7 ޑިސެންބަރު 2024

މުޢިއްޒުގެ ވަޢުދު: ކޮންމެ ރަށެއްގައި އެސްޓޯއިން ތެޔޮ ލިބޭނެ ނިޒާމެއް ޤާއިމްކުރާނަން

ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރެވިއްޖެނަމަ، ކޮންމެ އަތޮޅެއްގެ ރަށެއްގައި އެސްޓީއޯ އިން ތެޔޮ ވިއްކާނެ ނިޒާމެއް ޤާއިމުކުރައްވާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އައްޑޫ ސިޓީ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި މަރަދޫ އަވަށުގެ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މުއިއްޒު ވިދާޅުވީ މަސްވެރިކަމަކީ ރާއްޖޭގެ ރައްޔިތުންނާއި ގުޅިފައިވާ އެންމެ މުހިންމު ސިނާއަތް ކަމަށާއި، އެމަނިކުފާނުގެ މެނިފެސްޓޯގައި މަސްވެރިކަމަށް ބައެއް ކަންކަން ޚާއްސަކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ މަސްވެރިންނަށް ފަސޭހަކޮށް ތެޔޮ ލިބޭނެ ގޮތް އޭނާގެ ސަރުކާރެއްގައި ހަމަޖައްސައިދެއްވާނެ ކަމަށެވެ.

"ސަރުކާރުގެ މަސްކުންފުންޏައް ގެންނަން ޖެހޭ ބަދަލުތައް ގެނެސްގެން މަހުގެ އަގު 20 ރުފިޔާއަށް ހަމައަށް ބޮޑުކުރުން އެއީ ޓާގެޓަކީ. ދެވަނަ ކަމަކީ ކަންނެލި މަހުގެ އަގު ބޮޑުކޮށްދޭނަން. އޭ ގްރޭޑް ކަންކެލީގެ އަގު 100 ރުފިޔާއަށް ބޮޑުދެއްދޭނަން. އަދި ބީ ގްރޭޑް ކަންނެލީގެ އަގު 80 ރުފިޔާއަށް ބޮޑުކޮށްލަދޭނަން."

މުއިއްޒު ވިދާޅުވިއެވެ.

މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މެނިފެސްޓޯގައި ކުރިއަށް އޮތް ފަސް އަހަރުގައި ހުށަހަޅާ ސިޔާސަތުގެ ތެރޭގައި ވަރަށް އިސްކަންދޭ ކަމެއް ކަމަށް ވިދާޅުވިއެވެ.

" މަސްވެރިންނަށް މަސްވެރިކަމުން ލިބޭ އާމްދަނީ އާއި އުންމީދުތައް މި ފަސް އަހަރު ވަނީ މުޅިން ގެއްލިގެން ގޮސްފައި. ސަރުކާރުގެ ސިޔާސަތުތައް ހުރި ގޮތުން. އެހެންވީމަ އަޅުގަނޑުމެން ބޭނުންވަނީ މަސްވެރިންގެ ހައްގު މަގާމު އެ މީހުނަނށް ހޯދައިދޭން. އެކަން ކޮށްދިނުމަށްޓަކައި ބޮޑު އިސްކަމެއް ދީފައިވަނީ." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ރަށްރަށުގައި ތެޔޮ ވިއްކުމުގައި ޕްރައިވެޓް ސެކްޓަރުގެ ފަރާތްތަކުން އޮންނަނީ މޮނޮޕޮލައިޒްކޮށްފައި ކަމަށާއި، ކޮންމެ އަތޮޅެއްގައި ކަނޑައަޅާ ރަށެއްގައި މަދުވެގެން އެއް ރަށެއްގައި އެސްޓީއޯއިން އެންމެ އަސާސީ ރޭޓުގައި ތެޔޮ ލިބޭނެ ނިޒާމް ގާއިމްކޮށްދެއްވާނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު