ނ. ޅޮހީގައި އޮންނަ ސާފް ޕޮއިންޓު އިތުރަށް ތަރައްޤީކޮށް އެ ރަށަށް ސާފުކުރަން އަންނަ ފަތުރުވެރިންނަށް އެއީ އެދާއިރާގެ ހިދުމަތްތައް ލިބޭނެ މަންޒިލެއްގެ ގޮތުގައި ތަރައްޤީ ކުރެވިގެންދާނެ ކަމަށް ޑިމޮކްރެޓުންގެ ކެންޑިޑޭޓު އިލްޔާސް ލަބީބު ވައުދުވެވަޑައިގެންފިއެވެ.
އިލްޔާސް މިފަދައިން ވައުދުވެ ވަޑައިގަތީ އެ ޕާޓީގެ ރިޔާސީ ކެމްޕޭނުގައި ޅޮއްސަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މުހާތަބުކޮށް ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން އެ ސާފް ޕޮއިންޓަކީ ރާއްޖޭގައިވެސް މަޝްހޫރު އަދި ފަތުރުވެރިންގެ މެދުގައިވެސް މަގުބޫލު ތަނެއްކަން ކެންޑިޑޭޓު ފާހަގަކުރެއްވިއެވެ.
"މި ރަށުގެ ސާފް ޕޮއިންޓުގައި ސާފްކުރަން ބޭނުންވާ ފަރާތްތަކަށް އެތަން ތަރައްޤީކޮށް އެކަން ކުރިއަރުވާނެ ޖާގަ ހޯދައިދޭން އެބަޖެހޭ، ސާފްކުރަން މިތަނަށް އަންނަ ފަތުރުވެރިންގެ އެކޮމޮޑޭޝަން އިން އަދި ސާފްކޮށްގެން ލިބޭ މަންފާ މި ރަށުގެ ރައްޔިތުންނަށް ހޯދަން އެބަޖެހޭ."
އިލްޔާސް ވިދާޅުވިއެވެ
އިލްޔާސް ވިދާޅުވީ ޑިމޮކްރެޓުންގެ ސަރުކާރެއްގައި ޅޮހީގެ ސާފް ޕޮއިންޓް، އެ ރަށުގެ ރައްޔިތުންނާއި ޒުވާނުން ބޭނުންވާ ގޮތަށް ތަރައްޤީކޮށް، އެ ސާފް ޕޮއިންޓުން ސީދާ ޅޮއްސަށް މަންފާ ލިބޭނެ ގޮތް ހަދައިދެއްވާނެ ކަމަށެވެ.
އަދި، ނ. އަތޮޅު މާފަރުގައި ތަރައްގީ ކުރެވޭ އިންޓަނޭޝަނަލް އެއާޕޯޓާއެކު ޅޮހީގައި ގެސްޓްހައުސް ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާގެ އެހެން ވިޔަފާރިތައްވެސް ކުރިއަރުވަން އެ ޕާޓީގެ ސަރުކާރެއްގައި އެހީވާނެ ކަމަށް ކެންޑިޑޭޓު ވިދާޅުވި އެވެ. ޑިމޮކްރެޓުންގެ ވެރިކަމެއްގައި އެފަދައިން ފަތުރުވެރިން ގެންދިއުމުގައި އޮތް އެންމެ ބޮޑު އެއް ހުރަސް ކަމުގައިވާ ފްލައިޓު ޓިކެޓުގެ ފަރަގު އުވާލާ ދިވެހިންނާ އެއްވަރުކުރެވޭނެ އެވެ.
"މާފަރު އެއާޕޯޓަށް ދުނިޔޭގެ އެކި މަންޒިލުތަކުން ފުލައިޓު ޖެއްސޭން ގޮތް އެ ހަދަނީ، އެތަނުން އަންނަ ފަތުރުވެރިން މިތަނުގައި އަޅާ ގެސްޓްހައުސްތަކަށް އައިސް އެކަމުން މި ރަށުގެ ފަތުރުވެރިންނަށް މަންފާ ލިބޭނެ ގޮތަކަށް މިކަން ބައްޓަން ނުކުރަންވީ އެއްވެސް ސަބަބެއް އަޅުގަނޑަކަށް ނުފެނޭ"
އިލްޔާސް ވިދާޅުވިއެވެ.