މާފަރުގެ އެމްޑީޕީ ކައުންސިލަރެއް ޖޭޕީއަށް ސޮއިކުރައްވައިފި

ނ. މާފަރުގެ އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރު އަތޫފް އަބްދުﷲ ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި މިއަދު ގުޅިވަޑައިގެންފިއެވެ.

އޭނާ ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވާފައިވަނީ، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް އާއި ޓީމް މިހާރު ތާއީދު ހޯދުމަށް ރަށްތަކަށް ދަތުރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނ. މާފަރަށް ވަޑައިގެން ބޭއްވި ބައްދަލުވުމެއްގައެވެ.  އޭނާއެކު އިތުރު ހަތް މެންބަރަކުވެސް ވަނީ އެ ޕާޓީ އާއި ގުޅިވަޑައިގެންފައެވެ.

މިއަދު ޤާސިމް ނ. އަތޮޅަށް ދަތުރު ފައްޓަވާފައިވާއިރު،  އެންމެ ފުރަތަމަ ގާސިމް ވަޑައިގެންނެވީ ނ. ހެނބަދޫއަށެވެ. އޭގެ އިތުރުން ނ.ކެނދިކުޅުދޫ، ނ. މާޅެންދޫ، ނ.ލަންދޫ އަށް ވަޑައިގެންނެވިއެވެ.

ގާސިމްގެ އަރިހުގައި މިދަތުރުފުޅުތަކުގައި ކުރީގެ ރައީސް ޑރ މުޙައްމަދު ވަހީދު ބައިވެރިވެ ވަޑައިގަންނަވައެވެ.

އެއަތޮޅު މާޅެންްދޫއަށް ޤާސިމު ވަޑައިގެން ރައީސް ޞާލިހަށް ވަނީ ހޫނު ރައްދެއް ދެއްވާފައެވެ.

ދައުލަތުގެ މުވައްޒަފުންގެ މުސާރަ %40 ބޮޑު ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވައުދުވެވަޑައިގެންނެވުމުން ޖުމްހޫރީ ޕާޓީ ގެ ރިޔާސީ ކެންޑިޑޭޓު އަދި ލީޑަރު ގާސިމް އިބްރާހިމް ރައްދު ދެއްވައި އެ ފައިސާ ދެވޭނެ ގޮތަކާ މެދުގައި މިއަދު ސުވާލު އުފައްދަވާފައެވެ.

ޤާސިމް ވިދާޅުވީ ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުވާން ބޭނުންވާ ކަމަށާއި އެކަމާ އުފާ ވެސް ކުރައްވާ ކަމަށާއި، އެކަމަކު، "ކަކުނި ހަރުކޮންނަން ވާނީ އެ ކަކުންޏެއްގެ ވަރުން" ކަމަށް ވެސް ގާސިމް ވަނީ ވިދާޅުވެފައެވެ. މުސާރަތައް ބޮޑު ކުރާނެ ވާހަކަ ދައްކަވަނީ، ކޮންމެހެން ވެސް ވެރިކަމަށް އަންނަން ކަމަށް ޤާސިމް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު