އިލްޔާސްގެ ވަޢުދު: ޅޮހީގެ ފަންނުވެރިންނަށްވެސް ފަހި ކުރިމަގެއް

ޅޮހީގެ ފަންނުވެރިންނަށްވެސް ފަހި ކުރިމަގެއް ހޯއްދަވައިދެއްވާނެ ކަމަށް ޑިމޮކްރެޓުންގެ ކެންޑިޑޭޓު އިލްޔާސް ލަބީބު ވައުދުވެވަޑައިގެންފިއެވެ.

އިލްޔާސް މިފަދައިން ވައުދުވެ ވަޑައިގަތީ އެ ޕާޓީގެ ރިޔާސީ ކެމްޕޭނުގައި ޅޮއްސަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މުހާތަބުކޮށް ދެއްކެވި ވާހަކަފުޅުގައެވެ.

ފަތުރުވެރިކަމާއި ސާފިންގެ އިތުރުން އިލްޔާސް ވަނީ ޅޮއްސަކީ ފަންނުވެރިން ގިނަ ރަށެއްކަން ފާހަގަކުރައްވާ އެފަދަ ފަރާތްތަކަށް ޑިމޮކްރެޓުންގެ ސަރުކާރެއްގައި އޮތް ސިޔާސަތުތައް ތަފުސީލުކޮށްދެއްވާފަ އެވެ.

"މި ރަށުގެ ޒުވާނުން، އެކި އެކި ދަބަސްތަކާ ޓީޝާޓު ތަކާ އެކި އެކި އާޓް ވޯކްތައް ހަދައިގެން އޭގެ ޕްރޮޑަކްޓްތައް މާލެއަށް ފޮނުވާ މާލެއިންވެސް އެބަ ވިއްކާ، އަޅުގަނޑުމެން މި އަންނަނީ އެކަހަލަ ކުދިން، އެކަހަލަ މަސައްކަތްތައް ކުރާ ކުދިންގެ ވިޔަފާރިތައް ކުރިއަރުވަން"

އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް އިތުރަށް ފާހަގަކުރެއްވީ ޑިމޮކްރެޓުންގެ އެންމެ ބޮޑު ފޯކަސް އަކީ އެފަދަ ކްރިއޭޓިވް ކުދި ވިޔަފާރިތައް ކުރާ ކުދިންނަށް އިތުރު ހިތްވަރަކާއި މާލީ އެހީދީ، އެ މަސައްކަތުގައި ދިމާވާ ދަތިތައް، މިސާލަކަށް ވަސީލަތްތަކާއި ޑޮލަރު ހޯދުމުގައި ހުރި ދަތިތައް ނައްތާލުން ކަމަށެވެ.

"އަޅުގަނޑުމެންގެ ސަރުކާރެއްގައި އެމީހުން އެކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުންތަކެއް ހޯދާ، އިތުރު ފައްތަރަކަށް ގެންގޮސް، އެއީ ބޮޑު އިންޑަސްޓްރީއަކަށް ހެދުމުގެ ފުރުސަތު އެމީހުންނަށް ހޯދަދޭނަން"

އިލްޔާސް ވިދާޅުވިއެވެ.

No photo description available.

މީގެ އިތުރުން، އިލްޔާސް ވިދާޅުވީ ޑިމޮކްރެޓުންގެ ސަރުކާރެއްގައި ޅޮހީގެ ސާފް ޕޮއިންޓް، އެ ރަށުގެ ރައްޔިތުންނާއި ޒުވާނުން ބޭނުންވާ ގޮތަށް ތަރައްޤީކޮށް، އެ ސާފް ޕޮއިންޓުން ސީދާ ޅޮއްސަށް މަންފާ ލިބޭނެ ގޮތް ހަދައިދެއްވާނެ ކަމަށެވެ.

No photo description available.

އަދި، ނ. އަތޮޅު މާފަރުގައި ތަރައްގީ ކުރެވޭ އިންޓަނޭޝަނަލް އެއާޕޯޓާއެކު ޅޮހީގައި ގެސްޓްހައުސް ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާގެ އެހެން ވިޔަފާރިތައްވެސް ކުރިއަރުވަން އެ ޕާޓީގެ ސަރުކާރެއްގައި އެހީވާނެ ކަމަށް ކެންޑިޑޭޓު ވިދާޅުވި އެވެ. ޑިމޮކްރެޓުންގެ ވެރިކަމެއްގައި އެފަދައިން ފަތުރުވެރިން ގެންދިއުމުގައި އޮތް އެންމެ ބޮޑު އެއް ހުރަސް ކަމުގައިވާ ފްލައިޓު ޓިކެޓުގެ ފަރަގު އުވާލާ ދިވެހިންނާ އެއްވަރުކުރެވޭނެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު