ރާއްޖޭގެ ރަސްމީ ޑޮލަރު އެކްސްޗޭންޖު ރޭޓްގެ އަގު 25 ރުފިޔާއަށް މަތިކޮށް ދިވެހި ރުފިޔާގެ އަގު ދަށްކުރުމަށް އިންޑިއާއިން ދިވެހި ސަރުކާރަށް ލަފާދީފައިވާކަމަށް ބުނާ ހަބަރުތަކުގެ ޙަޤީޤަތް ރައްޔިތުންނަށް ހާމަކޮށްދެންޖެހޭކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެޑުވައިޒަރު އަދި ކުރީގެ ކުޅިވަރާބެހޭ ވަޒީރު ޑރ. އިރްތިޝާމް އާދަމް ގޮވާލައްވައިފިއެވެ.
ދިވެހި ފައިސާގެ ރަސްމީ އަގު ދަށްކޮށް ޑޮލަރުގެ އަގު ބޮޑުކުރަން އިންޑިއާއިން ލަފާދީފައިވާކަމަށްބުނެ ފެތުރޭ ޚަބަރުތަކާ ގުޅިގެން އެކަމަނާ ކުރެއްވި ޓްވީޓެއްގައި ވަނީ ޤައުމަށް ދިމާވެފައިވާ އިޤްތިސާދީ ހާލަތުގެ މައްޗަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ޑރ. އިރުތިޝާމް ވަނީ އިންތިހާބަށް އެންމެ 18 ދުވަހަށް ވެފައިވާއިރު ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމުމަކީ ވޯޓަށް ނުފޫޒު ފޯރުވުމުގެ އަަމަލެއްގެ ގޮތުގައި ސިފަކުރައްވައި މިހާރުވެސް ރައްޔިތުންގެ ބޮލުގައި އެއް ބިލިއަން ރުފިޔާގެ ދަރަނި އެޅިފައިވާއިރު ސަރުކާރުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުން ވަރުގެ ބޮޑު ހޭދައެއް އަނެއްކާވެސް ދައުލަތުގެ ބަޖެޓުން ކުރާނީ ކިހިނެތްތޯ ސުވާލު އުފައްދަވާފައެވެ.
🇲🇻🇲🇻🇲🇻🇲🇻Republicans – The Jumhooree Party 🗳️5 ✅
🚦Iyye mi Sarukaarun MDP Riyaasee Candidate re-elect vumah kuravvamungendhavaa campaign gai rayyithunge vote ah nufoozu foaru kuraa fadha nahama gothakah Riyaasee vote laan 18 dhuvas veema Sarukaaruge hurihaa muwazzafunge musaara… https://t.co/Xn3zP4rDJe
— Dr. Iru ( Iruthisham) Adam (@IruthishamAdam) August 22, 2023
މިއަދު އިވުނީ ދިވެހި ރުފިޔާގެ އަގު ދަށްކޮށްލައި ޑޮލަރު ގަންނަ އަގު 25 ރުފިޔާއަށް ބޮޑުކުރިކަމުގެ މައުލޫމާތުކަން ފާހަގަކުރައްވައި ޑރ. އިރުތިޝާމް ވިދާޅުވީ މިފަދަ މައުލޫމާތުތަކުގެ ޙަޤީޤަތް ރައްޔިތުންނަށް ސާފުކޮށްދެންޖެހޭކަމަށެވެ.
ރާއްޖޭގެ ރަސްމީ ޑޮލަރު އެކްސްޗޭންޖު ރޭޓްގެ އަގު 25 ރުފިޔާއަށް މަތިކޮށް ދިވެހި ރުފިޔާގެ އަގު ދަށްކުރުމަށް އިންޑިއާއިން ދިވެހި ސަރުކާރަށް ލަފާދީފައިވާކަމަށްބުނާ މައްސަލައިގައި ސަރުކާރުގެ ބަހެއް އަދި އާއްމުކޮށްފައެއް ނުވެއެވެ.
މިއަޑުތައް ފެތުރުފައިވާއިރު، ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު، އަނެއްކާ ވެސް އުފުލި، 18ރ. އަށް ވުރެ ވެސް މައްޗަށް އަރައިފިއެވެ. ކަޅު ބާޒާރުގައި މި ވަގުތު ޑޮލަރު ލިބެންހުރީ، 18.10ރ އާއި 18.30ރ. އާ ދެމެދުގަ އެވެ. ޑޮލަރުގެ އަގު 18ރ. އަށް ވުރެ މައްޗަށް އެރީ މިދިޔަ ހަފުތާގައެވެ. ޑޮލަރުގެ އަގު އެހާ ބޮޑަށް އުފުލުނީ، ނަގުދު ފައިސާ ނުވަތަ ކޭޝްގެ ގޮތުގައި ޑޮލަރު ލިބޭ ވަރު ވަރަށް ބޮޑަށް މަދުވުމުން ކަމަށް މަޢުލޫމާތު ލިބެއެވެ.
އާންމުކޮށް ޑޮލަރު ވިއްކާ ތަންތަނުން ޑޮލަރުގެ އަގު 18ރ. އިން މަތީގައި ހުރި ނަމަވެސް، ބޮޑެތި އަދަދުތަކުން ޑޮލަރު ގަންނަ ފަރާތްތަކަށް 17.90ރ. އާއި 17.95ރ. އާ ދެމެދުގެ އަގުތަކެއްގައި ޑޮލަރު ލިބެއެވެ. އެ ވިޔަފާރީގައި އުޅޭ ބިދޭސީންނަށް ވެސް ޑޮލަރު ލިބެނީ 18 ރުފިޔާ އިން މަތިން ކަމަށް މަޢުލޫމާތު ލިބެއެވެ.
ޑޮލަރުގެ އަގު ހަފްތާއެއް ތެރޭ ދަށް ނުވެއްޖެ ނަމަ، ދެން އަނެއްކާ ވެސް ޑޮލަރުގެ އަގު 18ރ. ގައި ހަރުލުމުގެ ފުރުސަތު އެބަ އޮތް ކަމަށް އޭނާ ބުންޏެވެ.
މިދިޔަ ބޮޑު ޗުއްޓީއާ ހައްޖު ދުވަސްވަރާ ދިމާކޮށް ޑޮލަރުގެ އަގު 18ރ. އަށް ވުރެ މައްޗަށް އެރި އެވެ. އެކަމަކު އޭގެ ދެ ހަފްތާ ވަރު ފަހުން ޑޮލަރުގެ އަގު 17.50ރ. އަށް ވެއްޓުނެވެ.
ޑޮލަރުގެ އަގު މިހާ މައްޗަށް އުފުލުނު ނަމަވެސް، ރާއްޖެ އަށް ޓޫރިސްޓުން އަންނަ އަދަދު ވަނީ އިތުރުވާން ފަށާއެވެ. އެކަމަކު، ބާޒާރުގައި ޑޮލަރު ދައުރުވާ ވަރު ވަރަށް ބޮޑަށް މަދު ކަމަށްވާތީ، ޑޮލަރުގެ އަގު އުފުލެނީ ކަމަށް ލަފާކުރެވެއެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ތިޕާޓީގެ މީހަކު ލައްވާ ބުނުވަބަލަ، އިންޑިޔާގެ ބޭހެއް ހަދަން އެއްބަސް ވެއްޖޭ، ދެން ކަނބޮލޮ އަރާބުނަނަވީތާ، މިކަމުގެ ހަގީގަތް ރައްޔިތުންނަށް ސާފުކޮށް ދޭން ގޮވާލަމޭ. މިކަހަލަ ވާހަކައެއް ފަތުރަން، ރަނގަޅުވާނީ، ޕީޕީ ކުދިން
ރާއްޖޭގަ ޑޮލަރު ވިއްކަން ވާ އަގު އިންޑިޔާއިން ކަނޑައެޅީމަ ، މީގެން އިނގެނީ މިވެރިކަމާއި މި ސަރުކާރު އަދި މި ޤައުމުގެ ހާލަތު މިހާރު އޮތް ނުރައްކާތެރި ހާލަތު. މި ބުރާންތި ނޫން އެހެން އެއްޗެއް މިހާރު މި ޤައުމަށް އެބަ ބޭނުންވޭ.