތައް ރައްޔިތުންނަށް ދޭން ހުށައަޅައި، ވަޒީފާގެ ބިރު ދެއްކުން ފަދަ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ.

"އަޅުގަނޑު ކުށްވެރިއެއް ނުކުރަން އާންމު ރައްޔިތުންނެއް، ކުށްވެރި ކުރަނީ ފައިސާ ހިފައިގެން އާންމު ރައްޔިތުން ކައިރިއަށް ވަޑައިގަންނަވާ ބޭފުޅުން"

ފާރިސް ވިދާޅުވިއެވެ.

ފާރިސް އިިތުރަށް ވިދާޅުވީ، ރައްޔިތުންނަށް ވަޒީފާ ދޭއިރު ރައްޔިތުން އުޅެނީ ކޮން ޕާޓީއެއްގައިތޯ ނުވަތަ ވޯޓް ދެއްވަނީ ކޮން ބޭފުޅަކަށްތޯ އަދި އާއިލާ މީހުންގެ ވޯޓް ހުރީ ކޮން ގޮތަކަށް ކަން ބަލާކަށް ނުޖެހޭނެ ކަމަށެވެ.

ވަޒީފާއަކީ އިންތިޚާބާ ދިމާކޮށް ވޯޓު ހޯދުމަށް ދޭންޖެހޭ އެއްޗެއް ނޫންކަމަށާއި، ވަޒީފާއަކީ އެމީހަކަށް ޙައްޤު ވަޒީފާއެއް އަދާ ކުރުމުގެ ފުރުޞަތު ހުރިހާ ރައްޔިތުންނަށް އޮންނަން ޖެހޭ އެއްޗެއް ކަަމަށް ފާރިސް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވާ ގޮތުގައި ރިޔާސީ އިންތިހާބުގެ ކެންޕެއިން ހަރަކާތްތަކުގެ ނަމުގައި މި ސަރުކާރުންނާއި ކުރީގެ ސަރުކާރުތަކުންވެސް ދައުލަތުގެ ބާރުތަކާއި ވަސީލަތްތައް ބޭނުން ކޮށްގެން ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވަން މަސައްކަތް ކުރައްވާ ކަމަށެވެ. އެހެންކަމުން، މިފަދަ އަމަލުތައް ހުއްޓުވުމަށް ރައްޔިތުންގެ ވެސް އެއްބާރުލުން ބޭނުންވާ ކަމަށް ފާރިސް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ ރައްޔިތުން މިފަދަ ކަންކަމުން އަރައިގަންނަން ބޭނުުންވާނަމަ، އެ ބޭފުޅުން އެ ހުންނެވީ ރައްޔިތުންނަށް އެ ބޭނުންވާ ހެޔޮ ބަދަލު އަދި ޤައުމަށް ބޭނުންވާ ތަރައްޤީ ގެނައުމަށް ތައްޔާރުވެގެން ކަމަށެވެ.

ފާރިސް ނޫސްވެރިންނާ ބައްދަލުކުރައްވާފައި މިވަނީ އެމަނިކުފާނުގެ ކެމްޕެއިން ޙަރަކާތްތަކުގައި ރައްޔިތުންނާ ބައްދަލުވުމުން، ރައްޔިތުންގެ ފަރާތުން ހުރި ކަންބޮޑުވުންތައް ޙިއްސާކުރެއްވުމަށެވެ. އެމަނިކުފާނުގެ ވާހަކަފުޅު ބައްޓަން ކުރައްވާފައިވަނީ، އިންތިޚާބާ ދިމާކޮށް ނާޖާއިޒު ފައިދާ ހޯދައި ވޯޓަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރަމުންދާތީ އެކަމުގެ ކަންބޮޑުވުން ހާމަކުރައްވައި އެކަންކަން ހުއްޓުވުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލުމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. މޑޕ ގެހޮބީއަކީ ވޯޓުމީހުންލާންދާއިރުވެސް ރިސްވަތުދަބަސްހިފާގެން އުޅޭނީރިސް ަތުދިނުމުގާ އެމީހުނަށްޖައްސާމައްދަލައެއްނޯވެ އެއީމާގަދަބައެއްރާޖޭގަ އެހެންނުވާނީ ވޯޓުގެމާމަރުކަޒުގަ ެސްތިބެނީރިސް ަތަށްގޮސްހުސް ެޗަތިބޭމީހުން ކިހިނެއްވާނީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *