ޑިމޮކްރެސީއާއި ނޫސްވެރިކަމުގެ ޚިދުމަތްތެރިޔާ ސަންދާނު އަހައްމައިދީ ނިޔާވެއްޖެ

ރާއްޖޭގެ ޑިމޮކްރަސީއާއި މިނިވަންކަމާއި އަސާސީ ޙައްޤުތަކަށް ހޯއްދެވުމަށް އިސްކޮށް ޙަރަކާތެރިވި، ސިޔާސީ ދާއިރާ އަދި ނޫސްވެރިކަމުގެ ދާއިރާގެ ޚިދުމަތްތެރިޔާ އިބްރާހިމް ދީދީ (ސަންދާން އަހައްމައިދީ) ނިޔާވެއްޖެއެވެ.

ސަންދާން އަހައްމައިދީ ނިޔާވީ ރޭ މެންދަމުގެ ވަގުތެއްގައެވެ. އޭނާ ނިޔާވީ އުމުރުފުޅުން 72 އަހަރުގައެވެ. ނިޔާވި އާލާސްކަން ފުޅާ އުޅުއްވާތާ ދުވަސްތަކެއް ފަހުންނެވެ. އަހައްމައިދީ ނިޔާވިއިރު މީގެ އަހަރުތަކެއް ކުރިން ވަނީ ހިތުގެ ސީރިއަސް އޮޕަރޭޝަނެއް ކުރައްވާފައެވެ.

އަހައްމައިދީއަކީ ރާއްޖޭގެ ޑިމޮކްރަސީއާއި މިނިވަންކަމާއި، އަސާސީ ޙައްޤުތައް ހޯދުމަށް އަޑުއުފުއްލެވި، އިސްލާޙީ ޙަރަކާތުގެ ސިޔާސީ މޭސްތިރިއެކެވެ. ސިޔާސީ ދާއިރާގައި އިސްލާޙީ ހެޔޮ ބަދަލު ގެންނެވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ފުޅާކުރުމަށްޓަކައި، ރައީސް މައުމޫންގެ ވެރިކަމުގެ ތެރޭގައި އިންޓަރނެޓްގެ ޒަރީއާއިން ނެރެން ފެށި ސަންދާންގެ އިސްމޭސްތިރިއެއްގެ ޙައިސިއްޔަތުން އިސް މަސައްކަތްތަކެއް ކުރައްވާފައެވެ.

އޭނާ ޖަލުގައި ދުވަސްތަކެއް ހޭދަކުރައްވަން ޖެހިވަޑައިގެންނެވިނަމަވެސް  2006 ވަނައަހަރު އަހައްމައިދީއަށް ރައީސް މައުމޫން ވަނީ މަޢާފު ދެއްވާފައެވެ. އަހައްމައިދީ ވަނީ 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ޤައުމީ ޕާޓީގެ ޑރ.ހަސަން ސައީދަށް ތާއީދު ކުރައްވައި، އަދި އެ އިންތިޚާބުގައި ދެވަނަ ބުރުގައި ރައީސް މުޙައްމަދު ނަޝީދަށް ތާޢިދު ކުރައްވައި ރައީސް މައުމޫންގެ ވެރިކަން ބަދަލު ކުރުމުގައި އިސްދައުރެއް އަދާކުރައްވާފައެވެ.

Hulhudhoo Today: Dhivehi Gaumee Party (DGP) skeptical about MDP possession

2012 ވަނަ އަހަރު ވެރިކަމާ ޙަވާލުވެވަޑައިގެންނެވި، ރައީސް ޑރ.މުހައްމަދު ވަހީދުގެ ވެރިކަމުގައި، ކުޑަ ދުވަސްކޮޅެއްގައި ހިއުމަންރައިޓްސް އެމްބަސަޑަރުގެ މަޤާމް ފުރުއްވިއެވެ.

އަހައްމަދީ އާލާސްކަންފުޅާ އުޅުއްވާތީ، މިފަހުން އުޅުއްވީ ސިޔާސީ މަސައްކަތާއި ދުރުގައެވެ. އަހައްމައިދީގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދު އަސުރު ނަމާދަށްފަހު ހުޅުމާލޭ ސަހަރާ މިސްކިތުގައެވެ.

ސަންދާނު އަހައްމައިދީއަށް މާތް ﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި. އާމީން. إنا لله وإنا اليه راجعون.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު