Tuesday, 18 June 2024

ހިތަދޫއާއި ހުޅުމީދޫ ގުޅުވައިދޭ 15 ކިލޯ މީޓަރުގެ ބުރިޖު އަޅައިދޭނަން: ޑރ. މުޢިއްޒު

ހިތަދޫ އާއި ހުޅުމީދޫ ގުޅުވައިދޭ 15 ކިލޯ މީޓަރުގެ ބްރިޖް އަޅައިދޭނެ ކަމަށާއި، ބްރިޖް އެޅޭ ބަޔަކާއި ވެރިކަން ޙަވާލު ކުރެއްވުމަށް އިދިކޮޅު ޕީޕީއެމް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ، އައްޑޫ ސިޓީ ހުޅުދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މުއިއްޒު ވިދާޅުވީ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ބްރިޖް އަޅައި ދައްކައިދީފައިވާ ކަމަށާއި، ބްރިޖް އެޅޭ ބަޔަކާ ވެރިކަން ޙަވާލު ކުރުމުން އެކަން ވާނެ ކަމަށެވެ.

"ރައްޔިތުން އެބަ ޖެހޭ ޙަޤީޤަތުގައި ގޮތެއް ނިންމަން، ބްރިޖް އަޅަންޏާ ބްރިޖް އެޅޭ ބަޔަކާއި ހަވާލު ކުރީމަ ދެއްތޯ އެކަން ވާނީ، މިހާރު އެބަ ފެނޭ، އަޅުގަނޑު ގޭގައި ހުންނައިރު ކުޑަދޮރުން ބަލާއިރު ކޮންމެ ދުވަހަކުވެސް ފެނޭ ބްރިޖް އެޅުމުގެ މަސައްކަތް ކުރަމުންދާތަން.".

މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވީ، ރައްޔިތުންނަށް ތަރައްޤީ ގެނެސްދެއްވަންވީ ގޮތަށް، ރައީސް ޔާމީން ތަރައްޤީ ގެނެސްދެއްވާ ދައްކައި ދީފައިވާ ކަމަށާއި، ބްރިޖް އަޅާ ވާހަަކަ އެމަނިކުފާނު ވިދާޅުވެ، ވައުދުވެ ވަޑައިގެންނެވި، ގޮތަށް ދައުރު ނިމުމުގެ ކުރީގައި ބްރިޖް އަޅާ ދައްކައިދެއްވާފައިވާ ކަމަށެވެ.

"ހަމަ ސީދާ ފެނޭ އަޅުގަނޑަށް، ފަސް އަހަރު ނިމެނީ، ތިން ހޮޅިދަނޑި އެބައިން ޖެހިފައި، އެގޮތަކަށް ނޫން ރައްޔިތުންނަށް ތަރައްގީ ގެނެސްދޭން ޖެހެނީކީއެއް، މިއީ ވަރަށް ސީރިއަސް ވާހަކައެއް ތަންކޮޅެއް މަޖާ ލޯޑެއްގައި ދެއްކިޔަސް".

މުޢިއްޒު ވިދާޅުވިއެވެ.

މިކަންކަމަށް އިޝާރަތްކުރައްވައި، އައްޑޫ ސިޓީގެ ހިތަދޫ އާއި ހުޅުދޫ މީދޫ އާއި ގުޅުވާދޭ 15 ކިލޯ މީޓަރުގެ ބްރިޖް އަޅައިދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އެކަން ޙަޤީޤަތަކަށް ހަދައިދޭނަން އިރާދަކުރެއްވިއްޔާ، ރައްޔިތުންގެ 1 ވަނަ 2 ވަނަ 3 ވަނަ 10 ވަނަ އުއްމީދަކީވެސް އެ ބްރިޖް، އެ ބްރިޖް ހަގީގަތަކަށް ހަދައިދޭނަން އިރާދަކުރެއްވިއްޔާ."

މުޢިއްޒު ވިދާޅުވިއެވެ.

ލޯންޗުކޮށްފައިވާ، ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި، ގޯއްޗެއް ނުވަތަ އެޕާޓްމަންޓަކަށް އެދޭ އަދި ޝަރުތު ހަމަވާ 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ކަށަވަރު ކޮށްދިނުމާއި، ކުރިޔަށް އޮތް 20 އަހަރަށް އަމާޒުކޮށް، 65 ހާސް ގެދޮރު ޔަޤީންވާނެގޮތަށް، ޤައުމީ ތަރައްޤީގެ މައި ތަނބުގެ ގޮތުގައި ގްރޭޓަރ މާލޭ ރީޖަން އިތުރަށް ތަރައްޤީކުރުމާއި، އަލަށް ގެދޮރު އިމާރާތްކުރާ ހުރިހާ ފަރާތްތަކަށް، ފަސޭހައިން ދައްކާ ޚަލާސްކުރެވޭނެ ގޮތަށް، 5 އިންސައްތައިގެ އިންޓްރެސްޓް ރޭޓުގައި، ގެދޮރުވެރިކަމުގެ ބޭންކް ލޯނު ލިބޭނެ އިންތިޒާމު ފަހިކޮށްދިނުމާއި، ގެދޮރު އިމާރާތްކުރަން އަމިއްލަ ފަރުދުން ފަށާ، އެކި ސަބަބުތަކާހުރެ ކުރިއަށްނުގެންދެވި ހުއްޓިފައިހުރި މަސައްކަތްތައް ނިންމާލުމަށްޓަކައި ލުއި ބޭންކް ލޯނު ސްކީމެއް އަލަށް ތަޢާރަފުކުރުމާއި، މާލެއާއި، ހުޅުމާލެއާ، ވިލިމާލެއާއި އެއްގަމު މަގުން ގުޅިގެންދާގޮތަށް ގުޅީފަޅާއި، ގިރާވަރުފަޅު ހިއްކާ ތަރައްޤީކޮށް، ފުށިދިއްގަރުފަޅު ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމާއި، މާލެއާއި، ހުޅުމާލެއާ، ވިލިމާލެއާއި އެއްގަމު މަގުން ގުޅިގެންދާގޮތަށް ގުޅީފަޅާއި، ގިރާވަރުފަޅު ހިއްކާ ތަރައްޤީކޮށް، ފުށިދިއްގަރުފަޅު ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމާއި، ސޯޝަލް ހައުސިންގ ފޯރުކޮށްދޭ ޑިވެލޮޕަރުންނާއި އިންވެސްޓަރުންނަށް ބޭނުންވާ ފައިސާ، ކުޑަ އިންޓެރެސްޓް ރޭޓެއްގައި، ލިބޭނެ ގޮތް ހަމަޖެއްސުމަށް ޑިވެލޮޕްމަންޓް ބޭންކެއް ޤާއިމުކުރުމާއި، ގެދޮރުވެރިކަމަކީ ޤާނޫނު އަސާސީން ލިބިދޭ ޙައްޤެއްކަން ފުރިހަމައަށް ބަލައިގަނެ، އެކަން ކަށަވަރުކުރަން ޤާނޫނުތައް އެކުލަވާލުމާއި ސިޔާސަތުތައް ރާވާ، ތަންފީޒުކުރުމުގެ އިތުުރުން އެހެނިހެން މުހިއްމު ވަޢުދުތައްވެސް ހިމެނިފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު